ރައީސް ވަހީދާއި ރައީސް މައުމޫން
ރައީސް ވަހީދާއި ރައީސް މައުމޫން
ކުރީގެ ރައީސް، ރައީސް ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް މިއަދު ހެނދުނު އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކޮށްފައިވާ މައްސަލަ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް، ޑރ. ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގެ އިރުދެކުނު ކޮޅުގައި ކަސްރަތު ކުރައްވަން ނިކުމެ އުޅުއްވަނިކޮށް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓަކު އެދެކަނބަލުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން މުހާތަބުކޮށް ފުރައްސާރަކޮށް، އެދެކަނބަލުންގެ ފަހަތްފުޅުން ހިނގާ ގޯނާކުރި ކުރުން އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން އިސްކޮށް ދަތި އުނދަގޫ ހާލަތްތަކުގައިވެސް އެކަކު އަނެކަކަށް އެހީތެރިވެދޭ ބައެއް ކަމަށެވެ. އަދި އެފަދަ މަދު ބައެއްގެ ފަރާތުން ފެންނަ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެެެއެވެ.

ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް، މިނިވަން ކަމެއް އެއްވެސް ހާލަތެއްގައި މީހަކު ނިގުޅައިގަތުމަކީ ޤާނޫނީ ކުށެއް ކަމަށާއި މިފަދަ އަމަލެއް އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން ކޮށްފި ނަމަ ޤާނޫނުތަކުގައި ބަޔާކޮށްފައިވާ ފިޔަވަޅު އަޅައި އެފަދަ އަމަލެއް ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ނަގަހައްޓާ ދަމަހައްޓައި އާންމު މަސްލަހަތުތައް ހިމާޔަތްކޮށް އިޖްތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ޖޭޕީން ކަމާއި ބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ.

ރައީސް ވަހީދަށް މިއަދު ދިން މިހަމަލާ ކުށްވެރިކޮށް ސަރުކާރުގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރްއެމުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

އަހްމަދު

16-Jun-2020

ޖޭޕީގެ ބޮޑުމީހާ އެއީ ބަޢާވާތުގެ އެންމެ ބޮޑު މޭސްތިރީ.އެހެންވީމާ ކުށްވެރި ކުރާނެތާ.



ޓްރެންޑިން