ޖަރުމަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮބަޓް ލެވަންޑޯސްކީ
ޖަރުމަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮބަޓް ލެވަންޑޯސްކީ
ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށްވަނަ ފަހަރަށް ބަޔާން މިއުނިކުން ހޯދައިފި އެވެ.

ބަޔާން އިން ރޭ ރަށުން ބޭރުގައި ވުލްފްސްބާގް އަތުން 4-0 ން މޮޅުވެ ލީގު ކަށަވަރު ކުރިއިރު މިއީ އެޓީމުން ޖެހި ޖެހިގެން ލީގު ހޯދި އަށް ވަނަ ފަހަރެވެ. މީގެ ކުރިން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އަށް ފަހަރު ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، އިޓަލީގެ ޔުވެންޓަސްއެވެ.

ރޭގެ މެޗުގައި ބަޔާން މިއުނިކުން ވަނީ މެޗުގެ ހަތަރުވަނަ މިނެޓުގައި އެމީހުންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. ތޯމަސް މުލާގެ އެހީއާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. ބަޔާންގެ ލީޑު ފުޅާކޮށްދިން ގޯލް މެޗުގެ 37 ވަނަ މިނެޓުގައި ކޯމަންގެ އެހީއާއެކު ކާމިޔާބުކޮށްދިނީ މިކޭލް ކިއުސަންސްއެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ވުލްފްސްބާގްގެ ޖޯސޫހާ ގިލަވޯގީއަށް ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ބަޔާންގެ މިކޭލް ކިއުސަންސް އަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފައެވެ. މި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ބަޔާން އަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގެ ޖަރުމަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮބަޓް ލެވަންޑޯސްކީއެވެ. މި މެޗުގައި ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މުލާއެވެ. މެޗް ނިމުނީ 4-0 ގެ ނަތީޖާ އަކުން ބަޔާން މިއުނިކް މޮޅުވެގެންނެވެ.

ބަޔާން މިއުނިކް ލީގު ކާމިޔާބުކޮށްފައި މިވަނީ، ތާވަލުގެ އެއްވަނައިގައި 34 މެޗުން 82 ޕޮއިންޓް ހޯދައިގެން 13 ޕޮއިންޓުގެ ލީޑަކާ އެކުގައެވެ. ދެވަނައިގައި އޮތް ބޮރޫޝީއާ ޑޯޓްމުންޑަށް 34 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން