ރައްޔިތުންގެ މަަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދ މިއަދުގެ ޖަލްސާގައި
ރައްޔިތުންގެ މަަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދ މިއަދުގެ ޖަލްސާގައި
ދިވެހި ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަމާއި، ކުލަ ބަދަލު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލްގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބަހުސް މަރުހަލާ ނިމުމުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަން ބަދަލު ކުރުމަށް ބިލުގެ ބަހުސްގައި މެމްބަރުން ހުށަހަޅާފައިވާ ކަމަށެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ." މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11

ޔާރޭ

21-Jun-2020

އަހަރުން ބޭނުމީ ރައްޔިތުންގެ ،ަޖްލިސްގެ ނަން އަދި އެތާތިބި މީހުންވެސް ބަދަލުކުރަން

16

ޙަބޭސއ

17-Jun-2020

ފުލުހުންގެ އިދާރާގައި 2009ގެ ކުރިން ހިދުމަތް ކުރަން ފެށި މީހުންނާއި 2014 ގެ ފަހުން ޚިދުމަތް ކުރަން ފެށި އެންމެން ވަޒީފާއިން ވަކިކޮށް ފުލުހިންގެ މައި އިދާރާ އއ. ޢުކުޅަހަށް ބަދަލުކޮށް ކޮމިޝަނަރ އަކީ ރައީސް ނަސީދު އައްޔަން ކުރާ މީހަކަށް ހަދަންފެނޭ

5

ދިވެހި ފުލުސް

17-Jun-2020

އަސްލު ފުލުހުން ވެސް, އަދި ދިވެހި ރައްޔިތުންވެސް ބޭނުން ވަނީ މުޅި މުއައްސަސާ ބަދަލުކުރަން. އެގޮތުން ރަންރީނދޫ ކުލައިގެ ލަޝްކަރެއްގެ ގޮތުގައި ފުލުހުން ތިބެންވީ ޖަރީވެގެން. އޭރުން ފުލުހުންގެ މުސާރަ ބޮޑުވާނީވެސް. ބަޣާވާތެއް ދެނެއް ނުކުރެވޭނެ. އަހަރެމެން ވަނީ އޭގެ ފަހުން ކަލޭމެންގެ ޢާއިލާތައްވެސް ހިތުދަސްކޮށްފަ.

6

ޓްރެންޑިން