ފާއިތުވެދިޔަ ރޯދަ މަހު އަޅުގަނޑު ގެ ފިރިމީހާ އާއި އަޅުގަނޑު ވަޒީފާގެ ގޮތުން ދިރިއުޅެމުން އައީ ދެރަށެއްގައެވެ. އަދި ރޯދަމަހުގެ ފަހު ދިހާގައި އަޅުގަނޑާއި އަޅުގަނޑުގެ ފރިމީހާ ދިމާވެ ދެމފިރިންނަށް ވަނީ ޖުނުބުވެރި ވިވިފައެވެ. އެހެން ކަމުން އެރޯދައާއި މެދު އަޅުގަނޑުމެން އަމަލު ކުރާނެ ގޮތަކީ ކޮބައިތޯ އެވެ؟ ތަފްސީލީ ޖާވާބެއް ދެއްވުން އެދެމެވެ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ރޯދަ އަށް ހުރިކަން ހަނދާން ނެތިގެން ނުވަތަ އޮޅިގެން ނުވަތަ ޙުކުން ނޭގުމުގެ ސަބަބުން ރަމަޟާން މަހު ދުވާލު ޖިމާޢު ވެއްޖެ މީހާގެ ޙުކުމާއި މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް އުފެދިފައިވެއެވެ.
ފުރަތަމަ ރައުޔު: ރޯދަ އަށް ހުރިކަން ހަނދާން ނެތިގެން ނުވަތަ އޮޅިގެން ނުވަތަ ޙުކުން ނޭގުމުގެ ސަބަބުން ރަމަޟާން މަހު ދުވާލު ޖިމާޢު ވެއްޖެ މީހާގެ މައްޗަށް އެއްވެސް ކައްފާރާ އެއް ވާޖިބު ވެގެން ނުވެއެވެ. މިއީ މާލިކީ، ޙަނަފީ، ޝާފިޢީ، އިސްޙާގް، އައްލައިޘް، އަލްއައުޒާޢީ، އިބްނުލް މުންޛިރު، ޙަސަން، މުޖާހިދު، އަދި ޘައުރީގެ ރައުޔެވެ. ދަލީލަކީ: ސޫރަތުލް އަޙްޒާބް ގެ 5 ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّـهُ غَفُورًا رَّحِيمًا) މާނައަކީ: " އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إن الله وضع عن أمتي الخطأ والنسيان وما استكرهوا عليه) މާނައަކީ: "މަޖްބޫރު ކުރުވައިގެންނާއި، ހަނދާން ނެތިގެން، އަދި ނޭނގިގެން ކުރެވޭ ކަންތަކަކީ މިއުއްމަތުގެ މީހުންގެ މައްޗަށް މާތް ﷲ އުފުއްލަވާފައިވާ ކަންތައްތަކެވެ."
ހުކުމްގެ ދެބާވަތެއްވެއެވެ. އެއީ:
1. ދުނިޔަވީ ޙުކުމް: ދުނިޔަވީ ޙުކުމަކީ އެކަމަކަށް އަރައިގަތުމުގެ ސަބަބުން ކައްފާރާ ދޭން ޖެހުމެވެ. ނޫންނަމަ ކުރަމުން ގެންދިޔަ އަޅުކަން ބާޠިލްވެ އަލުން އެކަންތައް ގަޟާ ކުރަން ޖެހުމެވެ.
2. އުޚްރަވީ ޙުކުމް: އުޚްރަވީ ޙުކުމަކީ އެކަމަކަށް އަރައިގަތުމުގެ ސަބަބުން އާޚިރަތުގައި ނުވަތަ ގިޔާމަތް ދުވަހުން ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާ ޢުގޫބާތެވެ.
މި ޙަދީޘްގައި "ޙުކުމް އުފުއްލަވާފަޔޭ" އޮތުމުން ދޭހަވަނީ ދުނިޔަވީ ޙުކުމް ކަމުގައިވާ ކައްފާރާވެސް މާފްވެފައިވުމެވެ.
ހަނދާން ނެތި ރޯދަ ވިއްލައިފި މީހާގެ މައްޗަށް ކައްފާރާ އެއް އަދި ގަޟާ ކުރުމެއްވެސް ނެތްކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (من أفطر في شهر رمضان ناسيا فلا قضاء عليه ولا كفارة) މާނައަކީ: "ހަނދާން ނެތިގެން ރަމަޟާން މަހު ރޯދަ ދޫކޮށްލައިފި މީހާގެ މައްޗަށް ކައްފާރާ އެއް ނެތެވެ. އަދި ފަހުން އެރޯދަ ގަޟާ ކުރުމެއްވެސް ނެތެވެ."
މި ޙަދީޘުން ދޭހަވަނީ ނޭނގިގެން ނުވަތަ ހަނދާން ނެތިގެން ރަމަޟާން މަހު ދުވާލު ޖިމާޢުވުމުގެ ސަބަބުން ރޯދަ ގެއްލުނު މީހާ ވެސް ކައްފާރަ ދޭން ނުޖެހޭނެ ކަމަށެވެ. އަދި ގަޟާ ކުރަންވެސް ނުޖެހޭނެ ކަމަށެވެ.
ދެވަނަ ރައުޔު: ރޯދަ އަށް ހުރިކަން ހަނދާން ނެތިގެން ނުވަތަ އޮޅިގެން ނުވަތަ ޙުކުން ނޭގުމުގެ ސަބަބުން ރަމަޟާން މަހު ދުވާލު ޖިމާޢު ވެއްޖެ މީހާގެ މައްޗަށް ކައްފާރާ ވާޖިބުވެގެން ވުން. މިއީ ޙަންބަލީ، ޢަޠާގެ އެއް ރިވާޔަތް، އިބްނުލް މާޖިޝޫން، އިބްނު ޢަބްދިލް މަލިކް ގެ ރައުޔެވެ. ދަލީލަކީ: އަބޫ ހުރައިރާ- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. (بينا نحن جلوس عند النبي صلى الله عليه وسلم إذا جاءه رجل فقال : يا رسول الله هلكت ، قال : ما لك ؟ قال : وقعت على امرأتي وأنا صائم ، فقال رسول الله صلى الله عليه وسلم : هل تجد رقبة تعتقها ؟ قال : لا ، قال : فهل تستطيع أن تصوم شهرين متتابعين ؟ قال : لا ، قال : فهل تجد إطعام ستين مسكينا ؟ قال : لا ، قال : فمكث النبي صلى الله عليه وسلم فبينا نحن على ذلك ، أتي النبي صلى الله عليه وسلم بعرق فيها تمر - والعرق المكتل – قال : أين السائل ؟ فقال : أنا ، قال : خذ هذا فتصدق به ، فقال الرجل : على أفقر مني يا رسول الله ؟ فوالله ما بين لابتيها - يريد الحرتين - أهل بيت أفقر من أهل بيتي ، فضحك النبي صلى الله عليه وسلم حتى بدت أنيابه ، ثم قال : أطعمه أهلك ) މާނައަކީ: "ތިމަންމެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އިށީނދެ ތިއްބާ މީހަކު އައިސް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންނާ ހަލާކު ވެއްޖެއެވެ." ޙަދީޘް ކުރެއްވިއެވެ. "ތިބާ އަށް ކިހިނެއް ވީ ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ތިމަންނާ ރޯދަ އަށް ހުރެ އަނބިމީހާ އާއި އެކު ޖިމާއު ވެއްޖައީމެވެ." ޙަދީޘް ކުރެއްވިއެވެ. "އަޅަކު މިނިވަން ކުރުމުގެ ކުޅަދާނަކަން އެބަހުރި ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ނޫނެކެވެ." ހަދީޘް ކުރެއްވިއެވެ. "ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފިދާނެ ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ނޫނެކެވެ." ޙަދީޘް ކުރެއްވިއެވެ. "ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމުގެ ކުޅަދާނަކަން އެބަހުރި ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ނޫނެކެވެ." ދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުކޮޅަކު ހަނު ހުންނެވުމަށްފަހު ކަދުރު އޮފި ކޮޅެއް ގެންނަވައި ޙަދީޘް ކުރެއްވިއެވެ. "ސުވާލު ކުރި މީހާ ކޮބައި ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ތިމަންނާއެވެ." ޙަދީޘް ކުރެއްވިއެވެ. "މިކަދުރު އޮފި ކޮޅު ހިފައިގެން ގޮސް، މިއިން ޞަދަގާތް ކުރާށެވެ." އެމީހާ ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންނާ އަށް ވުރެ ފަގީރު މީހަކަށް ހެއްޔެވެ؟ މާތް ﷲ ގަންދީ ބުނަމެވެ. ތިމަންނަގެ އަވަށުގައި ތިމަންނާގެ ގެއަށްވުރެ ފަގީރު ގެއެއް ނުވެއެވެ." އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މެދު ދެދަތްޕުޅު ފެންނަ ވަރަށް ހިނިފުޅު ވަޑުވާފައި ޙަދީޘް ކުރެއްވިއެވެ. "ތިބާގެ ގޭގެ އަހްލުވެރިންނަށް ކާންދޭށެވެ."
މިޙަދީޘް ގައި މިވަނީ ރަމަޟާން މަހު ދުވާލު އެނގިގެން ނަމަވެސް ނުވަތަ ނޭނގިނަމަވެސް، ހަނދާން ހުރެގެން ނަމަވެސް ނުވަތަ ހަނދާން ނެތިގެން ނަމަވެސް، އޮޅިގެން ނަމަވެސް ނުވަތަ ގަޞްދުގައި ނަމަވެސް، ޖިމާއު ވެއްޖެ މީހާ ކައްފާރާ ދޭން ޖެހޭނެ ކަމަށެވެ. ސަބަބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގާތަށް އައި މީހާގެ ގާތުން ތަފްޞީލު ހޯއްދަވާކަށް ނޫޅުއްވައެވެ. އެމީހާ އެކަން ކުރީ ޙުކުމް އެނގިގެންތޯ ނުވަތަ ނޫންތޯ، ހަނދާން ހުރެގެންތޯ ނުވަތަ ނޫންތޯ ސުވާލެއް ނުކުރައްވައެވެ. އެނގިގެން ކުރުމާއި ނޭނގި ކުރުމުގެ ޙުކުމް ތަފާތުނަމަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަފްޞީލު ކޮށް އެއްސެވީސް ކަން ކަށަވަރެވެ. ސަބަބަކީ ޙުކުމެއް ބަޔާން ކުރުން ވަގުތަށްވުރެ ފަސް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެމީހާ ސުވާލު ކުރުމާއި އެކު އަމުރު ކުރެއްވީ ކައްފާރާ ދިނުމަށެވެ.
އަނެއްކޮޅުން ރޯދައަކީ، ޙައްޖު ފަދައިން، ޖިމާއުވުމުން ދުރުހެލިވެގެން ހުރެ އަދާ ކުރެވޭ އަޅުކަމެކެވެ. ވީމަ، ގަޞްދުގައި ކުރުމާއި ނޭނގި ކުރުމުގެ ޙުކުމް އެއްވަރެވެ.
ރާޖިޙް ގޮތް: މިމައްސަލާގައި އަޅުގަޑަށް ބޮޑަށް ބުރަވެނީ ފުރަތަމަ ރައުޔަށެވެ. ސަބަބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ތިމަންނާ ހަލާކުވެއްޖެޔޭ ބުނެ ސުވާލު ކުރި މީހާ އަށް ޙުކުމް އެނގޭ ކަހަލަ އެވެ. ނޫންނަމަ ތިމަންނާ ހަލާކު ވެއްޖެޔޭ ބުނެ ސުވާލު ކުރާކަށް ނުޖެހުނީހެވެ. އެމީހާ އެސުވާލު ކުރުމުން ދޭހަވަނީ އެމީހާ އަށް ޙުކުމް އެނގޭ ކަމެވެ. والله أعلم
ޙައިޟުގެ ދުވަސްވަރުގައި ގެއްލިފައި ހުރި ރޯދަތައް ގަޟާ ނުކޮށް ހުއްޓާ ރޯދަ ނުހިފޭ ކަހަލަ ޙާލަތެއް މެދުވެރިވުން
ކުރީ އަހަރުތަކެއްގައި ޙައިޟުގެ ދުވަސްވަރު ރޯދަތަކެއް ވަނީ ގެއްލިފައެވެ. އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ގެއްލުނު ރޯދަތައް ގަޟާ ކުރަން ޖެހޭ ކަމެއް ކުރިޔަކުން ނޭނގެއެވެ. ނަމަވެސް މިހާރު އަޅުގަޑުގެ ޞިއްޙީ ޙާލަތު ހުރި ގޮތުން ގެއްލިފައިވާ ރޯދަތައް ހިފުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އެހެންކަމުން، ރޯދަ ހިފުމުގެ ބަދަލުގައި މިސްކީނަކަށް ކާންދިނުމުން ފުދޭނެ ހެއްޔެވެ؟ ގެއްލިފައިވާ ރޯދަތަކުގެ ޢަދަދެއްވެސް އަޅުގަޑަކަށް ނޭނގެއެވެ؟ ކާން ދިނުން އޮންނަ ގޮތަކީ ކޮބައިތޯއެވެ؟

ފުރަތަމަ:
ޙައިޟުގެ ދުވަސްވަރުގައި ގެއްލިފައި ހުންނަ ރޯދަތައް އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ގަޟާ ކުރަން ޖެހޭނެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ- ވިދާޅުވެފައިވެއެވެ. (كَانَ يُصِيبُنَا ذَلِكَ –تعني الحيض- فَنُؤْمَرُ بِقَضَاءِ الصَّوْمِ وَلا نُؤْمَرُ بِقَضَاءِ الصَّلاةِ) رواه مسلم (335) . މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައި ތިމަންމެންނަށްވެސް ޙައިޟުގެ ކަންތައް މެދުވެރިވެއެވެ. ރޯދަ ގަޟާ ކުރުމަށް އަހަރުމެންނަށް އަމުރު ކުރެއްވިއެވެ. ނަމަވެސް ނަމާދު ގަޟާ ކުރުމަށް އަމުރެއް ނުކުރައްވައެވެ."
ދެވަނަ:
ރަމަޟާން މަހުގައި ގެއްލިފައިވާ ރޯދަތައް އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ގަޟާ ކޮށް ނިންމަން ޖެހޭނެއެވެ. ޢުޛުރެއް މެދުވެރިވެގެން މެނުވީ ރޯދަ ގަޟާ ނުކޮށް ލަސްކުރުން ހުއްދަވެގެން ނުވެއެވެ.
ތިންވަނަ:
އެމީހެއްގެ މައްޗަށް ގަޟާ ރޯދަތަކެއް ހުރެމެ، ބައްޔެއްގެ ސަބަބުން ނުވަތަ ދިމާވި ޙާދިޘާ އެއްގެ ސަބަބުން ފަސޭހަވާނެ ކަމުގެ އުއްމީދު ނެތް ބައްޔެއް ޖެހިއްޖެ މީހާ ރޯދަތައް ގަޟާ ކުރުމުގެ ބަދަލުގައި ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ.
ހަތަރުވަނަ:
ގެއްލިފައިވަނީ ކިތައް ރޯދަ ތަކުގެ ޢަދަދު ނޭނގޭ ނަމަ، ޔަގީންވާ ވަރަކަށް ރޯދަ ގަޟާ ކުރާނީއެވެ. ނުވަތަ މިސްކީނަކަށް ކާންދޭނީއެވެ. والله أعلم

ކިޔުންތެރިންގެ ހިޔާލު