މެންބަރު އިލްޔާސް ލަބީބު
މެންބަރު އިލްޔާސް ލަބީބު
ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ މިފަހުން އެޕާޓީއަށް ކުރިމަތިވި އެންމެ ވަރުގަދަ ސިޔާސީ އިމްތިހާނެވެ. އެމްޑީޕީގެ އިތުރުން މުޅި ގައުމުގެ ނަޒަރު މި އިންތިޚާބަށް ހުއްޓިފައި އޮތް އިރު ޕާޓީގެ ތެރޭގައި އޮތް ސިޔާސީ ވާދަވެރިކަމުގައި އިންތިޚާބުގެ ކެމްޕޭން ކުރަމުން ގެންދާއިރު ބައެއް މެންބަރުންނަށް ވަނީ އޭނާ ހުރި ފަޅިވެސް އޮޅޭ ހިސާބަށް ކަންތައްތައް ގޮސްފައެވެ. ޕާޓީގެ ޗެއާޕަސަންގެ ގޮނޑިއަކީ ރަން ގޮނޑިކަމުގައި ނުވަތަ ރިޔާސީ ގޮނޑި ކަމުގައި ދެކި ކޮންމެ ހާލަތެއްގައި، ކޮންމެ ގޮތެއް ހަދައިގެން ވެސް އެގޮނޑި ތިމާ އަރާ ހުރި ފަޅިން ވާދަކުރާ މީހާއަށް ލިބެންޖެހޭނެ ކަމަށް ބައެއް މެންބަރުންނަށް ގަބޫލުކުރެވި ދައްކާ ވާހަކައިން ތިމާއަށް ތިމާމީ ކާކުކަން އޮޅޭ ހިސާބަށް މިހާރު މިވަނީ ކަންކަން ގޮސްފައެވެ.

ޗެއާޕާސަން އިންތިހާބުގައި ވާދަކުރަށްވާ އިމްތިޔާޒު ފަހުމީ، އިންތިގެ މުޅި ކެމްޕޭންގެ އަމާޒު މިހާރު ހިފާފައި އެވަނީ ސަރުކާރު ބަލިކަށިކޮށްލައިގެން އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ސިފަކުރެވެއެވެ. އޭނާގެ ވާދަވެރި ކެންޑިޑޭޓް ފައްޔާޒު އިސްމާއީލު ހުންނެވީ ސަރުކާރުގެ ވުޒާރާއެއްގައި ކަމަށްވާތީ އިންތިއާއި މުޅި ޓީމުގެ ފާޑުކިޔުމާއި އެންޓި ކެމްޕޭންގެ އަމާޒު ހިފާފައި އެވަނީ ސަރުކާރުގެ ނުވަތަ އެބޭފުޅުން މަޖިލީހަށް ވަޑައިގެންނެވި އެޖެންޑާ ނަވާރައިގެ ވަޢުދުތައް ސަރުކާރުން ނުފުއްދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރު ބަލިކޮށް އެމްޑީޕީއަށް 2023 އާއި ކައިރި ނުވެވޭނެހެން ދައްކާ ވާހަކަ ތަކާއި ދާދި އެއް ހަމައަކުންނެވެ. ނުވަތަ އެއަށްވުރެވެސް މާ ގޯސްކޮށް ކަމުގައި ދަންނަވަން ޖެހެއެވެ. އިންތިގެ ޓީމުގެ މޭސްތިރި ދެއްވާފައިވާ އިރުޝާދަކީ ޕާޓީއާއި ސަރުކާރު ފުނޑާލައިގެން ވިޔަސް ގޮނޑި ކާމިޔާބު ކުރުން ކަމަށް، ބެލެވޭ ހިސާބަށް މިހާރު މިވަނީ ކަންކަން ގޮސަފައެވެ.

އެމްޑީޕީ ރަމްޒުކޮށްދޭ ތިފަތުގެ ރަމްޒު ހިފައިގެން އެ ޝިއާރުގައި އިންތި މިފަހަރު ކެމްޕޭން ކުރިޔަށް ގެންދާއިރު، އެބޭފުޅުން ވާދަ އެކުރައްވަނީ އިދިކޮޅު ޕީޕީއެމްގެ ބޭފުޅަކާ ނޫނެވެ. ޕާޓީން ބޭރު އެނޫން ކޮންމެވެސް ޕާޓީއެއްގެ ބޭފުޅަކާވެސް ހަމަ ނޫނެވެ. ނަމަވެސް، ތިލަފަތުގެ ރަމްޒުކަމަށާއި ތިލަފަތް ރަމްޒުކޮށްދެނީ ހަމަހަމަކަމާއި އިންސާފު ކަމަށް ބުނަމުން އެބޭފުޅުން އެގެންދަވަނީ، ހަމަހަމަކަމެއް ނެތް އިންސާފުވެރިކަމެއް ނެތް ކެމްޕޭނެއް ކުރައްވަމުންނެވެ. މިއީ ވާދަވެރި ކެންޑިޑޭޓަކީ ސަރުކާރުގެ ވަޒީރެއްކަމަށް ވާތީ ވެގެން އުޅުއްވާ ގޮތެއްކަމަށް ވެސް ވެދާނެއެވެ. މިހެން ބުނެވިދާނެ މަދުނޫން ސަބަބުތަކެއް އެބޭފުޅުންގެ ކެމްޕޭނުގެ އަމަލުތަކުން މިދަނީ ފެންނަމުންނެވެ. ކޮންމެ ދުވަހަކު މިނިސްޓަރު ފައްޔާޒަށް ފާޑުނުކިޔާ، ނުވަތަ ކޮންމެވެސް ދޮގު ތުހުމަތެއް ނުކޮށް އެބޭފުޅުން ދޫކޮށެއް ނުލައްވައެވެ.

މައްސަލައެއް ނެތެވެ. ކެމްޕޭން ފޯރީގައި ކޮންމެވެސް ވަރަކަށް އެންޓިކެމްޕޭނެއް ނުހިނގާ ގޮސްފައި ނުހުންނަނީއެވެ. ނަމަވެސް، ހަނދާނުގައި ބަހައްޓަން ޖެހޭ އެންމެ މުހިންމު އެއްކަންތައް އިންތިގެ ޓީމުން އެވަނީ ހަނދާން ނައްތާލާފައެވެ. އެއީ، އެ އެންމެ ބޭފުޅުންވެސް އެ ތިބީ އެ ބޭފުޅުންގެ ހަލާލު ވެރިކަމެއްގެ ދައުރުގެ މެދަކާހަމައިގައި ކަމެވެ.

ތިލަފަތުގެ ރަމްޒުގެ ޓީމުން ރޭވަނީ އައްޑޫ ސިޓީގައި ޖަގަހަ ޖަލްސާއެއް ބާއްވާފައެވެ. "މަޑުގިނީގައި" އާންމުކޮށް ވާހަކަދައްކަވާ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބުގެ ވާހަކަ ރޭގައި ހުރީ އޭނާ އެގެން ގުޅޭ އާންމު މިނަކަށްވުރެ މާ ޖޯޝުގައެވެ. ރޭގެ ޖަލްސާގައި ދެއްކެވި ވާހަކައިގެ ތެރެއިން ބައެއް ވާހަކަތަކަށް ބަލާލީމާ އިލިޔާސް ލަބީބުގެ މިހާރުގެ އަސްލު ސޫރަ ކޮންމެވެސް ވަރަކަށް ސިފަވެގެން ދާނެ ކަމަށް ބެލެވެއެވެ.

"އައްޑޫ ސިޓީގައި ކޮން ކަމެއްތޯ ކުރެވުނީ. ހިނގަހިނގާ އޮތް ދެ ރިސޯޓް! ސަންގްރިއްލާ އާއި ހެރެތެރެ ބަންދު. މިއަދު ވެރިކަމަށް 4 އަހަރު މި ނިމެނީ އަދިވެސް ބަންދު. ދެން ކޯޗެއް ހިންގާ ވާހަކަތޯ. ހިންދާލި. ހިންދާލާ ވާހަކަތޯ އެދައްކަނީ. ހައިރާންވޭ އެވާހަކަ ދައްކަން ލަދުނުގަނޭ ބާއޭ ހިތަށްއަރާ. ދެން ބައްލަވާ ސީޕްލޭން. މިތަނުން ދެފަހަރު އަޅުގަނޑުމެން އެތާ އަވީގަ ބައިތިއްބާފަ އިފްތިތާހުކޮށްފި. ހުވަދޫ ރިސޯޓަށް ގެސްޓުން ގެންދާށޯ. ކޮބާ އެކަން. ކިހިނެއްވީ. އެއްކަމެއް ވެސް ނުހިންގިގެންނޭ މިއުޅެނީ." އިލްޔާސް ވިދާޅުވެފައިވެއެވެ.

"އައްޑޫގެ މަސްވެރިން މިތާ މަސްފެކްޓްރީއެއް ހަދާފައި ހަތަރުވަނަ އަހަރަށް ދާއިރު މިއުޅެނީ މަސްކޮޅު ނުވިކިގެން. ކަނޑަށް އުކަމުންދަނީ. މިއޮށް ރޯދަމަހު އަވީގަ ވާރޭގައި ބާނާހާ މަސްކޮޅު އައިސްކޮޅެއް ލައިގެން ހަފްތާއެއް ވަންދެން ދޯނީގައި ބަހައްޓައިގެން އެތިބެނީ މަސްކޮޅު ނުކިރިގެން މިއުޅެނީ. ކޮބާތަ މި މަސްފެކްޓްރީ ހިންގަން ބުނި މީހުން ކޮބާ؟ އެ ވަޒީރަކީ އިގުތިސާދީ ވަޒީރު. އިގުތިސާދީ ކޮން ކަމެއްތޯ ކުރެވުނީ؟" އިލްޔާސް ސުވާލު އުފެއްދެވިއެވެ.

"އައްޑޫ ސިޓީ އެއާޕޯޓު ތަރައްގީވާތަނެއް ކުރިއަރަމުންދާތަނެއް ނުފެނޭ. ތީ އައްޑޫގެ ރައްޔިތުން، އައްޑޫގައި ދިރިއުޅުއްވާ ބޭފުޅުން. ތިބޭފުޅުންނަށް ފެނޭތޯ އެއަރޕޯޓު ތަރައްގީ ވާތަން. މިތަނަށް ޖައްސަޖައްސާ ހުރި ބޭރުގެ ބޯޓުތައްވެސް ނުޖައްސާ މިހާރަކު. ރިޔާސީ އިންތިހާބުގައި ވީ ވައުދު، މިތަނުގައި ފަސް ރިސޯޓު ހަދާ އަށްހާސް ބެޑު ގާއިމު ކުރާ ވާހަކަ. އެއްވެސް ތަނަކަށް އެއްވެސް ބެޑެއް އިތުރުވިތަނެއް ނުފެނޭ. އައްޑޫގައި ގެސްޓުހައުސް ޒޯންތަކެއް ކަނޑައަޅާ އިއުލާނު ކުރެވި އެތައް ބަޔަކަށް ސޮއި ކުރެވި ހަމަޖެހިފައިވަނީ. މީގެ 3 އަހަރު ކުރިން ބަޖެޓުގައި 200 މިލިއަން ބަޖެޓުގައި ޖަހާފައި އަޅުގަނޑުމެން އެސްއެމްއީ ބޭންކަށް ދިނީމޭ. 200 މިލިއަން ރުފިޔާ، އެ ގެސްޓް ހައުސްތައް ބިނާ ކުރުމަށްޓަކައި. އެތާ އިމާރާތް ކޮށްފައި ވަޒީފާގެ ފުރުސަތު ހޯދަ ދިނުމަށްޓަކައި ޓޫރިސްޓުން ގެނައުމަށްޓަކައި. އެ ލާރިކޮޅުވެސް އެހެން މީސްމީހުނަށް ގާތް ރަށްޓެހިންނަށް ބަހާލާ ލޯނު ދޫކޮށް ނިންމާލީ. މިތަނުގައި ޓޫރިސްޓް ގެސްޓުހައުސްއެއް އަޅަން އުޅުނު މީހަކަށް އެއިން ލޯނެއް ނުލިބޭ." އިލްޔާސް ވިދާޅުވިއެވެ.

މިއީ މިރޭގެ ޖަލްސާގައި އިލްޔާސް ލަބީބު ވަރަށް ޖޯޝުގައި ހުންނަވާ ދެއްކެވި ވާހަކަތަކުން ބައެކެވެ. މި ވާހަކަތަކަށް ބަލާއިރު ފެންނަނީ އިދިކޮޅު ޕީޕީއެމްގެ ބޭފުޅަކު މި ސަރުކާރަށް ނިސްބަތްކޮށް ކިޔާ ޒާތުގެ ވާހަކަތަކެއް ނޫންތޯއެވެ؟ ނުހަނު ހޭލުންތެރި އައްޑޫ ސިޓީގެ ރައްޔިތުން ގާތު މިހާ ތަފުސީލުކޮށް، އެބޭފުޅާވެސް ނިސްބަތްވާ ސަރުކާރުން އައްޑޫ ސިޓީއަށް ކަމެއްކޮށް ނުދެވުނު ވާހަކަ ވިދާޅުވާއިރު އެ ވިދާޅުވެވޭ ވާހަކައާއިމެދު ވިސްނާލެއްވި ބާވައެވެ؟ މި ވާހަކަތަކުގެ ސަބަބުން ސަރުކާރަށް ދިމާވާނީ ކޮންކަހަލަ ގޮންޖެހުންތަކެއް ކަމާމެދު ވިސްނާލެއްވި ބާވައެވެ؟

ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ސަރުކާރުގެ ވަޒީރަކުވާދަކުރެއްވިއޭ ކިޔާފައި ވަޒީރޭ ވިދާޅުވަމުން ގެންގޮސް އައްޑޫ ސިޓީގައި އެއްވެސް ކަމެއް ހުރީ ނުކުރެވިއޭ ވިދާޅުވެ އަސްލެއް ނެތް ވާހަކަތަކެއް ދެއްކެވީމާ އެ ކޮށްދެވެނީ އިމްތިޔާޒު ފަހުމީއަށް ކެމްޕޭންތޯ ވިސްނާލަން ޖެހެއެވެ. ނޫނެކެވެ. ހަގީގަތުގައި މިހާރު މިފެންނަނީ ސަރުކާރު ބިތްގަޅުވާލުމަށް އިދިކޮޅު ޕީޕީއެމަށް 2023 ގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކޮށްދޭ ތަނެވެ.

އައްޑޫ ސިޓީގެ ސަރުކާރަށް ނިސްބަތްވާ ނުވަތަ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކަށް އިލިޔާސް ލަބީބު ހުންނަވައިގެން ސަރުކާރަށް ނުވެހުރި ކަމަށްބުނެ ކަންތައްތަކެއްގެ ވާހަކަ ދެއްކެވިއިރު މިހާ ދުވަހު މަޖިލީހުގައި އިންނަވައިގެން އިލިޔާސް ލަބީބު އަދާކުރެއްވި ޒިންމާއަކީ ކޮބައި ބާވައެވެ؟ ނޫނީ އޭނާ އެރަށުގައި އެބިމުގައި ހުންނަވައިގެން އެދެއްކެވީ ކިހާ ވަރެއްގެ ހަގީގަތްތަކެއް ހުރި ވާހަކަތަކެއް ހެއްޔެވެ؟

މިސަރުކާރުން މިހާތަނަށް ބަޖެޓުންނާއި ބޭރުގެ އެހީގައި އެއް އަތޮޅަކަށް އެންމެ ގިނަ ފައިސާ ޚަރަދުކޮށްފައި ވަނީ އަދި ކުރަމުން އެގެންދަނީ އައްޑޫ ސިޓީއަށްކަން އިލިޔާސް ލަބީބަށް ހަމަ އެނގިވަޑައި ނުގެންނެވީ ބާވައެވެ؟ މުޅި ރާއްޖޭގެ އިގުތިޞާދު އެތައް އަހަރެއްގެ ފަހަތަށް ޖައްސާލި ކޯވިޑްގެ ސަބަބުން ނުހުޅުވި އޮތް އައްޑޫގެ ރިސޯޓުތައް އަދިވެސް ނުހުޅުވޭ ކަމަށް އިލިޔާސް ލަބީބު ވިދާޅުވިއިރު އިލިޔާސަށް މިހެއްދެވެނީ ކަނޑައެޅިގެން އިތުރުފުޅެއްކަން އައްޑޫގެ ރައްޔިތުންނަކަށް ނޭނގޭނެ ބާވައެވެ؟ އައްޑޫ އެއާޕޯޓް ތަރައްގީ ނުކުރާ ވާހަކަ އިލިޔާސް ދެއްކެވީ ހަމަ އެ އެއާޕޯރޓަށް ވަޑައިނުގެން ކަނޑުމަގުން ރަށަށް ވަޑައިގެން ބާވައެވެ؟ އައްޑޫ އެއާޕޯޓަށް ބައިނަލްއަޤްވާމީ ފްލައިޓް ނުޖައްސާ ވާހަކަ އިލިޔާސް ދެއްކެވީ ހަމަ އެކަން ހިނގާކަން އެނގިވަޑައި ނުގެންބާވައެވެ؟ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ކުރަން ލޯނު ނުދޭ ވާހަކައާއި އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތެއް ފެނިވަޑައި ނުގަންނަވާ ކަމަށް އިލިޔާސް ލަބީބު ވިދާޅުވަންޏާ ނުވަތަ އެކަން އެނގިވަޑައި ނުގަންނަވަންޏާ އޭނާ މަޖިލީހުގައި އެއިންނަވަނީ ނިދިކުރަށްވާފައި ބާވައެވެ؟

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ނުހިނގާ ކަމަށް ހަގީގަތުގައި އެވިދާޅުވާ މަޝްރޫޢު ތަކުގެ މުގުލުގައި ތިބީ އިލިޔާސްގެ ނޫނީ އިލިޔާސްގެ ޓީމުގެ ގާތް ބޭބޭފުޅުންގެ ނޫނީ އެބޭފުޅުންނާ ގާތް ގުޅުން އޮތް ކުންފުނިތަކެއްކަން "ރަސް އޮންލައިން" އަށް ބައެއް ފަރާތްތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެވިދާޅުވާ އައްޑޫ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް މަޑުޖެހިފައި އޮތީ ނޫނީ ކުރިއަށް ނުދާވާހަކަ ވިދާޅުވިއިރު އެ ތުހުމަތު ގޮސް ހުއްޓެނީ އެމަސައްކަތުގެ ކޮންސަލްޓެންސީގެ މަސައްކަތާއި ހަވާލުވެ މަސައްކަތް ލަސްކުރަމުން ގެންދާ މަޖިލީހުގެ ނާއިބް ރައީސްގެ ފިރިކަލުންގެ ކުންފުންޏާއި ހަމައިގައި ކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ. މިހެންގޮސް އިލިޔާސް އެދެއްކެވި ވާހަކަތަކަށް އެބޭފުޅުންގެ އަތުގައި ވަރަށް ފުރިހަމަ ޖަވާބު އެބަހުރިކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ. އަދި ވަގުތާއި ހާލަތު އައިމާ އިލިޔާސަށް ވަރަށް ރީތިކޮށް އެފަރާތްތަކުން ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެ ނިންމަވާ ލެއްވި ނަމަވެސް އިލިޔާސް އެކުރެއްވީ މަގާމެއްގެ މުހުތާދުގައި ހަމަ ބުއްދިޖެހޭ މީހަކު ކުރާވަރުގެ ކަމެއް ނޫންކަން ގިނަ ބަޔަލު ގަބޫލުކުރެއެވެ.

ހަގީގަތަކީ އިލިޔާސް ލަބީބު އިދިކޮޅު ޕީޕީއެމްގެ ކޯޓެއް ނުވަތަ ފައިވާން ކޮޅެއް ތުރުކުރަށްވައިގެން ހުންނަވައިގެން އެދެއްކެވި ވާހަކަތަކުގައި ހުރި ހަގީގަތާއި ޚިލާފު ވާހަކަ ތަކުގެ ސަބަބުން އެކެމްޕޭން ކޮށްދެވެނީ އޭނާ ތާއީދު ކުރަށްވާ އިމްތިޔާޒް ފަހުމީ އަކަކަށް ނޫނެވެ. އަދި އޭނާގެ ޕާޓީއަކަށް ނުވަތަ ސަރުކާރަކަށް ވެސް ނޫނެވެ. އަދި އެ އެންޓި ކެމްޕޭން ކުރެވުނީ އޭނާގެ ކެންޑިޑޭޓާ ވާދަވެރި ފައްޔާޒަކާއި ދެކޮޅަކަށް ވެސް ނޫނެވެ. އިލިޔާސަށް މިފަހަރު ކެމްޕޭނު އެ ކޮށްދެވުނީ އިދިކޮޅު ޕީޕީއެމަށެވެ. ރައީސް ޔާމިން ވެރިކަމަށް ގެނައުމަށެވެ. އެމްޑީޕީއަށް ވެރިކަމަށް ނާދެވޭ ގޮތަށެވެ. ސަރުކާރާ އަދި އެމްޑީޕީގެ އެޖެންޑާ ނަވާރަ އާއި ވެސް މުޅިން ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ލައްބަ

24-Apr-2022

އިލްޔާސް ލަބީބު ވާހަކަ ދައްކަން ތާހިރެއްނޫން. ނުފޫޒު ފޯރުވައިގެން ސަރުކާރުގެ ހުރިހާ ކުންފުނިތަކަށް އޭނަގެ މީހުންތައް ވައްދާފަ ތިބީ. އެމް.ޕީ.އެލް ގެ ހާބަރު މާސްޓަރުގެ މަގާމަށް މާ ގާބިލު، ތަޖުރިބާ ހުރި މީހުން އެކުންފުނީގަ ތިއްބާ. އިލްޔާސް ލަބީބުގެ ބޭބެ ފާވި ގޮތެއް ބަލާދީބަލަ.


1

ާައަހުމަދު އާމިލް

21-Apr-2022

އެހެން މީހެއްގެ ނަގޫ މައްޗަށް ފައިން އަރަން އުޅޭންވެގެން އަމިއްލަ 2 ކިބަ ފޯއް ފައި ދަށައް ލައި ފިސް ކޮށް ކިއްލި ތަޅާފަައި ބެހުން ތިޔައް ކިޔަނޫ.. މި ކޮމެންޓް ޖަހާލައިބެ ގަޓެއް ހުރިއްޔާ


8

ކޮރަކަލި

21-Apr-2022

ޓިނުފެކުޓަރީން ބޮޑު ލާރިގަނޑެއް އިލިއާސް ލބީބަށް ދީގެން އުޅޭހެން ހީވަނީ


-2

މުންޖިޗޭ

21-Apr-2022

މިއީ އަނެއްކާ ޙައީއިތުގެ ކިހާ މިންވަރެއް ހިމަނައިގެން ލިޔެފައިވާ ލިޔުމެއބާއޭ ހިތަށް އަރާ!



ޓްރެންޑިން