މާލެލޮކްޑައުންގެ ހާލަތުގައި ގަވާޢިދާ ޚިލާފަށް އުޅޭ މީހުންނާމެދު ފުލުހުން ދަނީ ފިޔަވަޅު އަޅަމުން (ރަސް ފޮޓޯ)
މާލެލޮކްޑައުންގެ ހާލަތުގައި ގަވާޢިދާ ޚިލާފަށް އުޅޭ މީހުންނާމެދު ފުލުހުން ދަނީ ފިޔަވަޅު އަޅަމުން (ރަސް ފޮޓޯ)
މާލޭ ސަރަޙައްދުގެ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން މިިހާތަނަށް 602 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 93 މީހަކު އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ފުލުހުން ބުނީ އިއްޔެ އެކަނިވެސް ފަސް މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ މާލެ އިން ކަމަށާއި އެކަކު ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ އިން ކަމަށް ފުލުހުން ބުނެ އެވެ.

މިހާތަނަށް މާލެ އިން އެކަނިވެސް 552 މީހުން ހައްޔަރުކޮށްފައި ވާކަމަށާއި، ހުޅުމާލެ އިން 47 މީހަކު ފުލުހުން ހައްޔަރު ކޮށްފައި ވާއިރު، ވިލިމާލެ އިން ހައްޔަރުކޮށްފައި ވަނީ ތިން މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލޭ ސަރަޙައްދުގެ ފުރަބަންދު އަމުރުތަކާއި ހިލާފުވެގެން ފުލުހުން ވަނީ މިހާތަނަށް 9211 މީހުން ޖޫރިމަނާ ކޮށްފަ އެވެ. މާލެ އިން އެކަނިވެސް 8232 މީހުން ޖޫރިމަނާ ކޮށްފައި ވާއިރު ހުޅުމާލެ އިން ޖޫރިމަނާ ކޮށްފައި ވަނީ 833 މީހުން ކަމަށް ފުލުހުން ބުނެއެވެ. އަދި ވިލިމާލެ އިން 146 މީހުން ޖޫރިމަނާ ކޮށްފައި ވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އިއްޔަ ފުލުހުން ޖޫރިމަނާ ކޮށްފައި ވަނީ 143 މީހުންނެވެ. އެއީ މާލެ އިން ޖޫރިމަނާ ކުރި 137 މީހުންނާއި ވިލިމާލެ އިން ޖޫރިމަނާ ކުރި ހަ މީހުންނެވެ. އިއްޔަ ހުޅުމާލޭން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން