ކޮވިޑް19 ގެ ސަބަބުން ބަންދު ކުރެވިފައިވާ ދިވެހި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ކަމުގައި ވީނަމަވެސް މީގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއާރޕޯޓަށް ހަފްތާއަކު 3 ދަތުރު ކުރަމުން އައި ސްރީލަންކަން އެއަރލައިންސް އައްޑޫއަށް ދަތުރު ނުކުރަން ނިންމައިފި އެވެ.

ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު އޭނާގެ ފޭސްބުކްގައި ހާމަ ކުރައްވާ ފައިވަނީ ރާއްޖޭގެ ބޯޑަރު ހުޅުވި ކަމުގައި ވީނަމަވެސް ކޮލޮމްބޯއިން ގަމަށް ކުރާ ދަތުރުތައް ކުރުމަށް އަދި އެއްވެސް ގޮތެއް ނިއްމިފައި ނުވާކަމަށެވެ.

އޭގެ ސަބަބެއް ކަމަށް ފިރާގު ވިދާޅުވެފައިވަނީ ފާއިތުވި ތިން އަހަރުގެ ތަޖުރިބާއަށް ބަލާއިރު އެކަށީގެންވާ ވަރަށް ޕަސެންޖަރުން ނުލިބުމާއި އައްޑޫ ސިޓީ އެކަނި ހިމަނައިގެން އެކަށީގެންވާ އަދަދަށް ފަސެންޖަރުން ނުލިބޭނެތީއެވެ. އަދި މީގެ ކުރިންވެސް ދަތުރުތައް ކުރަމުން އައިސްފައިވަނީ އެއްވެސް ފައިދާއެއް ނުލިބި ކަމަށެވެ.

ނަމަވެސް ހުވަދު އަތޮޅާއި އައްޑޫ ގަމާއި ދެމެދު ޝެޑިއުލް ޑޮމެސްޓިކް ފްލައިޓުން ގުޅާލެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިއްޖެ ނަމަ އަދިވެސް އިންތިޒާރު ކުރަނީ ދަތުރުތައް ފެށިގެން ދާނެ ކަމަށް ކަމަށް ފިރާގު ވިދާޅުވެއެވެ. އަދި މިފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ގައުމީ އެއާރލައިގެ އިންޓަނޭޝަނަލް ތަދުރުތައްވެސް ގަމަށް ފެށިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް ފިރާގު ވިދާޅު ވިއެވެ.

ޝްރީލަންކަންގެ ދަތުރުތައް އައްޑޫއަށް ފެށިގެން ދިޔައީ ނިމިގެން ދިޔަ ޔާމީނުގެ ވެރިކަމުގައެވެ. އޭރުވެސް އެންމެން ބުނަމުން ދިޔައީ އައްޑޫގެ ތަރައްގީގެ ނާރެހަކީ ގަމުގެ އެއަރޕޯޓަށް އިންޓަނޭޝަނަލް ފްލައިޓް ޖެއްސުން ކަމަށެވެ. ކޮންމެވެސް ވަރެއްގެ އުއްމީދެއް އޮވެ މިހާރު އެ އުއްމީދުވެސް ހިނގައި ދިޔައީކަމަށް އައްޑޫގެ ގިނަ ރައްޔިތުން ގަބޫލު ކުރަން ފަށައިފި ކަމީ ދެބަސް ވެވޭނެ ކަމެއް ނޫނެވެ.

ހުރިހާ ވެރިކަމެއްގައިވެސް އައްޑޫގެ ތަރައްގީގެ ވާހަކަ އަޑަށް ބާރުލާފަ ވަރަށް ދައްކާނެ އެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ނުފެންނަ ހާލު ލިބެން އޮތް ފުރުސަތުވެސް މިދަނީ ގެއްލެމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުވުމާއި ގުޅިގެން ވެލާނާ އެއާޕޯރޓްގެ އިންޓަނޭޝަނަލް ދަތުރު ތަކުގެ ޚިދުމަތް ހުއްޓާލުމުން ގިނަބަޔަކު ދިޔައީ އައްޑޫ ގަމުގެ އެއާޕޯޓާއި އެކު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމަށް ގޮވަމުންނެވެ.

އެކަން ކުރެވޭނެ ފުރުސަތުވެސް އައްޑޫ ސިޓީގެ ގަމުގެ އެއަރޕޯޓުގައި އޮވެމެ ސަރުކާރުން މިހާރުވެސް މަސައްކަތް މިކުރަނީ އެހެނިހެން އެއާރޕޯޓުތައް އިންޓަނޭޝަނަލަށް ފައްކާކޮށް، ދަތުރުތަކަށް ފަށައި ގަތުމަށެވެ. އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ގަބޫލު ކުރީ މިފަހަރު އެފުރުސަތު އައްޑޫއަށް ލިބިގެންދާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ގަމުގެ އެއަރޕޯޓް އިންޓަނޭޝަނަލަށް ހުޅުވާލާ ގެސްޓުން ޑޮމެސްޓިކް ފްލައިޓް ތަކުގައި ރިސޯޓުތަކަށް ގެންދެވޭނެ ފަހި ފުރުސަތު ރާއްޖޭގައި ގާއިމުވެފައި އޮތްނަމަވެސް އެކަމަށް ދޮރުހުޅުވިގެން ނުދިޔައެވެ.

މިގޮތަށް ކަންތައް ދިއުމުން އައްޑޫއަށް ލިބެންއޮތް މިފުރުސަތު ގެއްލިގެން ދާއިރުވެސް އެކަމަށް އަޑުއުފުލާނެ މީހަކު ނެތެވެ. އެސިޓީ އަށް ނިސްބަތްވާ އެމްޑީޕީގެ ހަތް މެމްބަރުންވެސް ތިބީ އެއްވެސް އެއްޗެއް ބުނަން ނުކެރޭ ޙާލަތުގައި ކަމަށް ގިނަބަޔަކު ގަބޫލު ކުރައެވެ. ސިޔާސީ ބޭފުޅުން އެތިއްބެވީ ރައްޔިތުންގެ ޙައްޤުގައި ސިޔާސީވާން ނުކެރިފައެވެ. ނަމަވެސް އެބޭފުޅުންގެ ސިޔާސީ ޙަޔާތް އުޖާލާ ކުރުމަށް ރައްޔިތުންނަށް އަބަދުވެސް ސިޔާސީ ވާން ކެރެއެވެ. މިއީ މިހާރު ރައްޔިތުން ވިސްނަންޖެހޭ ކަމެއް ނޫންތޯއެވެ؟ ރައްޔިތުންގެ ޙައްޤުގައި ސިޔާސީ ވާން ނުކެރޭ ބަޔަކަށްޓަކައި ރައްޔިތުން ސިޔާސީ ވުމުގެ ބޭނުމެއް އަޅެ އެބައޮތް ތޯއެވެ؟

ނަމަވެސް ރައްޔިތުން މިހާރު ރަނގަޅަށްވެސް ސިޔާސީވާން އެބަޖެހެވެ. ސިޔާސީ ވާންވީ ވަކި ބައެއްގެ ސިޔާސީ ނައު ދުއްވުމަކަށް ނޫނެވެ. މުޅި ސިޓީގެ ތަރައްގީއަށެވެ. މީގެ ފައިދާކުރާނީ މިއަދުގެ ކުޑަކުދިންނަށެވެ. މިއަދު އެކުދިންނަށްޓަކައި ސިޔާސީވާން ނުކެރިއްޖެ ބަޔަކީ ބޭކާރު ބައެކެވެ. ފުރުސަތު ހޯދަން ނޭގެ ބަޔަކު ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުމުގެ ބޭނުމެއް ނެތީތާއެވެ.


ކިޔުންތެރިންގެ ހިޔާލު


27

އަހުމަދު

21-Jun-2020

ސްރީލަންކަން އެއަރލައިންސް އައްޑޫ އިން ދަތުރުކުރަމުން ދިޔައީ ގެންލުން ކޮއް ކަމައް ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަންއިން ބުނާއިރު އައްޑޫއިން ކޮލަމްބޯ ދެކޮލޮ ޓިކިޓް އަގަކީ 356$ ހަޑޮލަރެވެ. ނަމަވެސް މާލެ އިން ކޮލަމްބޯ އަބަދުވެސް ކޮންމެވެސް މޮޅު ނަމެއް ކިޔާފަ ފެއާ މިވަރުންވަސް އައްޑޫއިން ވަނީ ގެންލުން. އެހެންކަމާއެކު ދެވަނަފަހަރައް ސިޔާސީ މަގުސަދެއް ނުވަތަ އެހެން ކަމެއް ޙާސިލުކުރުމުގައިވިޔަސް އައްޑޫ ގެ ރައިޔަތުންނައް އަތްފޯރާފަޝުގައި ރައިޔަތުންނައް ދަތުރު ކެރެވެން ނެތުމާއެ ސްރީލަންކަން އެއަރލައިންސް އިން އައްޑޫއަށް ދަތުރު ނުކުރަން ނިންމުމަކީ އައްޑޫ ރައިޔަތުންނައް ލިބުނު ނުހަނު ބޮޑު އުފަލަކެވެ.


7

ހުސޭ

21-Jun-2020

އައްޑޫ މެބްބަރުން ތިބީ ހޭލާ ތިހެންވާތަންބަލަން އެމެންބަރުން ނުތިއްބަވާނެ !


28

ޙަސަން/ ފޭދޫ

21-Jun-2020

ވަރަށް ސަކަރާއް! އައްޑޫ މީހުން ހެއިއަރާއް ތެބެޖެހެއި. ތެވެންނައްޓަކައި މިޅި އުމުރު ހޭދަކެޑެމެއި ވީ ކޮންކަމައް?


18

ޙައްޤުގެބަސް

21-Jun-2020

ޒުހެއިރުގެ ލިޔުން ކޮޅަކީ ހަގީގަތް, އަދި އަބަދުވެސް އަޅުގަނޑު ދައްކާ ވާހަކަޔަކީވެސް ތިޢީ ރަތްޔަތުންގެ ތެރޭގައި އެމީހުންނަޢް ލިބެންވާ ހަގީގީ ހައްގުގެ ހިދުމަތް ލިބިގަތުމުގެ ޤާބިލްކަން ރަތްޔަތުންގެ ކިބައި ހުރެގެން އެ މިންވަރުވެސް ލިބޭނީ މި ޤައުމާ މިޙާރު ހަވާލުވެގެން އުޅެނީ އައްޑުއަށް ދުވަހަކުވެސް ރަނގަޅު ގޮތަބޭނުން ނުވާނެ ނުބާ ނުލަފާ ވަގުން ތަކެއް.


20

ކކކ

21-Jun-2020

ބަރާބަރު! އައްޑޫ ގުންޑާއިން ޕާޓީ ބާހެއްތިޔަ މިކަމާއި އުފަލުން. ހެހެ ލޮލް.ޓްރެންޑިން