ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގައި އޮތީ. ރައީސް ޞާލިޙުގެ ފުރިހަމަ އަޣްލަބިއްޔަތު ކަމަށާއި އެތެރެއާއި ބޭރުން ތެޅިޔަސް ކޮންމެ ފަހަރަކު ސަރުކާރެއް ނުވެއްޓޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ އެމީހުންގެ އަމިއްލަ އެޖެންޑާ ޙާސިލު ކުރުމަށް ކަމަށާއި، އެހެން ނަމަވެސް އެހަފަސޭހައިން ވެރިކަމެއް ނުވެއްޓޭނެ ކަމުގައި ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާލަތުގައިވެސް ފެނިގެން ދަނީ ފުލުހުންނަށް މަލާމާތްކުރުމާއި، މަޖިލިސް ބޮއިކޮޓް ކުރުމުގެ އިތުރުން، ސަރުކާރުގެ ތެރޭގައި ތިބެގެން ފިތުނަ އުފެއްދުން ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތައް ހިންގުމަށް 30 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށާއި، ނަމަވެސް އިގްތިޞާދީ ގޮތުން ފުން އަނދަވަޅަކަށް ގައުމު ވެއްޓިފައިވާ މި ހާލަތުގައި ވެސް ބޮޑު ސިޔާސީ ތިން ޕާޓީގެ ފަރާތުން ފެންނަ މަންޒަރު ތަފާތުކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްބަޔަކު ފުލުހުންނާ ސިފައިންނަށް މަލާމަތްކޮށް، އަނެއްބަޔަކު މަޖްލިސް ބޮއިކޮޓްކޮށް، އަނެއްބަޔަކު ސަރުކާރުގައި ތިބެގެން އަލިފާނަށް ޕެޓްރޯލުއުކާ ރޯކުރަނީ." ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވެފައިވަނީ މަޖިލީހުގައި ދިވެހި ފުލުހުންނަށް މަލާމާތް ކުރުމުން ރިޔާސަތުން އެކަން ހުއްޓުވާތަން ފެނިފައި ނުވާކަމަށެވެ. ނަމަވެސް ފުލުހުންނަށް ކުރާ ގަދަރާ އިހުތިރާމަށް ބަދަލު ނާންނާނެ ކަމަށާއި ފުލުހުންގެ ސަފުތައް ރޫޅާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޞާލިޙުގެ ފުރިހަމަ އަޣްލަބިއްޔަތު މަޖްލީހުގައި އޮތީ. އެތެރޭންނާ ބޭރުން ތެޅިޔަސް ކޮންމެ ފަހަރަކު ސަރުކާރެއް ނުވެއްޓޭނެ." މޫސަ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުލުހުންގެ ބިލަށް ވާހަކަ ދައްކަވަމުން ގިނަ މެމްބަރުން ވަނީ ފުލުހުންގެ ފަރާތުން މީގެ ކުރިން ކުރިމަތިވެފައިވާ އަނިޔާވެރިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ފުލުހުންނަކީ ވަރަށް އަނިޔާވެރި ބައެއްގެ ގޮތުގައި ސިފަކޮށް ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވެސް ބައެއް މެންބަރުން ވާހަކަ ދައްކަވާފައި ވެއެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބައެއް އިސް ބޭފުޅުން ވިދާޅުވެފައި ވަނީ، ފުލުހުންގެ މުއައްސަސާ އިސްލާޙު ކުރަން ޖެހޭ ކަމަށާއި، ނަމަވެސް އެކަން ކުރަން ޖެހޭނީ ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ތެރެއިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

ރައްޔަތު އަހުމަދު

17-Jun-2020

ﷲ ގެ އިރާދަ ތިހުރިހާ އެއްޗަކަށްވުރެން ބާރުގަދަ ކަން އެނގިނުލައްވަނީތޯ..? ހަމަ ހިނދުކޮޅެއްގެ ތެރޭގައި ތިހުރިހާ ބާރެއްވެސް ގެންދަވާފާނެ ކަމަށް ބިރުވެރިވެ ﷲ ދެއްވި ރަހްމަތަށް ޝުކުރުވެރިވޭ..!



ޓްރެންޑިން