ސްކޫޫލެއްގައި ނާސްތާ ގަޑި ކުރިއަށް ދަނީ؛ ނިއު ނޯމަލްގައި ސްކޫލްތައް ފަށާއިރު ނާސްތާ ޕްރޮގްރާމެއް ނޯންނާނެ
ސްކޫޫލެއްގައި ނާސްތާ ގަޑި ކުރިއަށް ދަނީ؛ ނިއު ނޯމަލްގައި ސްކޫލްތައް ފަށާއިރު ނާސްތާ ޕްރޮގްރާމެއް ނޯންނާނެ
ނާސްތާ ޕްރޮގްރާމަށް ކުރާ ހަރަދު އާއިލާތަކަށް ބަހާލުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސްކޫލުތަކަށް ދަރިވަރުން ފޮނުވާއިރު އެކުދިންނަށް އެއްޗެއް ކާންދިނުމަށް ފަހު ފޮނުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ. އެގޮތުން "އައު އާންމު ހާލަތު" ގައި ކިޔެވުން ފެށޭ ދުވަސްވަރު ނާސްތާ ޕްރޮގްރާމު ސްކޫލުތަކުގައި ކުރިއަށް ނުދާނެ ކަމަށާއި، މިހާރު ހަމަޖެހިފައިވާ ގޮތުން ބޯނެ ފެން ވެސް ހިފައިގެން ދާން ޖެހޭނީ ގެއިން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވެފައިވާކަމަށާއި، ރައްޔިތުންގެ ފުދުންތެރިކަންވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އެހެންކަމުން ސްކޫލުތަކުގައި ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމަށް ކުރާ ހަރަދު މި ދަނޑިވަޅުގައި ކިޔަވާ ކުދިންގެ އާއިލާތަކަށްދީ، އެހީތެރިވުން މުހިންމު ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ ދިއްކޮށްލެވޭ ބޮޑު އެހީއަކަށް މިހާރު ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދަރިވަރުންނަށް ހެނދުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ޓާމުގައި އެ ޕްރޮގްރާމު ފެށީ ރާއްޖޭގެ 25 ސްކޫލެއްގައި ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވަނީ ނާސްތާ ދޭން ފަށާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން