عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ قَالَ رَجُلٌ لَمْ يَعْمَلْ حَسَنَةً قَطُّ لِأَهْلِهِ إِذَا مَاتَ فَحَرِّقُوهُ ثُمَّ اذْرُوا نِصْفَهُ فِي الْبَرِّ وَنِصْفَهُ فِي الْبَحْرِ فَوَاللَّهِ لَئِنْ قَدَرَ اللَّهُ عَلَيْهِ لَيُعَذِّبَنَّهُ عَذَابًا لَا يُعَذِّبُهُ أَحَدًا مِنْ الْعَالَمِينَ فَلَمَّا مَاتَ الرَّجُلُ فَعَلُوا مَا أَمَرَهُمْ فَأَمَرَ اللَّهُ الْبَرَّ فَجَمَعَ مَا فِيهِ وَأَمَرَ الْبَحْرَ فَجَمَعَ مَا فِيهِ - فَقَالَ لِلْأَرْضِ أَدِّي مَا أَخَذْتِ فَإِذَا هُوَ قَائِمٌ - ثُمَّ قَالَ لِمَ فَعَلْتَ هَذَا قَالَ مِنْ خَشْيَتِكَ يَا رَبِّ وَأَنْتَ أَعْلَمُ فَغَفَرَ اللَّهُ لَهُ
މާނައީ: މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ H ޙަދީޘު ކުރެއްވިއެވެ. ކުރީ އުއްމަތެއްގެ މީހެއްގެ ވާހަކައެކެވެ. އޭނާ (ތައުޙީދުގެ ކަލިމަ ކިއުން ފިޔަވައި) ދުވަހަކުވެސް ހެއުކަމެއް ކޮށްފައި ނުވެއެވެ. އޭނާ މަރުވުމުގެ ކުރިން ދަރިންނަށް ވަޞިއްޔަތް ކޮށްފައިވަނީ، އޭނާ މަރުވުމުން އަންދާލުމަށެވެ. އެއަށްފަހު ހަށިގަނޑުގެ އަޅީގެ އެއްބައި ގަދައަށް ވައިޖެހޭ ދުވަހެއްގައި ޖައްވުގެ ތެރެއަށް ބުރުއްސާލުމަށާއި، އަނެއްބައި ކަނޑަށް އަޅާލުމަށެވެ. އޭނާ ބުނެފައި ވެއެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންގެ ފާފައިގެ ގިނަކަމާހުރެ ﷲ ތިމަންގެ ހިސާބު ބައްލަވާހިނދު އެންމެހައި މަޚްލޫޤުންގެ ތެރެއިން އެކަކަށްވެސް ނުދެއްވާ ވަރުގެ ބޮޑު ޢަޛާބު ތިމަންނާއަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކޮންމެއަކަސް މީނާ މަރުވުމުން އޭނާގެ ދަރިން އޭނާގެ ވަޞިއްޔަތާ އެއްގޮތަށް ކަންތައް ކުރިއެވެ. ދެން ﷲ ބިމަށް އެންގެވީ ބިމުގައި ހިމެނޭ އޭނާގެ ހަށިގަނޑުގެ އެންމެހައި ބައިތައް ޖަމާކުރުމަށެވެ. ހަމައެހެންމެ ކަނޑަށް ވެސް އެންގެވީ ކަނޑުގައި ހިމެނޭ އޭނާގެ ހަށިގަނޑުގެ އެންމެހައި ބައިތައް ޖަމާކުރުމަށެވެ. އެހިނދުން ﷲގެ އަމުރުފުޅާ އެއްގޮތަށް އޭނާގެ ހަށިގަނޑުގެ އެންމެހައި ބައިތައް އެއްވެ ޖަމާވިއެވެ. އަދި ފުރިހަމަ ހަށިގަނޑާއެކު އޭނާ ތެދުވެއްޖެއެވެ. ދެން އޭނާގެ ހަށިގަނޑާއި މެދު އެގޮތަށް ކަންތައްކުރި ސަބަބަކީ ކޮބައިތޯ އޭނާގެ ގާތުން އެއްސެވުނެވެ. ޖަވާބުގައި އޭނާ ދެންނެވިއެވެ. އޭ އަޅުގެ ވެރި އިލާހެވެ. އަޅުގެ ހަށިގަނޑާމެދު އަޅު އެގޮތަށް ކަންކުރީ ތިޔަ އިލާހު ދެކެ ބިރުވެތިވާލެއް ބޮޑުކަމުންނެވެ. މިކަން ތިޔަ އިލާހު މޮޅަށް ދެނެވޮޑިގެން ވަމުއެވެ. އެހިނދު ﷲ އޭނާގެ ފާފަ ފުއްސަވައި އޭނާ ނަރަކައިން ސަލާމަތް ކުރެއްވިއެވެ. (މިޙަދީޘު ރިވާކުރެއްވީ އިމާމު މާލިކާއި މުސްލިމާއި ތިރްމިޛީއެވެ.)
އިތުރު ތަފްޞީލު:
މިމީހާގެ ނަން:
އިބްނި ޙަޖަރު ވިދާޅުވެފައި ވަނީ މިއީ ޖުހައިނާ ނަމަކަށް ކިއުނު މީހެއް ކަމަށެވެ.
ޝަހާދަތް ކިޔައިގެން ހުރި މީހަކު ކިތަންމެ ފާފައެއް ކުރިއަސް އޭނާއަކީ މުސްލިމެކެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މީހަކު ހަމައެކަނި ޝަހާދަތް ކިއުމުން މުސްލިމަކަށް ވާނެއެވެ. އަދި ކިތަންމެ ނުބައި ކަމެއް ކުރިކަމުގައި ވިއަސް އޭނާއަކީ ސުވަރުގެ ވެރިއެކެވެ. އެފަދަ މީހަކު ނަރަކަށް ދިޔަކަމުގައި ވިޔަސް ﷲގެ ރަޙްމަތްފުޅުން ސުވަރުގެ ވައްދަވާނެއެވެ. މިމީހާ ކުރިހާވެސް ހެއުކަމަކީ ހަމައެކަނި ޝަހާދަތް ކިއުމެވެ. އެހެނަސް އޭނާއަކީ މުސްލިމެކެވެ. ސުވަރުގެ ވެރިއެކެވެ. ﷲ އިރާދަ ކުރަށްވާ ހިނދަކުން އޭނާ ކޮށްފައި ހުރި ފާފައިގެ ބަދަލުގައި ޢަޛާބު ލިބުމަށްފަހު ސުވަރުގެ ވައްދަވާނެއެވެ.
ސުވަރުގެއަށް އެންމެފަހުން ވަންނަ މީހާ:
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ނަރަކައިން އެންމެފަހުން ނިކުންނާނެ މީހަކީ ޖުހައިނާއެވެ. އަދި ސުވަރުގެއަށް އެންމެފަހުން ވަންނާނެ މީހަކީވެސް މީނާއެވެ. އެހެންކަމުން އިމާމު މާލިކު ރިވާކުރަށްވާފައިވާ ރިވާޔަތެއް އިބްނި ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އެންމެފަހުން ސުވަރުގެ ވަންނާނެ މީހަކީ ޖުހައިނާ ދަރިކޮޅުގެ ޖުހައިނާ ކިއުނު މީހާއެވެ. އޭނާއާ އައުމުން ސުވަރުގެވެރިން ބުނާނެތެވެ. ނަރަކައިގެ އެންމެ ޞައްޙަ، ޔަޤީނީ ޚަބަރު ދެނެގަންނަން ބޭނުން މީހަކު ޖުހައިނާގެ ކިބައިން ލިބިގަންނަ ހުއްޓެވެ.
ޖުހައިނާއަކީ ކާފަރެއްބާ:
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އޭނާއަކީ ކާފިރެކެވެ. މަރުވުމުގެ ކުރިން އޭނާ ކުފުރުން ތައުބާވީއެވެ. އެކަން އެނގިވޮޑިގަންނަވަނީ ހަމައެކަނި ﷲ އަށެވެ. އެހެނަސް މީހަކު ކުފުރުގެ މަތީ މަރުވެއްޖެނަމަ މަރުވުމަށްފަހަކުން މިންޖެއް ނުކުރަށްވާނެއެވެ. މިހެނީ ކާފިރެއްގެ ހިތުގައި ﷲ އަށް ބިރުވެތިކަން ނޫފެދޭނެތީއެވެ. އަނެއްބައި ޢިލްމުވެރިންގެ ރައުޔަކީ އޭނާހުރީ ތައުޙީދުގެ ކަލިމައިގެ މަތީގައި ކަމަށެވެ. އޭނާ ޢާއްމު ހެއުކަންތައް ކޮށްފައި ނުވަނީއެވެ. (ޒަރްޤާނީގެ ޝަރަޙަ: 2/125)
ޖުހައިނާގެ މަސައްކަތަކީ ކަށްވަޅު ކޮނުމެވެ.
އިބްނި ޙިއްބާންގެ ރިވާޔަތުގައި އަންނަނީ ޖުހައިނާއަކީ ކަށްވަޅުލާން ވަޅުކޮންނަ މީހެއް ކަމަށާއި މީނާ ހަދާގޮތަކީ މީހުން ވަޅުލުމަށްފަހު އެކަށްވަޅުތައް ކޮނެގެން މައްޔިތުންގެ ކަފުނާއި ގަހަނާފަދަ އެއްޗެހި ވަގަށް ނެގުމެވެ. އެހެންކަމުން މީނާ ހެއުކަމެއް ނުކުރެވޭ ޙާލު ކުރާހައިވެސް ކަމަކީ ވައްކަން ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު