ސިއްހީީ އޮފިޝަލުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ސިއްހީީ އޮފިޝަލުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ރާއްޖެއިން އިތުރު 21 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 2238 އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި، ބަންގްލަދޭޝްގެ 7 މީހެއްގެ އިތުރުން އިންޑިއާ މީހަކާއި ނޭޕާލްގެ މީހެއްކަމަށެވެ.

މި 21 ޕޮޒިޓިވް ކޭސްއާއެކު މިމަހުގެ 15 ވަނަ ދުވަހުގެ ފަހުން މިހާތަނަށް މިވަނީ 203 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ރާއްޖޭގައި ފަރުވާދެމުންދަނީ 396 މީހުންނަށެވެ.

ކޯވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭއިން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާތަނަށް މުޅި ޖުމްލަ ރާއްޖެއިން 1،829 މީހުން ކޯވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑީއިރު ރާއްޖެއިން ރަނގަޅުވެފައިވަނީ 16 މީހުންނެވެ.

ކޯވިޑް-19 އަށް ޓެސްޓްކުރުމަށް މިހާތަނަށް 43،998 އަށްވުރެ ގިނަ ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާއިރު ރާއްޖެއަކީ އާބާދީގެ ނިސްބަތުން މިސަރަހައްދުގައި އެންމެ ގިނައިން ޓެސްޓްކުރެވޭ ޤައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން