ޕެންޝަން ފައިސާ އޭގެ ޙައްގުވެރިންނަށް ލިބެމުން ނުދާކަމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލައި ހުށައެޅި މައްސަލަ ބޭރުކޮށްލުމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސްކަން ކުރެއްވި އަނީސާ އަހުމަދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ޕެންޝަން ފައިސާ އޭގެ ޙައްގުވެރިންނަށް ލިބެމުން ނުދާކަމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. މިއަދާ ހަމަޔަށް އެ ޤާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ޕެންޝަންގެ ޙައްގުވެރިންނަށް ލިބިދެމުން ނުދާކަމަށް ބުނެ ހުށައެޅި އެމައްސަލަ ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ ތެރެއިން 19 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެކަމާ ގުޅިގެން ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކުރީގެ ވަޒީރު ނޢޢވ އަނީސާ އަހުމަދު ވިދާޅުވީ ދައުލަތުގެ ވަޒީފާގައި މުޅި އުމުރު މަސައްކަތުގައި ހޭދަކޮށް ރިޓަޔާކޮށްފައިވާ މީހުންނާއި އެއްވަރަށް އަސާސީ ޕެންޝަން ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.



"ޕެންޝަންގެ ގާނޫނު ރިވިއު ކުރަން ހުށައެޅުމުން އެވާހަކަ ދައްކާލަން ބޭނުންނުވި މަޖިލީހަކުން ރައްޔިތުންގެ ހައްގޭ ނުކިޔުން ރަނގަޅުވާނީ.،" މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަނީސާ ވިދާޅުވިއެެެެވެ.

މޯލްޑިވްސް ނެޝެނަލް ޕާޓީގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ހުށައެޅުއްވި އެމައްސަލައިގައި ބުނެފައިވަނީ ޕެންޝަނާބެހޭ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު އަސާސީ ޕެންޝަނުގެ ގޮތުގައި ލިބެންޖެހޭ 5000 ރުފިޔާ، ޕެންޝަންގެ ހައްގުވެރިންނަށް ފުރިހަމައަށް ލިބުމަށް ހުރަސްއެޅިފައިވާކަމަށެވެ.

މީގެ އިތުރުން އެ ގާނޫނުގެ މަގްސަދަކީ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ދަށުންނާއި އުމުރުން ދުވަސްވުމުން ލިބިދޭ ޕެންޝަން ހަމަޔަށް ލިބޭނެގޮތެއް ހޯދުމަށް މަސައްކަތް ކުރުން ނަމަވެސް ފަހުން ގެނެވުނު އިސްލާހުތަކުގެ ސަބަބުން މަގްސަދުތައް ހާސިލްނުވާ ކަމަށް އެމައްސަލައިގައި ފާހަަގަކޮށްފައިވެއެވެ. މި ކަންކަމުގެ ސަބަބުން ޤާނޫނު އަލުން މުރާޖާ ކުރުމަށް މެންބަރު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން