އައްޑޫ އިކުއޭޓަރ ވިލެޖް ކަރަންޓީން ފެސިލިޓީގައި ހުރި މީހަކު ޕޮޒިޓިވް ވެގެން އޭނާ މާލެގައުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
އައްޑޫ އިކުއޭޓަރ ވިލެޖް ކަރަންޓީން ފެސިލިޓީގައި ހުރި މީހަކު ޕޮޒިޓިވް ވެގެން އޭނާ މާލެގައުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
ކޯވިޑް-19 ފެތުރެމުންދާތީ ބަލި ކޮންޓްރޯލު ކުރުމުގެ ގޮތުން ގްރޭޓަރ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ދިވެހި ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ހޯމް ކަރަންޓީނަށް ފޮނުވަން އުސޫލު ހަމަޖައްސައި އެއުސޫލަށް އަމަލު ކުރަން ވެސް މިހާރު ވަނީ ފަށާފައެވެ. ނަމަވެސް އެ އުސޫލުގައިވާ ގޮތުން ހޯމްކަރަންޓީނަށް ފޮނުވާ މީހުން ކަރަންޓީނަށް ފޮނުވުމުގެ ކުރިން ޕީސީއާރު ޓެސްޓް ނަހަދާނެ ކަމަށާއި އެފަދަ މީހުން ޓެސްޓް ހަދާނީ ޓްރާންސިޓް އައިސޮލޭޝަން ފެސިލިޓީތަކަށް ފޮނުވާ މީހުންވެސް ޓެސްޓް ހަދާ އުސޫލުން ކަރަންޓީނުގެ 14 ދުވަސް ހަމަ ވުމުންކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކު ޢަބުދުލް ޢަޒީޒު ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ރަސްއޮންލައިނުން ކުރިސުވާލަކަށް ޖަވާދު ދެއްވަމުން މަބުރޫކު ވިދާޅުވީ، "މިހާރު ޢަމަލު ކުރާ އުސޫލަކީ ރަށަށް ފޮނުވުމަށްފަހު 14 ދުވަސް ފަހުން ޕީސީއާރު ޓެސްޓް ހެދުން" ކަމަށެވެ.

ނަމަވެސް މިގޮތަށް އުސޫލު ބަދަލު ކުރުމުން ކޯވިޑް19 ނެތް ރަށްރަށަށް މިބަލި ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރައެވެ.

މާލޭގައި ތާށިވެފައިތިބި އަދި އާމްދަނީ ހޯދޭނެ މަގު ބަންދުވެފައި ތިބި ގިނަބަޔަކު މިގޮތަށްވެސް ރަށަށްދާން ބޭނުމެވެ. ސަބަބަކީ އެފަދަ މީހުންނަށް މިހާރު މާލޭގެ އުޅެވޭނެ އެއްވެސް ގޮތެއް ނެތީމައެވެ. ތާށިވެފައި ރަށަށް ނުދެވިފައި ތިބިމީހުންވެސް ގަބޫލު ކުރާގޮތުގައި މިހާރު ޢަމަލު ކުރާ އުސޫލުގެ ސަބަބުން އެހެން ރަށްރަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންނަމަވެސް އިތުރު ގޮތެއް ނެތީމަ އެގޮތަށް ގަބޫލުވެގެންވެސް މާލޭގައި ތާށިވެފައިވާ މީހުން އެމީހުންގެ ރަށްރަށަށް ދާން ބޭނުމެވެ.

