ރޭގެ މެޗުގައި ހެރީ ކޭން ޓޮޓެންހަމްގެ ގޯލް ކާމިޔާބުކޮށްދެނީ
ރޭގެ މެޗުގައި ހެރީ ކޭން ޓޮޓެންހަމްގެ ގޯލް ކާމިޔާބުކޮށްދެނީ
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ހަތްވަނައަށް ޖެހިލައިފިއެވެ.

ޓޮޓެންހަމް އިން ރޭގެ މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. ރޭގެ މި ނަތީޖާއާއެކު މިހާރު އަށް ވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑަށްވުރެ އިތުރަށް ޓޮޓެންހަމް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މިރޭ 22:00 ގައި މެންޗެސްޓާ ޔުނައިޓެޑާ އެކު ޝެފީލްޑް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަނެއްކާވެސް ހަތްވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.

ރޭގެ މެޗްގެ ފުރަތަމަ ހާފްގެ 45 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ހުއެން މިން ސަން ގޯލެއް ޖެހި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްގެ ކަމަށެވެ.

މި މެޗުގައި ޓޮޓެންހަމްގެ ފުރަތަމަ ގޯލަކީ ދެވަނަ ހާފްގެ 64 ވަނަ މިނެޓުގައި ވެސްޓްހަމްގެ ތޯމަސް ސޯޗެކްގެ ފައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ. ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ހެރީކޭން އެވެ. މި ގޯލް އޭނާ ޖަހާފައިވަނީ ހުއެން މިން ސަން ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި މެޗްގެ 82 ވަނަ މިނެޓްގައެވެ.

އިނގިރޭސި ލީގު ތާވަލުގައި ވެސްޓްހަމް އޮތީ 17 ވަނައިގައި 31 މެޗުން ލިބުނު 27 ޕޮއިންޓާ އެކުގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން