ސިންގަޕޯ އެއާލައިންގެ ބޯޓެއް ވައިގެ ބަނދަރަކުން ނައްޓާލަނީ
ސިންގަޕޯ އެއާލައިންގެ ބޯޓެއް ވައިގެ ބަނދަރަކުން ނައްޓާލަނީ
މިހާރު ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ގިނަ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާތީ ސިންގަޕޯ އެއައިލައިންސްގެ ގިނަ ފްލައިޓްތައް ހުއްޓާލަން އެކުންފުނިން ނިންމައިފިއެވެ.

ސިންގަޕޯ އެއާލައިންސް ލިމިޓެޑާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ ރޯގާ ބަލިމަޑުކަމުގެ ސަބަބުން ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަހައްދު މުޅިން ބަންދުކޮށްފައިވާތީ އަންނަ އެޕްރީލް މަހުގެ ނިޔަލަށް އެކުންފުނީގެ އުދުހުންތަކުގެ 96 އިންސައްތަ ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. މިނިންމުމާއި ގުޅިގެން ސިންގަޕޯ އެއާލައިންގެ ފްލީޓްގައި ހިމެނޭ 147 ބޯޓުގެ ތެރެއިން 138 ބޯޓު އުދުހުން މުޅިން ހުއްޓާލާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ. މީގެތެރޭގައި އެކުންފުނީގެ އަގުހެޔޮ ދަތުރުތައް ކުރާ ސްކޫޓްގެ 49 ބޯޓުގެ ތެރެއިން 47 ބޯޓު އުދުހުން ހުއްޓާލުމަށްވެސް ވަނީ ނިންމާފައެވެ.

ކުންފުނިން ބުނީ ސިންގަޕޫރުގެ ވައިގެ ސަރަހައްދުގެ ހަރަކާތްތައް މުޅިން ހުއްޓުމަކަށް ގެނަސްފައިވާތީ އެކުންފުނީގެ ބޯޓުފަހަރުގެ ދަތުރުތައް އާންމު ހާލަތަކަށް ބަދަލުވެ ޤަވާޢިދުން ދަތުރުތައް ފެށޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން