އެކަހެރިވެ ކުރާނަމާދަށްވުރެން ޖަމާޢަތުގައި ކުރެވޭ ނަމާދުގެ ސަވާބު ހަތާވީސް (27) ގުނަ އިތުރުވެގެން ވެއެވެ. (ބުޚާރީ - މުސްލިމް)
އެކަހެރިވެ ކުރާނަމާދަށްވުރެން ޖަމާޢަތުގައި ކުރެވޭ ނަމާދުގެ ސަވާބު ހަތާވީސް (27) ގުނަ އިތުރުވެގެން ވެއެވެ. (ބުޚާރީ - މުސްލިމް)
ޢަބްދު ﷲ ބުނު އުއްމު މަކްޠޫމް ކިޔުނު ޞަޙާބީއްޔަ ބޭކަލެކެވެ. މިބޭކަލަކަށް ޢަމްރު ބުނު ޤައިސް އޭވެސް ކިޔެއެވެ. މިއީ ލޯފަން ބޭކަލެކެވެ. އެއްފަހަރެއްގައި މިކަލޭގެފާނު، ލޮބުވެތި ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މަދީނާ އަކީ ކަށިލާ ސޫފިތަކާއި މިނިކާ ޖަނަވާރު ގިނަ ތަނެކެވެ. އަދި އަޅުގަނޑު ގޮވައިގެން މިސްކިތަށް އަންނާނެ މީހަކުވެސް ނެތެވެ. އަޅުގަނޑަށް ގޭގައި (ފަރްޟު) ނަމާދު ކޮށްލުމަށް އިޒުނަފުޅު ދެއްވަފާނަންތޯއެވެ. ޢަބްދު ﷲ ގެފާނުގެ މިވާހަކަތައް އައްސަވާފައި ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވައްސައްލަމް އެކަލޭގެފާނަށް އިޖާބަ ދެއްވިއެވެ. ދެން އެއަށްފަހު، އިރުކޮޅެއްފަހުން ލޮބުވެތި ރަސޫލާ، ޢަބްދު ﷲ އަށް ގޮވާލައްވާފައި އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުން، ގޭގައި ހުންނަވާއިރު ބަންގީގެ އަޑު އިވޭތޯ އެއްސެވިއެވެ. ޢަބްދު ﷲ އާދޭހޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. އެހެން ކަމަށްވާނަމަ ބަންގިއަށް އިޖާބަދީގެން މިސްކިތަށް އަންނާށެވެ. (މުސްލިމް- ޢަބޫދާއޫދު)

*އިރުޝާދު:

1. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވައްސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ. "ކަޅު އަނދިރީގައި މިސްކިތަށް ހިނގާފައި އަންނަ މީހުންނަށް ޤިޔާމަތް ދުވަހުގައި ހުރީ އަލިގަދަ ނޫރުގެ އުފާވެރިކަމުގެ ޚަބަރު ތިޔަބައިމީހުންނަށް ހުއްޓެވެ. ( އަބޫދާއޫދު - ތިރުމިޛީ)

2. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވައްސައްލަމް ޙަދީޘްކުރެއްވިއެވެ. އެކަހެރިވެ ކުރާނަމާދަށްވުރެން ޖަމާޢަތުގައި ކުރެވޭ ނަމާދުގެ ސަވާބު ހަތާވީސް (27) ގުނަ އިތުރުވެގެން ވެއެވެ. (ބުޚާރީ - މުސްލިމް)

އެހެންނަމަވެސް، ޖަމާޢަތުގައި ނަމާދު ނުކުރެވޭ ޙާލަތުތަކެއްވެސް ވެއެވެ. އެއީ އެގައުމަކަށް، އެއަވަށަކަށް އެކަކުއަނެއްކެއްގެ ފެތުރެމުންއަންނަ ބަލިމަޑުކަމަކެއް އައިސްފިނަމަ އެމުޖުތަމަޢެއްގައި ޖަމާޢަތުގައި ނަމާދު ކުރުމެއްނެތެވެ. ޙަދީޘްތަކުން އެނގިބަޔާންވެގެވަނީ އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ނަމާދުކުރުން އޮތީ ގޭގައި އެކަރިވެހުރެއެވެ. މިކަމުގެ ތަފްޞީލް ކުރި އޮތްބައިގާ ހިމަނާލާނަމެވެ.

*************************

* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން