ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް
ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް
މޯކޮމް މައްސަލައިގެ ރިޕޯޓް ކުރީގެ ރައީސް މުހައްމަދު ވަހީދު ފޮރުވި ކަމަށް ތުހުމަތުކޮށް ޑރ. ވަހީދު މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކަށް ހާޒިރު ކުރުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށައެޅުއްޅި މައްސަލައިގައި ބުނެފައިވަނީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޯރ އިން ހިންގާފައިވާ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް ޑރ. ވަހީދު ދައުލަތުގެ ފައިސާއިން ބައްލަވައިގަތުމަށްފަހު އެ ރިޕޯޓު ފޮރުވާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ބަހުސްގައި ވިލިފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ދާޚިލީ ވަޒީރު ޙަސަން އަފީފް ވިދާޅުވީ މޯކޮމް މައްސަލަ ބައިނަލް އަގުވާމީ އޮޑިޓްފާމަކުން ތަހުގީގުކޮށް އެކުލަވާފައިވާ ރިޕޯޓަކީ ދައުލަތުގެ މިލްކިއްޔާތެއް ކަަމަށާއި، އެ ރިޕޯޓް ދައުލަތުގައި ނެތިއްޔާ އެކަން ވާނީ ވައްކަމަކަށް ކަމަށެވެ.

"މި ރިޕޯޓް ދިވެހި ސަރުކާރަށް ބައްލަަވައިގަތީ 10 މިިލިޔަން ޑޮލަރު ދީފައި. އެހެންވެއްޖެ ކަމަށް ވަންޏާ އެއީ ދިވެހި ދައުލަތުގެ މިލްކިއްޔާތެއް. ދައުލަތުގެ މިލްކިއްޔާތެއްް ދައުލަތުގައި ނެތް ކަމަށް ވަންޏާ އެ ރިޕޯޓް ނެގި ފަރާތުން ކޮށްފައި އެ އޮތީ ވަރަށް ބޮޑު ވައްކަމެއް، އެހެންވީމާ މި މައްސަލައަކީ ހަގީގަތުގައި 2012 ވަނަ އަހަރުގެ 7 ފެބްރުއަރީގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކޮށްފައިވާ ވައްކަމެއް." ވެރިކަން ބަދަލުވީއިރު، ހޯމް މިނިސްޓަރަކަށް ހުންނެވި އަފީފް ވިދާޅުވި އެވެ.

މޯކޮމް މައްސަލައިގެ ރިޕޯޓް ގެއްލުމަކީ ފަސޭހައިން ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި އެ ރިޕޯޓްވީ ތަނެއް އެނގޭ ބަޔަކު އެ ތަފްސީލް ދޭން ޖެހޭނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

"7 ފެބްރުއަރީ ގައި ވެރިކަން ބަދަލުކުރުމަށް ފަހު އޭރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މި ރިޕޯޓަށް ހެއްދެވި ގޮތެއް އެބަޖެހޭ މި އިއްޒަތްތެރި މަޖިލީހަށް ވިދާޅުވެ ދެއްވަން. އަޅުގަނޑުމެން މި ކޮމިޓީއަށް އެބަ ޖެހޭ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހާޒިރު ކުރަން." އަފީފު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވީ، ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބެލުމަކީ ރައީސް ނަޝީދު ވެރިކަމުން ވައްޓާލި އެއް ސަބަބު ކަމަށެވެ. ވަހީދު ވިދާޅުވީ ތެލުގެ ވަގު ވިޔަފާރީގައި ހަމައެކަނި އޮތީ ވައްކަން ނޫން ކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ވެސް މިކަމުގައިވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބޭޒާރު ވެދާފަދަ ކަންކަންވެސް މީގައި ވާކަމަށް ވަހީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅުވާ ތެލުގެ ވަގު ވިޔަފާރީގެ ވާހަކަ އަބަދުވެސް ދެކެވޭކަން ފާހަގަކޮށް ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި ދިވެހި ދިދަ ބޭނުންކޮށްގެން އުތުރުކޮރެއާއަށް ތެލުގެ ވަގުވިޔަފާރީގެ މުއާމަލާތްތަކެއް ހިންގާފައިވާކަމަށެވެ. އަދި މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ނަން ބަދުނާމުވާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވީ އެސްޓީއޯގެ ޗެއަރމަނަކަށް ރައީސް ޔާމީން ހުންނެވި ދުވަސްވަރު އެސްޓީއޯ ސިންގަޕޯރ ކުންފުނި މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ހުރިހާ ލިޔެކިއުމެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހައެޅުއްވީ އޭނާ ކަމަށެވެ. އަދި ގްރާންޓް ތޯންޓަން އިން ހަވާލުކުރި ލިޔެކިއުންތައް އޭނާގެ ބެލުމުގެ ދަށުން އޭސީސީއާ ހަވާލުކުރީ، އޭރު އަދާކުރެއްވި މަގާމުގެ މަސްއޫލިއްޔަތެއްގެ ގޮތުން 2013 ވަނަ އަހަރު އޭނާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

އެ މައްސަލާގައި މިއަދު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ބެހޭ ރިޕޯޓު ނެރެން އޮތީ ފެބްރުއަރީ 7 2012 ގައި ކަމަށެވެ. އެ ދުވަހަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށްއައި ދުވަހެވެ. އެދުވަހު ހިނގާ ދިޔަ ކަންތައްތަކަށް ފަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ ނާއިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަނެވެ.


ކިޔުންތެރިންގެ ހިޔާލު


-5

މުހަންމަަދުބެ

26-Jun-2020

ޚީކޭތަ ބުނާނީ , މި ބޯގަމާރު ފަރަންޖިންގެ ލީދަރު މަޖުލީހުގެ މްންބަރުންލައްވާ އިންސާނޔންގެ މުޅަމަސް ކެއުމައް ގޮވާލަމުން ދާއިރު މި ކުރެވެނީ ކިހާވަރެއްގެ ނުބައި ކަމެއްކަންވެސް މިކަލޭގެ އަށް ނޭގެއެވެ. ޟިވަރުގެ ބީތާއަކު މިގައުމުގެ ވެރިއަކަށް ބަހައްތަން ހެއޮ ނުވާ


1

މުހަންމަަދުބެ

26-Jun-2020

ޚީކޭތަ ބުނާނީ , މި ބޯގަމާރު ފަރަންޖިންގެ ލީދަރު މަޖުލީހުގެ މްންބަރުންލައްވާ އިންސާނޔންގެ މުޅަމަސް ކެއުމައް ގޮވާލަމުން ދާއިރު މި ކުރެވެނީ ކިހާވަރެއްގެ ނުބައި ކަމެއްކަންވެސް މިކަލޭގެ އަށް ނޭގެއެވެ. ޟިވަރުގެ ބީތާއަކު މިގައުމުގެ ވެރިއަކަށް ބަހައްތަން ހެއޮ ނުވާ


6

ހައިރާން

26-Jun-2020

ތިއުޅެނީވެއްޓެން



ޓްރެންޑިން