ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު ވަކި ބަޔަކަށް ގެއްލޭތީ އެ ވާހަކަ މިއަދު މާބާރަށް ދެކެވެން ފެށީ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާއި ގުޅުވައިގެންނެވެެ. ބްރޯޑްކާސްޓިން ކޮމިޝަނުން ރީބްރޯޑްކާސްޓިން ގަވާއިދަށް އިސްލާހުތަކެއް ގެނައުމުން ދައުލަތުގެ މީޑިޔާއިން ވޯލްޑްކަޕް ހިލޭ ބެލުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ގެއްލޭ ވާހަކަ މިކަމާ ގުޅުވުމުން ހަގީގަތުގައި ވެސް މިކަން ވެގެން މި އުޅޭގޮތެއް ރައްޔިތުންގެ ގިނަ ބަޔަކަށް އޮޅުނީއެވެ.

މުވާސަލާތީ ޚިދުމަތް ވިއްކައިގެން ދިވެހިންގެ އަތުން ނުހައްގު ބޮޑު އާމްދަނީ އެއް ހޯދާ ދިރާގުން ނަފާ ލިބޭ މީޑިޔާއަކުން ގަސްދުގައި މިކަން އޮޅުވާލީއެވެެ. ނުބައިކޮޅެއްގައި ހިފައިގެން ދަމާ ވާންކުރަނީއެވެ. ދެން އެމަޅީގައި ސިޔާސީ ބަޔަކު ޖެހި އަދި ވަކިން ބޮޑަށް ވާނުވާ އޮޅުވާލީއެވެ. މިއީ ކަމުގެ ހަގީގަތް އޮތް ގޮތެވެ.

ލިސްޓް ކޮށްފައިވާ ވަކި އިވެންޓްތަކެއް ރާއްޖޭގެ އެއްވެސް ބަޔަކު ދައްކާނަމަ އެ އިވެންޓުގެ ރައިޓްސް ގަންނަ ފަރާތަކަށް ގެއްލުން ނުވާގޮތަށް ދައުލަތުގެ މީޑިޔާއަށް އެ ރައިޓްސް ހިއްސާކުރުމަކީ ރީބްރޯޑްކާސްޓިން ގަވާއިދުގައި ލިޔެވި މިހާތަނަށް އަމަލުކުރަމުން އަންނަ އުސޫލެވެެ. މިގޮތަށް ގަވާއިދުގައި ލިޔެފައި އޮތްނަމަވެސް ވޯލްޑްކަޕް މުބާރާތުގެ މެޗްތައް މިފަހުން ދައުލަތުގެ މީޑިޔާއިން ރައްޔިތުންނަށް ދެއްކީ ރައިޓްސް ގަނެގެންނެެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީބްރޯޑްކާސްޓިން ޚިދުމަތްދޭ މީޑިޔާ ނެޓުން ވޯލްޑްކަޕް ރައިޓްސް ޑީލް ނިންމަނީ އެންމެ ފަހު ވަގުތުގައެވެ. ދައުލަތުގެ މީޑިޔާ އިން ރައިޓްސް ގަތީމައެެވެ. މިކަމަކާއި، ދިރާގަށް ރީބްރޯޑްކާސްޓް ނުކުރެވޭގޮތަށް ގަވާއިދު އިސްލާހުކުރުމާއި މިއީ މުޅިން އެހެން މަައްސަލައެކެވެ. މިއީ އަދި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ރައިޓްސް އާއި ގުޅޭކަމެއް ނޫނެވެ.

ބޭރުގެ ކުންފުނިތަކަށް ނުވަތަ ބޭރުގެ ހިއްސާވާ ދިވެހި ކުންފުންޏަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓިން ޚިދުމަތް ނުދެވޭގޮތަށް ގާނޫނުގައި އޮތަސް އަދި ގަވާއިދުގައި އެގޮތަށް ކަނޑަައެޅިއަސް އެއީ ރާއްޖެފަދަ ކުޑަ ގައުމަކަށް ވަރަށް ރަނގަޅު ނިންމުމެކެެވެ. މިއީ ދުރުރާސްތާގެ ވިސްނުމަކުން ވިސްނަންޖެހޭ ވަރަށް ހައްސާސް މައްސަލައެކެެވެ.

އިންޑިޔާގެ ސޮނީ ކުންފުނިން ނުވަތަ އެހެންވެސް ރީބްރޯޑްކާސްޓިންގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކުންފުންޏަކަށް ނުވަތަ އެފަދަ ކުންފުންޏެއް ހިއްސާވާ ދިވެހި ކުންފުންޏަކަށް ރީބްރޯޑްކާސްޓިންގެ ލައިސަންސް ދީފިނަމަ ރާއްޖެފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި ރީބްރޯޑްކާސްޓިން ޚިދުމަތް ދިނުމުގައި ދިވެހި ކުންފުންޏަކަށް ވާދަކުރެވޭނެތޯ މިއީ އުފައްދަންޖެހޭ މުހިންމު ސުވާލެކެވެ. އޭރުން އެ ޚިދުމަތް ދޭން ރާއްޖޭގައި އެއްވެސް އިންވެސްޓެއް ކުރާކަށް އެފަދަ ކުންފުންޏަކަށް ނުޖެހޭނެއެވެ. އެމީހުންގެ ސެޓެލައިޓްގެ ސިގުނަލް ލިބޭ ކުޑަ ޑިޝް އަކާއި ރިސީވަރެއްް ބޭނުންކޮށްގެންވެސް މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓް ކުރެވުނީއެވެ. އަދި ދިރާގު ފަދަ އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުންޏަކާއި ގުޅުމުން ނުވަތަ އެ ހިއްސާގަތުމުން ދާދިފަސޭހައިން އެކަން ކޮށްލެވުނީއެވެ. އޭރުން ދިވެހިން ކޭބަލްޓީވީ ނުވަތަ އައިޕީޓީވީ ބަލަން ހޭދަކުރާ ހުރިހާ ފައިސާ ވެސް ގައުމުން ބޭރަށް ދިޔައީއެވެ.

އޭގެއިތުރުން ރާއްޖޭގެ ރީބްރޯޑްކާސްޓިން ޚިދުމަތުގައި އޮންނާނީ އެމީހުންގެ ދެފަޔެވެެ. އެއްގޮތަކަށް ވެސް މިދަންނަވަނީ ރީބްރޯޑްކާސްޓިންގެ ޚިދުމަތް ވަކި ބަޔެއްގެ މުށުތެރޭގައި ބާއްވާ ވާހަކަ އެއް ނޫނެެވެ. ދިވެހި ކުންފުނިތަކަށް އެކަން ކުރެވޭގޮތަށް މިހާރުވެސް ހުޅުވާލާފައި އޮތްގޮތަށް އޮތުމުން އެކަން ކުރެވޭބަޔަކު އެކަން ކުރަންވީއެވެ. ވޯލްޑްކަޕް ރައިޓްސް ވެސް ގަނެގެން ރާއްޖެއަށް، ދިވެހިންނަށް ދައްކަންވީއެވެެ.

ވޯލްޑްކަޕްފަދަ އަގުބޮޑު މުބާރާތެެއްގެ ރައިޓްސް ގަނެވޭނީ މާލީގޮތުން ވެސް ވަރު ހުރެގެންނެވެ. އަދި ދައުލަތުގެ މީޑިޔާއިން އެ ރައިޓްސް ގަނެގެން ސޮޕްންސަރ ހޯދައިގެން އާމްދަނީ ލިބޭގޮތަށް އެކަން ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. ރައިޓްސްވެސް ގަނެގެން އާމްދަނީ ހޯދައިގެން ރައްޔިތުންނަށް ހިލޭ ވޯލްޑްކަޕް ބެލޭނެގޮތަށް ހިސާބުޖަހައިގެން ހަދަންވީއެވެ. މިހާރު ދައުލަތުގެ މީޑިޔާ ހިންގަން ތިބީ އެކަން އެމަގުން ކުރާން ނޭގޭ ބަޔެއް ކަމަށްވާނަމަ ދެން ކުރާނެ ކަމެއް ނެތެވެ.

މިތާގައި ވޯލްޑްކަޕް މުބާރާތާއި ދިރާގަށް ރީބްރޯޑްކާސްޓިން ނުލިބޭގޮތަށް ގަވާއިދު އިސްލާހުކުރުމާއި އޮތީ ކޮން ގުޅުމެެއް ހެއްޔެވެ؟ ދިރާގުގައި ބޭރު ކުންފުންޏެއްގެ ހިއްސާ އޮތްހާ ހިދަކު ރާއްޖޭގައި ރީބްރޯޑްކާސްޓިންގެ ޚިދުމަތް އެކުންފުންޏަށް ދެވިގެންނުވާނެއެވެ. ބޭރުގެ ކުންފުނިތަކަށާއި ބޭރުގެ ހިއްސާ އޮންނަ ދިވެހި ކުންފުނިތަކަށް ނުވަދެވޭނެ ވިޔަފާރިތަކެއް ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި ހަމަ އޮންނަންޖެހެއެވެ. އެހެން ނޫނީ ދިރާގުން ކިއްލި ތަޅާ ފޯއް ހަނާކޮށްގެން ވެސް ވިއްކަންވީއެވެ. އުރީދޫއިން މޫލީ އޭ ކިޔައިގެން ޑެލިވަރީގެ ޚިދުމަތްދީފައި ދޮވެ އިސްތިރިކުރުމުގެ ވިޔަފާރި އަށް ވެސް ވަންނަންވީއެެވެ.


ކިޔުންތެރިންގެ ހިޔާލު


-7

އަ

29-Oct-2022

ތީވަރައް ސާފްކޮއް ދިވެހިންނައް މަޖުބޫރް ކުރުމެއް ގާސިމްގެ ކުންފުނިން ކޮއްމެއަގެއްގަ ދިނަސް ގަނެގެންނޫން ބެލޭނީ މިހާރު ދިރާގް ޓީވީ ގައްނަ މީހު އިތުރުވެ މީޑިއާނެޓް ބަލާމީހުން އިތުރުވާތީ ކުރިކަމެއް (ރަސް އޮންލައިނުން ގާސިމް ސްޕޮނސާކޮއް ގެން ކިތައްމެވަރަކައް އޮޅުވާލަން އުޅުނަސް ވާޏެކަމެއްނެއް ތިނޫހުގެ އަގު ވެއްޓުންފިޔަވާ)


-4

ކޭބަލް

26-Oct-2022

ތިޔަ އުޅެނީ ވެސް އަދި މާ ދުރުން. ގަސިމްބެ އަތުން އިންތިހާބަށް ރުފިޔާ ހޯދަން ކުރާ ކަމެއް ތިޔަ. އޮޅުވާލަން ނޫޅޭ.


-11

އަލީ

25-Oct-2022

ވަރަށް ބެސްޓް ލިއުމެއް ,



ޓްރެންޑިން