ހާދިސާ ހިނގައިދިޔަ ގެ
ހާދިސާ ހިނގައިދިޔަ ގެ
އިނގިރޭސިވިލާތުގެ މިޑިލްސެކްސް ކައުންޓީގައި، 8 އަހަރުގެ ކުއްޖަކާއި އެނާގެ މަންމަ އަދި ކާފަ، ސްވިމިންގ ޕޫލެއްގައި މަރުވެފައި ތިއްބައި ފެނިއްޖެއެވެ.

މި އެންމެން މަރުވެފައިތިއްބާ ފެނުނީ އަވަށްޓެރިއަކު ފުލުހަށް ގުޅައި މީހެއްގެ ހަޅޭކުގެ އަޑު ގެއަކުން އަންނަ ކަމަށް ބުނުމުން ފުލުހުން އެގެއަށް ގޮސް ބެލި ބެލުމުންނެވެ. މިޑްލްސެކްސް ކައުންޓީގެ ޕްރޮސިކިއުޓަރ އޮފީހާއި ފުލުހުން ތަހުގީގަށް ފަހު ބުނެފައިވަނީ 8 އަހަރުގެ ކުއްޖާގެ އިތުރުން އޭނާގެ މަންމަ ނިޝާ ޕަޓޭލް(33އ) އަދި ކާފަ ބާރަތް ޕަޓޭލް(68އ) މަރުވި ކަމަށް ބެލެވެނީ ގެނބިގެންކަމަށެވެ.

މި މައްސަލާގައި ފާހަގަކުރެވުނު އަނެއްކަމަކީ އެގޭގައި މަރުވިމީހުންގެ އިތުރުން އެހެން މީހަކުވެސް އެވަގުތު އުޅުނުކަމެވެ. އެހެން ނަމަވެސް އެމީހާއާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ތިވާނީ

26-Jun-2020

ތިވާނީ ދޮން ބައްޕަ މުދާ ތަކުގެ ބޭނުމުގަ ފެމެލީ މަރާލީކަމަށް



ޓްރެންޑިން