ކުރީގެ  އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒް
ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒް
އެމްޑީޕީގެ މެމްބަރުން ފުލުހުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒް ހޫނު ރައްދެއް ދެއްވައިފިއެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުންވަނީ ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް ކަމަށް ވިދާޅުވެ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓުބުރިއަކާއި ދިގު އިސްޓާކީނު ލައްވައި ދަނޑިބުރިއެއް ދީފައި ފުލުހުން މަގުމައްޗަށް ނެރުމަށް މަޖިލިހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު (ބޯދިގު) ވަނީ ގޮވާލައްވާފައެވެ. 

އެކަމާ ގުޅިގެން ރައީސް ޔާމިންގެ ސަރުކާރުގެ ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވި އަބުދު ﷲ ނަވާޒް ވިދާޅުވީ ގައުމު އޮޔާ ދާއިރު ވެސް އެއްބަޔަކު އުޅެނީ ބަޔަކު ސޯޓް ނުލެއްވިގެން ކަމަށެވެ. މަޖިލީހުން ނިއްމައިފިނަމަ ފުލުހުންނަށް ސޯޓްވެސް ލެވިދާނެ ކަމަށާއި އެހެން ނަމަވެސް ސޯޓް ލައްވާފައި ދިގު އިސްޓާކީނު ލައްވަންޖެހޭނީ މަޖިލީހުގެ މެމްބަރުން ކަމަށް ނަވާޒު ވިދާޅުވިއެވެ.

"ހާދަ ވަރަކަށޭ ފުލުހުން ސޯޓް ލައްވައި އިސްޓާކީނަށް ނޭރުވިގެން ތިޔަ އުޅެނީ." ނަވާޒް ވިދާޅުވިއެވެ.

އެބަޔަކު ބޭނުންވާ ކަމެއް ނުވީމާ ރުޅި އަންނަ އުސޫލުން ފުލުހުންނަށް ރުޅިގަނޑު ބާލާތަން ފެންނަމުންދާ ކަމަށް ނަވާޒް ވިދާޅުވިއެވެ. ސަރުކާރުގަައި ތިބެ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެ އެކި ކުށްކުށުގެ ތުހުމަތު ކުރެވޭ ފުލުހުންނަށް ފިޔަވަޅު އެޅުމަށް ތާއީދު ކުރައްވާކަން ހަމަކުރައްވައި އަދި އެއީ މުހިންމު ކަމެއް ކަމަށް ނަވާޒް ވިދާޅުވިއެވެ.

"ތާއަބަދު ފުލުހުންނާއި ދޭތެރޭ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ކަން ނުކުރައްވާ ގެންނަން ވިދާޅުވި ރިފޯމޭޝަން ގެނަައުމުން ތިޔަ މައްސަލަ ހައްލުވާނެ ކަމަށް ފެނޭ. ކޮންމެ ސަރުކާރެއް އޮތަސް ފުލުހުންނަކީ ޚިދުމަތުގައި ތިބި ބަޔަކު ކަމުގައި ދަންނަންވާނެ." ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ނަވާޒް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ޕޮލިސް އެކްޓިން ކޮމިޝަނަރެއްގެ މަގާމަށް ނަވާޒް އައްޔަން ކުރެއްވީ، ކުރީގެ ކޮމިޝަނަރު އަރީފް މަގާމުން ވަކި ކުރެއްވުމަށް ފަހުއެވެ. އަރީފް މަގާމުން ވަކި ކުރީ އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ޔާމީނަށް އިންތިހާބު ނާކާމިޔާބުވެ ވަޑައިގެންނެވުމުން ވަނީ ނަވާޒް އެންވަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފަ އެވެ. ރައީސް ޔާމީންގެ ދައުރު ނިމެންދެން އޭނާ ހުންނެވީ އެ މަގާމުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ރަބަރު ބާރު ސޯޓު

21-Jun-2020

ސޯޓު ބޭލޭއިރުވެސް ރޭކާނުލާ. އެހެންމީހުންގެ ސޯޓު ރަބަރު ދޫވޭތޯ ބަލަނީ😁😁😁


9

ޢަހުމަދު

21-Jun-2020

ޏާސިރުގެ ދުވަސްވަރުގައި އާއި ދާދިފަހަކާޖެހެންދެން ފުލުހުން ތިބެނީ ސޯޓްބުރިއާއި ދަޑިބުެރިހިފައިގެން


16

ޢަޒީ

21-Jun-2020

ކުރީގައި ދިވެހިރާއްޖޭގައި އުޅުނު ފުލުހުން ތިބެނީ ސޯޓްބުރިއާއި ދަޑިބުރިހިފައިގެން


-5

މަތީނު.

17-Jun-2020

މިޝާލު ތިފެންންނީ ތިތިނބީ ފުލުހުންގެ އެންމެ މަތީ މަގާމުގަ ތިނބި މީހުން ސިޔާސީ ވެފަތިނބިވަރު ދެން ކިހިނެތް ފުލުހުންގެ ދައުރު އަދާކުރާނީ.. މަގާމުން ވަކިވި އިރަށް ވަނީ ސިޔާސީ ޕާޓީއަކަށް. ބަލަ ރަނގަޅު ދީނީ އިލްމުވެރިން ފުލުހުން ސިފައިން މަގާމުން ބަކިވިޔަސް ސިޔާސީ ދާއިރާ އަކަށް ނުވަންނާނެ. ސަލާމް ނަވާޒަށް ހެހެ


9

އަސްލަމް

17-Jun-2020

ނަވާޒު ގަދަ އިނގޭ


-4

މުހަންމަދު

17-Jun-2020

ބޯދިގްކަލޭ.ކަލޭތިމަގާމައްގެނެއީދިވެހިރަތްޔިތުންވޯޓްދީގެން.ބޯދިގުކަލޭގެޔާކަލޭޔައްކޮންކަމެއްރަތްޔިތުންނައްކޮށްދެވުނީ.ދިވެހިރަތްޔިތުންނިއްމަނީ.މަޖިލީސްމެންބަރުންބޮކްސާލާގެން.ކަރުގެޖަންގިޔާއަޅުވައިގެންމަޖިލީހައްދާން.ފުލުހުންނާއިސިފައިންނަކީ.އަހަރެމެންގެގައުމްސަލާމަތްކުރަންތިބިދިވެހިދަރީން.


-3

ތިމަންނަ

17-Jun-2020

ގިނަ ދިވެހިންނަކީ (ބޮޑުވެފައި ތިއްބަސް ) ތަސައްރަފު ނުފުދޭ , ބޮލުރޮދި ނެތް މީހުނެވެ. ގާނޫނު ހަދަން މިތިބެނީ މިފަދަ މީހުނެވެ


14

ޢަސްދަނޑި/ މާލެ

17-Jun-2020

ޟަޖިލީހާއި މިނިސްޓްރީ ތަކުގެ ވަޒީރުން ކުރި ހުވަޔާ ޚިލާފާށް ބަރަހަނާ ހާލު އަންހެނުން ޤއ ެެިެެިެެިެެިެެިެެިެެިެެިެެިެެިެެިެެިެެިެެިެެިެެިސްލާމްދީނުގެ އަސްލަކާ ޚިލާފުވެ ތިބޭެއިރު އެމީހުން ނިވާކޮށްބަލަ.


3

ޙަބީބާޢަލީ

17-Jun-2020

ކަލޯ އެވެސް ބައެއް ގައުމުތަކުގަ ފުލުހުންގެ ޔުނިފޯމެކޭ. ސޯޓުބުރިއޭ ބުނީމަ ވަރަހ ހަޑިވެއްޖެދޯ. ރާނީ ވަޑައިގަތުމުގެ ކުރިން ދިވެހި ސިފައިންވެސް ތިބެނީ ބުރިފަޓުލޫނުގަ. ޙެހެހެ.



ޓްރެންޑިން