ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަބަލުން އިލްހާމް ހުސައިން
ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަބަލުން އިލްހާމް ހުސައިން
ކުރީގެ ރައީސް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، މީހަކު ފުރައްސާރަ ކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

ފުލުހުން ބުނީ ރައީސް ޑރ. ވަހީދު، ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި މައްސަލައެއް ހެނދުނު 7:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާދީފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ އެމްޑީޕީގެ އެކްޓިވިސްޓު ދިން ހަމަލާ ކުށްވެރި ކުރައްވާފައެވެ.

ރައީސް ޑރ. ވަހީދަށް ދިން ހަމަލާ ކުރީގެ ރައީސް މައުމޫނާއި އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންނާއި އާންމު ރައްޔިތުން ވެސް ދަނީ ކުށްވެރި ކުރަމުންނެވެ. ރައީސް ޑރ. ވަހީދު ދެއަހަރާއި ދުވަސްކޮޅަކު ރާއްޖޭގެ ރައީސް ކަން ކުރެއްވިއެވެ. ރައީސް ވަހީދަށް ވެރިކަން ލިބިވަޑައިގަތީ ރައީސް މުހަންމަދު ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އޭރު ވަހީދު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމުގައެވެ. ވަހީދު ވެރިކަމާ ހަވާލު ވެވަޑައިގަތުމުން އެއީ ގެނައި ބޮޑު ބަޣާވާތެއްގެ ގޮތުގައި އެމްޑީޕީގެ ބައެއް ފަރާތްތަކުން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން