ރައީސް ޑރ. މުހަައްމަދު ވަހީދު ޙަސަން މަނުކު
ރައީސް ޑރ. މުހަައްމަދު ވަހީދު ޙަސަން މަނުކު
ކުރީގެ ރައީސް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، މީހަކު ދިމާކޮށް، ހަމަލާދީފައިވާ ކަމަށް ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހަންމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުންނާ އެކު ކަސްރަތުގައި އުޅުއްވަނިކޮށް އުސްފަސްގަނޑު ކައިރިން އެ ދެ ބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ގޮވީ އެމްޑީޕީގެ އެކްޓިވިސްޓަކު ކަމަށެވެ. އެ ތަން އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުންނަށް ވެސް ފެންނާނެ ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވަނީ އެ މަނިކުފާނާ ދިމާކުރި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސޭ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފުލުހުން ޓެގްކުރައްވައި އެފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެންނަވާފައެެވެ.



ރައީސް ވަހީދު ވިދާޅުވީ ކަސްރަތު ނިންމަވާފައި ގެއަށް ވަޑައިގަންނަވަން އުޅުއްވި ވަގުތު އަނބިކަނބަލުންނާ ދިމާކޮށް، ހުތުރު އެއްޗެހި ކިޔަމުން ފަހަތުން ދިޔަ ކަމަށެވެ. އެކަން އެމަނިކުފާނުގެ އަރިހުގައި ތިބި އެމްއެންޑީއެފްގެ ސެކިއުރިޓީން ފުލުހުންނަށް ވެސް އެންގި ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ރައީސް ޑރ. ވަހީދު ވެރިކަމާއި ހަވާލު ވެވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދު، 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެމްޑީޕީގެ މެންބަރުން ސިފަކުރަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށެވެ. އަދި މިބަޣާވާތުގައި އިސްކޮށް ހުންނެވީ ނަޝީދު އިސްތިއުފާ ދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނެވި ޑރ. ވަހީދު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

މޫސާ

16-Jun-2020

ހޯމް މިނިސްޓަރ ރައްޔަތުން ހިމާޔަށް ކުރުމަކީ ފުލުހުންގެ ވާޖިބެށް. ވަކަރުގޭ ކުދިން އަދިވެސް މާލޭގައި އެބަ އުޅޭ



ޓްރެންޑިން