ކުރީގެ އަމަލު ކުރި އުސޫލަކީ ހޯމް ކަރަންޓީނަށް ފޮނުވާ މީހުން ފޮނުވުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދާފަ ނައްސިވާ މީހުން ފޮނުވުމެވެ. ނަމަވެސް މިގޮތަށް އުސޫލު އޮތްކަމުގައި ވީނަމަވެސް ޕީސީއާރު ޓެސްޓް ހަދާމީހުންގެ ސާމްޕްލް ނެގުމަށްފަހު އެމީހުން ރަށަށް ނުފޮނުވި ހަތަރު ފަސްދުވަސް ވަރުވެއެވެ. އެހެން ކަމުން ހަގީގަތުގައި އެގޮތަށް ޓެސްޓް ހެދުމުގެ ހަގީގީ މާނައެއް ނެތެވެ. އެއީ ސާމްޕަލް ނެގުމަށްފަހު އެމީހުން ތިބެނީ މާލޭގަ ހަމަ ބޭނުން ތަނަކަށް ދެވޭ ގޮތަށެވެ. އެހެންކަމުން ސާމްޕްލް ނެގުމަށްފަހު އެވާ ދުވަސް ތަކުގައި އެމީހުންނަށް ވައިރަސް ނާރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ހޯމް ކަރަންޓީނަށް ދާމީހުން ބޭނުންވަނީ ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނައްސި ވުމުން އެހެންމީހުންނާއި ގައިދުރުކަން އޮވަމެ ރަށަށް ދިއުމަށެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މީގެ އެންމެ ހަރުދަނާ އަދި އެންމެ ރަނގަޅު އުސޫލަކީ ޕީސީއާރު ޓެސްޓް ހެދުމަށްފަހު އެބަޔަކު އެބައެއްގެ ރަށަށް ފޮނުވުމެވެ. ކޮންމެހެން ރަށަށްދާން ބޭނުންވާ މީހުން އެމީހުން ރަށަށްދިއުމުގެ އަށެއްކަ ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓް ހެދުމަށް އެޗްޕީއޭ ނުވަތަ އެންއޯއީސީ އިން ކަނޑައަޅާ ތަނަކަށް ގެންދެވިދާނެ އެވެ.

އެފަދަ ތަނަކަށް ގެންދިއުމަށްފަހު އެމީހުންގެ ސާމްޕަލް ނަގާ އެމީހުންގެ ޓެސްޓްގެ ނަތީޖާ ލިބެންދެން އެތަނުގައި ބޭތިއްބުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ އާއްމު ގޮތެއްގައި ޕީސީއާރު ޓެސްޓް ނަތީޖާ ލިބުމަށް މިނަގަނީ 2 ގަޑިއިރާއި 5 ގަޑި އިރުގެ ވަގުތަކެވެ. އެހެންކަމުން 8 ގަޑި އިރު ކުރިން އެމީހުން ގެންގޮސް ޓެސްޓް ހަދާފަ ނައްސިވާ މީހުން އެމީހުން އެހެން މީހުންނާ ގައިދުރުކަން ބެހެއްޓޭނެ ގޮތަކަށް ކަންތައް ހަމަޖައްސާ އެބަޔަކު ފުރުވާލަން ޖެހޭ ރަށަކަށް ފުރުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ އެހެން ރައްޔިތުންގެ ސިއްޙީ ރައްކާތެރި ކަމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމުގައި ގަބޫލު ކުރަންޖެހޭ ނޫންތޯއެވެ؟އެފަދަ އިންތިޒާމެއްގެ ތެރެއިން ރަށްރަށަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވޭނަމަ އެހެން ރަށަކަށް ކޯވިޑް-19 ޢާލަމީ ވަބާ އެރުމުގެ ފުރުސަތު އޮތުމަކީ ހަމަ ނާދިރުކަމެއް ކަމުގައި ގިނަބަޔަކު ގަބޫލު ކުރައެވެ. ނަމަވެސް މިހާރު ޢަމަލު ކުރަން ނިންމާފައިވާ އުސޫލުން މިބަލި އެހެން ރަށްރަށަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެހެން ކަމުން ޞިއްޙީ އިދާރާތަކުން ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް އަމަލު ކުރުމަކީ މުޅި މުޖުތަމައުގެ ރައްކާތެރި ކަމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން