ވީޑީއޯ ކޮންފަރެންސް ކޮށް ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން: މިއީ މިގޮތަށް ރާއްޖޭގެ ތާރިޚުގައި ބޭއްވި ފުރަތަމަ ކެބިނެޓް މީޓިންގް
ވީޑީއޯ ކޮންފަރެންސް ކޮށް ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން: މިއީ މިގޮތަށް ރާއްޖޭގެ ތާރިޚުގައި ބޭއްވި ފުރަތަމަ ކެބިނެޓް މީޓިންގް
ރާއްޖޭގައި ވަޒީރުންގެ މަޖިލީހެއް ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބާއްވައި މި ސަރުކާރުގެ ވަޒީރުންގެ މަޖިލީސްވެސް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ރައީސް އޮފީހުން ބުނީ ވިޑިއޯ ކޮންފަރެންސްކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ މިޖަލްސާގައި މަޝްވަރާ ކުރީ ކޯވިޑް-19 ގެ މިހާރުގެ ޙާލަތާގުޅޭގޮތުން ކަމަށެވެ.

މިއަދު މެންދުރުފަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ މި ޖަލްސާގައި، ކޯވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުއްވާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ލުއިދެއްވުމުގައި ޢަމަލުކުރައްވާނޭ ގޮތްތަކާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިކަމުން އަރައިގަތުމަށްޓަކައި ހުރިހާ ވުޒާރާތަކުންވެސް ރާއްވަވަމުން ގެންދަވާ ކަންތައްތަކާއި ޤައުމު އާރާސްތު ކުރުމަށް އިތުރަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުންވެސް މެންބަރުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ބަލި ދުނިޔޭގައި ފެތުރެން ފެށި ހިސާބުން ދިވެހިރާއްޖޭގައި މި ބަލި ފެތުރުން ކުޑަކުރެއްވުމާއެކު ފަންނީ މާހިރުންގެ ލަފާގެމަތިން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ޙިކުމަތްތެރި ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި ކޯވިޑް-19 އިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށް އެކި ވުޒާރާތަކުން ގުޅިގެން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިއަދުގެ ބައްދަލު ވުމުގައި މަޝްވަރާކޮށް ނިންމެވީ ކޮންކޮން ސިޔާސަތުތަކެއް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން