ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު
ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު
ދިވެހި ވިޔަފާރިތައް ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކާ ޓެކްސް ނުދައްކާ ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި ފޮރިން އިންވެސްޓްމެންޓް ޤާނޫނު ތަންފީޒު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މޫސަ ވިދާޅުވީ، އަވަށްޓެރި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެ ޤައުމުތަކުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ނުލިބޭނަމަ، ރާއްޖޭގައި ބޭރު މީހުން މިހާރު ވިޔަފާރި ކުރަމުން ގެންދިއުމަށް ލިބިފައިވާ ފުރުސަތު ބަންދުކުރަން ޖެހޭ ކަމަށެވެ.

ޓެކްސް ނުދައްކައި، ވިޔަފާރިކުރާ ބިދޭސީންގެ ވިޔަފާރިތައް ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭކަމަށް ފާހަގަ ކުރަށްވަމުން، އޭނާ އިތުރަށް ވިދާޅުވެފައިވަނީ އިޤްތިޞާދު މިހާ ދަށްވެފައިވާ ވަގުތެއްގައި އެއްވެސް ހުއްދައެއް ނެތި ބިދޭސީން ވިޔަފާރި ކުރަމުންދާ ކަމަށެވެ. އަދި މާލެއާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ބިދޭސީން ދަނީ މިހާރުވެސް ގިނަ ވިޔަފާރިތަކެއް ކުރަމުން ކަމަށް މޫސަވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޤާނޫނުތަކަށް ބިދޭސީން އިޙްތިރާމް ނުކުރާކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ އުދުހުންތައް ހުޅުވާލުމާއެކު، ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން މާލެއަށް ދަތުރުފަށާފައި ވާ ކަމަށެވެ.

"ކޮންމެ އަގެއްގައި މަސައްކަތް ކުރަން ވިޔަސް، ލާރި ހޯދުމުގެ އުސޫލު ހުއްޓުވައި، މާލޭގެ މޭޔަރުވީ ވަޢުދު ފުއްދަންޖެހޭ." ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މާރުކޭޓާއި، ސައިހޮޓާ ރެސްޓޯރަންޓްތަކާއި، އެހެނިހެން ވިޔަފާރިތައް ޤަވާއިދަށް ފައްތަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގެ ގިނަ ފިހާރަތަކާއި ހޮޓާތަކާއި ކެފޭފަދަ ތަންތަނުގެ ކައުންޓަރު ތަކުގައިވެސް ގިނަ ޢަދަދެއްގެ ބިދޭސީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މާލޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ގިނަ ވިޔަފާރިތަކެއް ހިންގާކަމުގެ ޝަކުވާ ގިނަ ވިޔަފާރިވެރިން ގެންދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން