މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އަންނަ ޖުލައި މަހުގައި ފަތުރުވެރިކަމަށް އަލަށް ހުޅުވާލާއިރު އޮގަސްޓް / ސެޕްޓެންބަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕެންސީ ހުންނާނީ 30 ޕަސެންޓްގައި ހިފެހެއްޓިފައި ކަމަށް ރައްޔިތުންގެ މަޖިލީހަށް ލަފާކުރެވޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ކޯވިޑްގެ މިހާލަތުގައި ރައްޔިތުންނަކީ ދެ އަތް އުރާލައިގެން އެއްވެސް މަސައްކަތެއް ނުކޮށް ތިބޭނެ ބައެއް ނޫން ކަމަށެވެ. ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާއިރު އޮގަސްޓް މަހާ ސެޕްޓެންބަރ މަހު ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕަންސީ ހުންނާނީ 30 ޕަސެންޓްގައި ކަމަށް ލަފާކުރެއްވޭ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

"ޖުލައި މަހުގައި ރާއްޖެ އަށް ފަތުރުވެރިން އަންނަން ފެށީމަ މިތަނަށް (މަޖިލިސް) އަށް ލަފާކުރެވޭގޮތުގައި 30 ނޫނީ 40 ޕަސެންޓްގެ އޮކިއުޕަންސީ އެއް ހިފެހެއްޓިދާނެ، ދެން 30 އަށް ވުރެ ބޮޑު ކުރަން ވިސްނާކަށް ވެސް ނުވާނެ، އެގޮތަށް ހިފެހެއްޓިދާނެ އޮގަސްޓް ސެޕްޓެންބަރާއި ހަމަޔަށް، އެހެން ނަމަވެސް ސެޕްޓެންބަރުން ފެށިގެން އިތުރުވާނެ. އަދި އަންނައަހަރު އަޅުގަނޑު ލަފާކުރާގޮތުގައި ވަރަށް ބޮޑުތަނުން އިތުރުވާނެ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯވިޑާއި ގުޅިގެން ކުރިމަތިވެފައިމިވަނީ ވަރަށް ތަފާތު ހާލަތެެއް ކަމަށެވެ. މީގެކުރިން އިގްތިސާދީ ހީނަރު ކަމަށް ދަނީ ކުއްލިއަކަށް ނޫން ކަމަށާއި، އަރަނީވެސް އެގޮތަށް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިފަހަރު އެއް ރެއިން އަނެއް ދުވަހު މުޅިދުނިޔޭގެ އިގްތިސާދު އެކަށް ފްރީޒްކޮށްލީ، ހިފެހެއްޓީ ޕްރޮޑަކްޝަން އުފެއްދުން ހުރިހާ އެއްޗެއް އެއްފަހަރާ ހިފެހެއްޓީ އެހެންވީމަ އެއިގެ ދަމުން ދަމުން ދިޔުމެއް ނެތް." ނަޝީދު ވިދާޅުވިއެވެ.

މިއީ އުދަނގޫ ހާލަތެއް ކަމަށާއި، މިހާލަތުން އަރައިގަނެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ސުވާލަކީ ދެން އެރޭޓްގައި ވީ ކާވްގަައި އަރާނެތޯ؟ ބޮޓަމް ނުވެ އަނެއްކާވެސް އަރާނެތޯ؟ އަޅުގަނޑަށް ފެންނަ ގޮތުގައި އަރާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ދަށަށްދާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ދައުލަތުން ކޮންމެ މަހަކު މުސާރަ ދިނުމަށް ސިވިލްސާވިސްގެ މުވައްޒިފުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒިފުންނާއިއެކު 64،000 އަށްވުރެ ގިނަ މުވައްޒިފުންތިބިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މުސާރަ ދިނުމަށްކޮންމެ މަހަކު 700 މިލިޔަން ރުފިޔާ ޚަރަދުވާއިރު، މިދިޔަ މަހުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއަކީ 200 މިލިޔަން ރުފިޔާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން