ޑރ. މުހައްމަދު ޖަމީލު އަހްމަދު
ޑރ. މުހައްމަދު ޖަމީލު އަހްމަދު
މަލަމަތި އުޖާލާ ކަމަށާއި، މި ވެރިކަން ނިމެން ކައިރިވެއްޖެ ކަމަށް، ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ފުލުހުންގެ ބިލްގެ ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ފުލުހުންގެ މުއައްސަސާގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، އެ މުއައްސަސާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން، ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަކީ ގައުމުގެ ފަޚުރު ކަމަށާއި، އެއީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުގެ ސަބަބު ކަމަށެވެ. އަދި އެމްޑީޕީން ވެރިކަން ކުރަނީ ހުތުރުކޮށް އުޅެގެން ކަމަށާއި، ކިޔަނީ މުޑުދާރު އެއްޗިހިކަމަށް އޭނާ ވިދާޅުވިއެވެ.

2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވިލިމާލޭ ދާއިރާއަށް ވާދަކުރަށްވައި ފެއިލްވެ ވަޑައިގެންނެވި ޖަމީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް، އެމްޑީޕީ ހަރުގެއަށް ވެއްޖެ ކަމަށެވެ.

"2008 ގައި ވެސް ފުލުހުންނަށް ފުރައްސާރަކުރި. ނަތީޖާ އަދިވެސް ހަޖަމް ނުވޭ. މަލަމަތި އުޖާލާ، ނިމެން ކައިރިވެއްޖެ އިންޝާ ﷲ" ޖަމީލު ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކުރައްވަމުން، ގިނަ އެމްޑީޕީ މެމްބަރުން އަންނަނީ ފުލުހުންގެ ތެރޭގައި ކުށްކުރާ ފުލުހުން އުޅޭ ކަމަށާއި، އަދި ފުލުހުންގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލޭ ކަމަށް ވިދާޅުވަމުންނެވެ.

މިސަރުކާރު ގެނައުމުގައި އިސްދައުރެއް އަދާކުރެއްވުމަށްފަހު، މިހާރު ޑރ. ޖަމީލް ފާހަގަ ކުރެވެނީ ކުރީގެ ރައީސް ޔާމީންގެ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެ ކުރިން ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ވަހީދުގެ އިތުރުން ރައީސް ޔާމީނުގެ ސަރުކާރުގައި އިސް ދައުރެއް އަދާކުރެއްވި ޑރ. ޖަމީލަށް ފާޑު ވިދާޅުވާ ގިނަ ބޭފުޅުން ޑރ. ޖަމީލު ސިފަކުރައްވަނީ ޖަމީލަކީ ސަރުކާރުތައް ގެންނަން މަސައްކަތް ކުރެއްވުމަށްފަހު ވަކިހިސާބަކުން ކޮންމެ ސަރުކާރަކާވެސް ދެކޮޅުވާ ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ކަނނެލިއޮޑި

17-Jun-2020

އިންޟާﷲ



ޓްރެންޑިން