ކޯވިޑްް-19 އާއިި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް ފުލުހުން؛ ބަލީގެ ނުރައްކާ ފެށުނީއްސުރެ ހުރިހާ ހިސާބެއްގައިވެސް ފުލުހުން އަންނަނީ މަސައްކަތް ކުރަމުން
ކޯވިޑްް-19 އާއިި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް ފުލުހުން؛ ބަލީގެ ނުރައްކާ ފެށުނީއްސުރެ ހުރިހާ ހިސާބެއްގައިވެސް ފުލުހުން އަންނަނީ މަސައްކަތް ކުރަމުން
ފުލުހުންގެ އަގު ވައްޓާލުމަށް އެމްޑީޕީން ކުރާ މަސައްކަތް ބަލައި ނުގަނެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ފުލުހުންގެ ބިލުގެ ބަހުސްގައި ފުލުހުންނަކީ ޒަމާނުއްސުރެ އަނިޔާވެރި ސަގާފަތެއް ގެންގުޅޭ އަނިޔާވެރި ބައެއް ކަމަށް ވިދާޅުވެ ފުލުހުންގެ މުޅި މުއައްސަސާއާއި ހުރިހާ ފުލުހުންގެ އަގުވެއްޓޭ ގޮތަށް އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަ ދައްކާފައި ވާތީ އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ދިވެހި ފުލުހުންނަށް މަލާމާތްކޮށް، ބިރު ދައްކާ ހަގީގަތެއް ނެތް އިލްޒާމްތައް އަޅުވާ އަގު ވައްޓާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ފުލުހުންގެ ހިދުމަތަކީ އަގު ކުރެވޭ ވަރަށް ވުރެ މާ މަތިވެރި ހިދުމަތެއް. ދިވެހި ފުލުހުންނަށްޓަކައި ފަހުރުވެރިވަން." އަދުރޭ ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާ އިސްލާހް ކުރަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވެސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އިސްލާހް ކުރަން ޖެހޭ ކަންކަމުގެ ވާހަކަ ފާހަގަ ކުރަން ވާނީ، ވަރަށް ސާފުކޮށް ރީއްޗަށް ކަމަށާއި، އެފަދަ ވާހަކަތަކަކީ ހަރުކަށި، ބޭކާރު ވާހަކަތަކަކަށް ވެގެން ނުވާނެ ކަމަށް ސީޕީ ޙަމީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން