ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް
ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް
ކުރީގެ ރައީސް، ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް މަގުމަތިން މީހަކު ހަމަލާ ދިން މައްސަލަ ކުރީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ކުށްވެރިކުރައްވައިފިއެވެ.

ރައީސް ޑރ.މުހަންމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ދެ ކަނބަލުން ކަސްރަތުގައި އުޅުއްވަނިކޮށް އުސްފަސްގަނޑު ކައިރިން އެ ދެ ބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ގޮވައިހަމަލާދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓަކު ކަމަށެވެ. އެ ތަން އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުންނަށް ވެސް ފެންނާނެ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި، ރައީސް ޑރ. ވަހީދުގެ ދެކަނބަލުންނަށް ދިން އެހަމަލާ ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އަދި އެހަމަލާއިން ރައީސް ވަހީދުގެ ދެކަނބަލުންނަށް ގެއްލުމެއް ލިބިވަޑައިނުގަންނަވާ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވެފައިވަނީ ކަސްރަތު ނިންމަވާ ލައްވާފައި ގެއަށް ވަޑައިގަންނަވަން އުޅުއްވި ވަގުތު އަނބިކަނބަލުންނާ ވެސް ދިމާކޮށް، ހުތުރު އެއްޗެހި ކިޔަމުން ފަހަތުން ދިޔަ ކަމަށެވެ. އެކަން އެމަނިކުފާނުގެ އަރިހުގައި ތިބި އެމްއެންޑީއެފްގެ ސެކިއުރިޓީން ފުލުހުންނަށް ވެސް އެންގި ކަމުގައި ޑރ. ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޙަސަނު

16-Jun-2020

ހަމަ އެކަކުވެސް އެކަކު އަނެކަކަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން އެއްޗެތިކިޔައި ހެދުން ރަނގަޅެއްނޫން. މިއަދު ވަހީދަށް އިއްޔެ ނަޝީދަށް މާދަމާ މައުމޫނަށް އަނެއްދުވަހު އިބުރާހީމަށް މިނޫނަސް މިމުޖުތަމައިން ފެންނަނީ ތަހުޒީބުނުވާ ފޯރުންތެރި ގިނަ ބަޔަކު އުޅޭތަން. ޕާޓީއަކަށް ނިސްބަތް ކުރާކަށް ނުޖެހޭ މީ ދިވެހި މުސްލިމުން.



ޓްރެންޑިން