ރޯދަ އަށް ތިބެ ދެމަފިރިން ލޯބި ކުރުން

ރޯދަ އަށް ހުރެ އަންހެނުން ގާތުގައި "އަހަރެން ތިބާ ދެކެ ވަރަށް ލޯބިވެޔޭ" ބުނެވިދާނެ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ރޯދަ އަށް ހުރެ ދެމަފިރިން ކުރެ މީހަކު އެކަކު އަނެކަކަށް އަނގައިން ލޯބީގެ ބަސްތައް ބަދަލުކޮށް ހެދުމަކީ އެންމެ ރަގަޅު ކަމެކެވެ. އެހެންނަމަވެސް، މިފަދަ ބަސްތަކުގެ ސަބަބުން ޝަހްވަތް ކެކި، މަނި ބޭރުވާ ހިސާބަށް ގޮސްފިނަމަ ހުއްދަ އެއް ނުވާނެއެވެ.

ރޯދަ އަށް ހުންނަ ވަގުތުގައި ދެމަފިރިން އެކަކު އަނެކަކަށް ބޮސްދީ ހެދުން ހުއްދަވާ ކަމުގެ ދަލީލަކީ ބުޚާރީ އާއި މުސްލިމް އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ކިބައިން ރިވާ ކުރައްވާފައިވާ އަންނަނިވި ޙަދީޘެވެ. (كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقَبِّلُ وَيُبَاشِرُ وَهُوَ صَائِمٌ وَكَانَ أَمْلَكَكُمْ لأرْبِهِ ) މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ އަށް ހުންނަވައިގެން އަނބި ކަނބަލުންނަށް ބޮސްދެއްވާ ބައްދާ ހައްދަވައެވެ. އެކަލޭގެފާނަކީ ތިޔަބައިމީހުން ކުރެ ޝަހްވަތް ކޮންޓްރޯލް ކުރުމަށް އެންމެ ވަރުގަދަ އިންސާނާއެވެ."

ޞަޙީޙް މުސްލިމް ގައި ޢަމްރު ބިން ސަލަމާގެ ކިބައިން ރިވާވެގެން ވެއެވެ. (أنه سأل رسول الله صلى الله عليه وسلم : أيقبل الصائم ؟ فقال رسول الله صلى الله عليه وسلم : " سل هذه " – لأم سلمة – فأخبرته أن رسول الله صلى الله عليه وسلم كان يصنع ذلك) އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރެއްވިއެވެ. "ރޯދަވެރިޔާ އަށް ދޮންދެވިދާނެ ހެއްޔެވެ؟" ޙަދީޘް ކުރެއްވިއެވެ. އުއްމު ސަލަމާ އާއި ސުވާލު ކުރައްވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ އަށް ހުންނަވައިގެން އަނބި އަނބި ކަބަލުންނަށް ބޮސްދެއްވާ ކަމުގައި އުއްމު ސަލަމާ ވިދާޅުވިއެވެ."

ބޮސް ދިނުމުގެ އިތުރުން ބައްދާލާ ހެދުންވެސް މައްސަލަ އެއް ނެތެވެ. އެހެންނަމަވެސް މަނި ބޭރު ނުވާނެ ކަމުގެ ޔަގީން ކަން އޮތްނަމައެވެ. މަނި ބޭރުވެއްޖެނަމަ ރޯދަ ފާސިދުވާނެއެވެ. والله أعلم

ރޯދަ އަށް ހުރެ ތުންފަތުގައި ކުލަ ޖެއްސުން

ރަމަޟާން މަހު ދުވާލު ތުންފަތުގައި ކުލަ ޖެއްސުމުން ރޯދަ ގެއްލޭނެތޯ؟ މީގެ ތެރެއިން ބައެއް އެއްޗިއްސަކީ އޭގައި ރަހައެއް ހުންނަ އެއްޗިއްސެވެ. އަނެއްބައި އެއްޗެތީގައި ރަހައެއް ނުހުރެއެވެ. އަދި ބައެއް ތަކެއްޗަކީ ހިކި އެއްޗިއްސެވެ. އަނެއްބައި ތަކެއްޗަކީ ތެތް ކޮށް ހުންނަ އެއްޗިއްސެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ހަށިގަނޑުގެ އެކި ތަންތަނުގައި ހަންގަނޑުގެ ބޭރުން ހާކާ އެއްވެސް އެއްޗަކުން ރޯދަ އަކަށް އަޘަރެއް ނުކުރާނެއެވެ. އެއީ ޒީނަތްތެރި ވުމުގެ ގޮތުން ބޭނުން ކުރާ އެއްޗަކަށް ވިޔަސް، ނުވަތަ ބޭސްވެރިކަމުގެ ގޮތުން ބޭނުން ކުރާ އެއްޗެއް ކަމަށް ވިޔަސްވެސް އެވެ. والله أعلم

ޣައިރު މުސްލިމުންނަށް ރޯދައިގެ ފިދްޔަ ދިނުން

ބަލި މީހަކު ރޯދައިގެ ބަދަލުގައި ފިދްޔަ ދޭން ޖެހޭ މީހެކެވެ. މިގޮތަށް ކާންދޭ އިރު ޣައިރު މުސްލިމަކަށް ކާންދެވިދާނެތޯ؟ ސަބަބަކީ އޭނާ ދިރިއުޅެނީ ޣައިރު މުސްލިމް ގައުމެއްގައި ކަމަށްވީތީވެއެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

މުސްލިމެއްގެ މައްޗަށް ރޯދައިގެ ފިދްޔަ ދޭން ޖެހި، އޭނާ ދިރިއުޅެނީ ޣައިރު މުސްލިމް ގައުމެއްގައި ވަނީނަމަވެސް އެގައުމުގައި ފިދްޔަ ޙައްގުވާ ވަރުގެ މުސްލިމުން ތިބިތޯ ހޮދާ ބަލަން ޖެހޭނެއެވެ. ނޫންނަމަ އޭނާ ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ތިބި ޙައްގުވެރި މުސްލިމުންނަށް ދޭނީއެވެ. والله أعلم

ރޯދަ ވިއްލާ މޭޒުމަތީގައި ކާބޯތަކެތި ގިނަވެ އިސްރާފްވާ ނަމަ ރޯދައިގެ ޘަވާބު އިނިވާނެބާ؟

ރޯދަ ވިއްލުމަށް ޓަކައި ކޮންމެހެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ކާނާ ތައްޔާރު ކުރުމުގެ ސަބަބުން ރޯދައިގެ ދަރުމަ އާއި ޘަވާބަށް އުނިކަން އަންނާނެތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ކާމޭޒު މަތީގައި އިސްރާފް ބޮޑު ވުމަކުން ރޯދައިގެ ދަރުމަ އާއި ޘަވާބަށް އުނިކަމެއް ނާންނާނެއެވެ. ރޯދައިގެ އަޅުކަމަށް ފަހު ޙަރާމް ކުރެއްވި ޢަމަލެއް ކުރުމަކުން ރޯދައިގެ ދަރުމަ އާއި ޘަވާބަށް އުނިކަމެއް ނާންނާނެއެވެ. އިސްރާފް ކުރުން ވަދެގެންދާނީ ސޫރަތުލް އަޢްރާފްގެ 31 ވަނަ އާޔަތުގެ ތެރެއަށެވެ. (وَلَا تُسْرِ‌فُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِ‌فِينَ) މާނައަކީ: " އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ." އިސްރާފް ކުރުމަކީ ހަރާމް ކަމެކެވެ. އިގްތިޞާދު ކުރުމަކީ ދިރިއުޅުމުގެ ދެބައިކުޅަ އެއްބައެވެ. ވީމާ، އިތުރުވާ ވަރަށް ތަކެތި ހުރެއްޖެނަމަ އެތަކެތިން ޞަދަގާތް ކުރުން ހުއްޓެވެ. والله أعلم


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން