ޕޮކަރ ޓޭބަލްއެއް
ޕޮކަރ ޓޭބަލްއެއް
ޕިރަމިޑް ސްކީމް ހިންގައި ޕްރޮމޯޓު ކުރުމާއި އެފަދަ ސްކީމުތަކުގައި ބައިވެރިވެ ފައިސާ ހޭދަކުރުމަކީ ޖިނާއީ ކުށްތަކުގެ ތެރެއިން ކުށެކެވެ. ޕިރަމިޑް ސްކީމްތައް ހިންގާ ޕްރޮމޯޓް ކުރުން ބޭންކިން ގާނޫނުގައިވެސް ވަނީ ކުށެއް ކަމަށް ކަނޑައަޅާފައެވެ. ޕިރަމިޑް ސްކީމަކީ މާކެޓިން ނުވަތަ އިންވެސްޓުމަންޓު ނަމުގައި ފަސޭހައިން އާމްދަނީ ލިބޭނެ ކަމަށް ބުނެ ވައުދުވެ އޮޅުވާލައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކެކެވެ. މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން އެފަރާތްތަކުގެ ހަގީގީ މަގްސަދު އޮޅުވާލުމަށް ކޮންމެވެސް ކަހަލަ މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށް މީހުންނަށް ހުށަހަޅައި، އޭޖެންޓް ނެޓްވޯކެއް މެދުވެރިކޮށް މާކެޓް ކުރެވި އެ ސްކީމުގެ ތެރެއަށް މީހުން ޝައުގުވެރި ކުރުވަ އެވެ.

މީގެ ކުރިން މާލޭގައި ހިންގި މިފަދަ ސްކީމްތަކުގައި ޖުވާ އެކުލެވޭ ކަމަށް ބުނެ އެ ސްކީމްތައް ހުއްޓުވައި ފުލުހުން ބައެއް މީހުން ހައްޔަރުކޮށް ތަހުގީގުވެސް ހިންގިއެވެ. މީގެ 5 ވަރަކަށް އަހަރުކުރިން ޖުވާ ކުޅުން އެކުލެވޭ "ޖިން ރަމީ" ގޭމެއް ވައިގައި ހިފިއެވެ. އިސްލާމްދީނާއި ރާއްޖޭގައި ގާނޫނުތަކުން ޖުވާކުޅުމަކީ ހުއްދަ ކަމަކަށް ނުވާއިރު މިއަދު ދިވެހި ޒުވާނުންގެ މެދުގައި މިނުބައި އާދަ ވަރަށް ފޯރިއާއި ޖޯޝާއެކު ދަނީ ކުރިއަށެވެ.

ފޮރެކްސް ޓުރޭޑާއި، ތަފާތު އެކި މޮޅު ނަންނަމުގައެވެ. މިއަދު ދިވެހި ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ގޭމަކީ ޕޮކާއެވެ. ތާސްބައި ބޭނުންކޮށްގެން ޖުވާކުޅޭ ގޮތަށް ކުޅޭ މިގޭމްގައި އެކި އަދަދު ތަކުން ފައިސާ ހިމެނޭ ޓޭބަލް ހުންނައިރު، ކޮންމެ ޓޭބަލެއްގައި ވެސް ބައިވެރިވެވެނީ ވަކި އަދަދަކަށް ފައިސާ ބަހައްޓައިގެންނެވެ. މީހަކު ފައިސާ ޚަރަދު ކޮށްގެން ޕޮކާގައި ބައިވެރިވުމަށްފަހު އެ އެޓޭބަލެއްގައި ހިމެނޭ އެހެންމީހުންނާއެކު ތާސްބައި ކުޅެ ބަލިވެއްޖެނަމަ އެމީހާ އިންވެސްޓްކުރި ފައިސާ އިން ގެއްލުންވެ މޮޅުވާ މީހާއަށް އެ ޓޭބަލްގައި ބައިވެރިވާ އެންމެން އެފަހަރަކު ހުށައަޅާ ފައިސާ ލިބެއެވެ. އެކަކު އިންވެސްޓް ކުރާ ފައިސާ ޓޭބަލްގައި ހިމެނޭ އެހެންމީހަކަށް ލިބި އެމީހަކަށް ގެއްލުންވެއެވެ. ކުޅެނީ އޮންލައިކޮށެވެ. ފޯނާއި ޓެބްލެޓާއި އައިޕެޑް ފަދަ ޒަމާނީ ވަސީލަތަކުންނެވެ. ކުޅެނީ އެކަމަށް ޚާއްޞަ އެޕްލިކޭޝަނަކުންނެވެ.

ތެދެކެވެ. ކެސިނޯއަކަށް ނުދެއެވެ. ރާއްޖޭގައި ކެސިނޯއެއް ނުވެސް ހުރެއެވެ. ނަމަވެސް ތަފާތަކީ ހަމައެކަނި ކެސިނޯއެއް ނެތްކަމެވެ. ކެސިނޯއެއްގެ މޭޒެއް ވަށައިގެން ފުރާނަ އެޅުވި އިންސާނުން އިށީނދެ ނުތިބޭ ކަމެވެ. ނަގުދު ފައިސާ ނުގެންގުޅޭ ކަމެވެ. ވަށައިގެން "ޝަރާބުގެ" ތަފާތު ވަސްތަކާއި ރަހަތައް ނުހުންނަ ކަމެކެވެ. އެކަމަކު ފޯނުން އެ އެޕް އަޅައިލައިގެން މިހުރިހާ ކަމެއް "ވާރޗުއަލްކޮށް ހާސިލު ކުރެވެއެވެ. ފައިސާގެ މުއާމަލާތް ހިނގަނީ މިއަދުގެ އެންމެ ޒަމާނީ ގޮތަށެވެ. ބޭންކުން ބޭންކަށެވެ. އެކައުންޓުން އެކައުންޓަށެވެ.

މޮޅުކަމަކަށް ހަދައިގެން ދިވެހި ޒުވާނުންގެ މެދުގައި މިކަން ކުރަމުންދާއިރު މިއީ ޖުވާ އަށް ނުވާނެ އެއްވެސް ގޮތެއް ނުވިސްނެއެވެ. ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި "ޖުވާ" ކުޅޭގޮތަށް ޕޮކާ ކުޅެމުންދާއިރު މިކަމާ މެދު ފާރަވެރިވާން ތިބޭ ދައުލަތުގެ މުވައްސަސާތަކުން އެކަން ފެންނަ ކަމަކަށް ވެސް ނަހަދައި އެތިބީ ގަދަ ނިއްޖަކުން ނިދާފައެވެ. ފުރަބަންދުގައި ވީމާ ހުއްދަ ވަނީވެސް ކަންނޭނގެއެވެ. ހަމަ ގައިމުވެސް މިއީ ދީނީގޮތުންވެސް ގާނޫނީ ގޮތުން ވެސް ކުށެކެވެ. ގާނޫނީ ގޮތުން ކުށަކަށް އަރައިގަންނަމުންދާއިރު ދައުލަތުގެ މުވައްސަސާތަކުން އެކަން ހުއްޓުވުމަށް އަދާކުރަންޖެހޭ ޒިންމާ އެއް، އުފުލަންޖެހޭ މަސްއޫލިއްޔަތެއް ނެތްކަހަލައެވެ. ކުރުކޮށް ދަންނަވާނަމަ، އަޅާ ކަހާވެސް ނުލައެވެ. ނުވަތަ ކަހާތަން ހިރުވާވެސް ނުލައެވެ.

ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. މީގެ ކުރިން މާލޭގައި ޖުވާ ކުޅޭ ގޮތަށް ހިންގި ޕިރަމިޑް ސްކީމްތަށް ހުއްޓުވަން މަސައްކަތް ކުރިގޮތަށް ފުލުހުން މިކަން ހުއްޓުވަން މަސައްކަތް ކުރާތަނެއް ނުފެނެއެވެ. މިކަން ކުރާ މީހުން ގާނޫނީ ގޮތުން ކުށްވެރިނުވާނެ ހަމަ އެއްގޮތެއްވެސް ނުވިސްނެއެވެ. ސްމާޓް ފޯނު ގެންގުޅޭ ޒުވާނުން ސްމާޓް ކޮށް ޖުވާ ކުޅެމުންދަނީއެވެ. ހާމައަށް އެންމެންނަށް ފެންނަގޮތަށް މިކަން ކުރުމުގައި ޒުވާނުންނެކޭ އެއްގޮތަށް ސަރުކާރުގެ އެކި މަގާމުތަކުގައި އުޅުއްވާ ޒިންމާދާރު އިސްވެރިން ވެސް މި ކުޅިވަރުގައި ބައިވެރިވެ ޝާމިލުވެއެވެ.އެމީހުންގެ ބޭންކް އެކައުންޓުތަކުގައި ދައުރުވާ ފައިސާގެ އަދުދުތަކާއި އެފައިސާ ދައުރުވާ ގޮތާއި ގެންގުޅޭ ވައިބަރ ނަންބަރ ތަކުން އެކަން ކުރަނީ ކޮންބައެއްކަން ސާފުކޮށް އެ ހެރީ ފެންނާށެވެ. ފުލުހުން މިކަމުގެ ހެއްކާއި ގަރީނާ ހޯދާކަށް މާގިނަ އަދި ބޮޑެތި ގާތަކެއް ފުރޮޅައި މާ އުދަނގޫ ތަކެއް އުފުލާކަށް ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިކަންވެސް ހުއްޓުވާނީ އާންމު ބޮޑު ބަލިމަޑު ކަމަކަށްވެ ބަޔަކު ހަލާކުވެ ކަންކަން ގޯހުން ގޯހަށްގޮސް ވާނުވާގައި ތިބި ބަޔަކު "ދަރައި ވިކި ހުސްވެ" ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައީމާ ބާވައެވެ؟

އަދި ހަމަ އެންމެންވެސް އެތިބީ ކުޅިބަލާށެވެ. ބައެއް މީހުން އެކުޅިވަރުގައި ބައިވެރިވެގެން ތަޖުރިބާ ކުރަނީއެވެ. އަދި ހަމަ ގާނޫނީ ދިގު އަތް އެމީހުންނާއި ހަމަޔަކަށް ފޯރާވަރެއް ނުވެއެވެ. މިފަދަ އިސްލާމް ދީނާ ޚިލާފު ކުޅިވަރުތައް ކަމާ ބެހޭ އިދާރާތަކުން ނުހުއްޓުވާނަމަ އެދެވެނީ އަންނަން އޮތް ޖީލުތަކަށް ވަރަށް ނުބައި މެސެޖެކެވެ. އެކަން ކުރާ މީހުންނަށް އެދެވެނީ ހިތްވަރެވެ. އެހެންކަމުން ޖުވާ ހިމެނޭ މިފަދަ ކުޅިވަރުތަކުގައި ޖެހި ގައުމުގެ ޒުވާނުން އޮޔާދިޔަ ނުދެއްވައި މިކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މިވަނީ މަޖުބޫރުވެފައެވެ. ލަސް ނުކުރައްވައި ފިޔަވަޅު އަޅުއްވާށެވެ. ޒުވަން ޖީލު ސަލާމަތް ކުރައްވާށެވެ. އެއީ "ޕޮކަރ" އެވެ. އެއީ ހަމަ ޖުވާއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ީއިސްމާއިލް

11-Jun-2020

ތި ބީއެމްއެލް ގެ ވާހަކަ ނުދެއްކިއްޔާ ހެޔޮވާނީ ރައްޔިތުން ފެލާގެން އެތަކެއް ރިބާއެއް ކަމުން އެދަނީ.. ހަލާކުހުރި..


20

ޖެކު ޑެނިއަލް

10-Jun-2020

ޒަހީނުއްދީނެވެ... މަށައް ޔަގީނާ ގާތައް ކަލޯވެސް މި ކުޅެމު ނޫންހެއްޔެޗެ


16

މޯޑް

08-Jun-2020

ޕޮކާ އާއި ފޮރެކްސް ޓްރޭޑަކީ ވަރަށް ތަފާތު ދޭއްޗެއް. ފޮރެކްސްއަކީ ބޭރުފައިސާއާއި ހިއްސާ ގަނެ ވިއްކުން. އެއީ ޙަލާލު ވިޔަފާރިއެއް. އޮންލައިންކޮށް ކުރިއަސް ފިހާރައަށް ގޮސް ކުރިއަސް ހަލާލުވާނެ. ހަރާމް ހަލާލް ކަނޑައަޅާ ކަންކަމުގައި ޢިލްމު ވެރިއެއްގެ ބަހެއްވެސް ހޯދާލިނަމަ ރަގަޅުވީސް


15

😂😂😂😂😂😂😂

07-Jun-2020

ފޮރެސްޓް ޓުރޭޑާއި.....😂😂😂😂😂😂😂


22

ަަައަލީ

07-Jun-2020

ދެންލަލަލާ.އެއްކަމެއްވެސްނުވާނެ.ލިޔާނެ ހަބަރެއް ނެތިއްޔާ ތިކަން ހުައްޓާލަން ފެންނަނީ....


-1

ަަައަލީ

07-Jun-2020

ދެންލަލަލާ.އެއްކަމެއްވެސްނުވާނެ.ލިޔާނެ ހަބަރެއް ނެތިއްޔާ ތިކަން ހުައްޓާލަން ފެންނަނީ....


19

ސާމިޔާ

07-Jun-2020

ޝައްކެއް ވެސް ނެތް އެއީ ޖުވާ


23

އަބްދުއްލަޠީފު

07-Jun-2020

"ފޮރެސްޓް ޓުރޭޑާއި" ފޮރެކްސް ޓްރޭޑިންގ އިންޓަރނޭޝަނަލް ޝެއަރ މާކެޓް ގަ ޝެއަރ އޮންލައިކޮށް ގަނެ ވިއްކުމަކީ ޖުވާއެއްނޫން. ފޯކަސް އަނބުރާލަން މަސައްކަތް ކުރާއިރު ވާނުވާ އެނގިގެން އެކަން ކުރުން ރަގަޅުވާނެ. ޖުވާ ހަމަ ޔަގީނުންވެސް ޙަރާމް. ޙިއްސާ ބާޒާރުގަ ޙިއްޞާ ގަނެ ވިއްކުން ޙަރާމް އެއްނޫން. އެއީ ވާރޗުއަލް ކޮށް ކަމުގައި ވިޔަސް ނުވަތަ އެކަކު އަނެކަކަށް ފެނިގެން ކަމުގައިވިޔަސް ކުރެވެނީ އެއްކަމެއް. މިސާލަކަށް އީބޭއިން މުދާގަންނަނީ އަތްލާ ބަލާފައެއްނޫންދޯ? އެކަމަކު އެ ވިޔަފާރިވެސް ޞައްޙަދޯ? އެހެންވީމާ ޖުވާގެ ތެރެއަށް ވާރޗުއަލް ޝެއާރ މާރކެޓް ވައްދައިގެން މީހުން ވާ ނުވެއްދެވުން އެދެން.


5

ރިޒް

07-Jun-2020

ވަރަށް ރަނގަޅު ވާހަކައެއް. މީ ނޫސްވެރިކަމަކީ. ޝުކުރިއްޔާ


16

ޢަމީލު

07-Jun-2020

ބީއެމްލް އެކައުންޓަށް ތިފައިސާ ވަންނަކަން އެނގޭއިރު ކީއްވެތޯ ނުހުއްޓުވުނީޓްރެންޑިން