ޒަޚަމްވެފައިވާ ބިދޭސީ މީހާ:ގުރައިދޫ ބިދޭސީ މީހާގެ މަރާ އޭނާ އާއި ގުޅުމެއްވާ ކަމަށް ރައްޔިތުން ތުހުމަތުކުރޭ
ޒަޚަމްވެފައިވާ ބިދޭސީ މީހާ:ގުރައިދޫ ބިދޭސީ މީހާގެ މަރާ އޭނާ އާއި ގުޅުމެއްވާ ކަމަށް ރައްޔިތުން ތުހުމަތުކުރޭ
ތ. ގުރައިދޫގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ބަންގްލަދޭޝްގެ މީހަކު މަރާލި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގުރައިދޫގައި ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނީ، އެރަށުގައި ދަނޑުވެރިކަން ކުރަން އުޅޭ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އޭނާގެ ކަރަށާއި ބަނޑަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ސައިޓުގެ ކުރިމަތީގައި ހުރި އެހެން ސައިޓެއްގެ ތެރެއިންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ.

އެމަރާއި ގުޅިގެން އެރަށުގައި ބިދޭސީން އުޅޭ ތަންތަން ހޯދަމުން ދަނިކޮށް، ޒަޚަމްވެފައިވާ އިތުރު ބިދޭސީއަކު ފުލުހުންނަށް ވަނީ ފެނިފައެވެ. ޒަހަމް ވެފައިވާ ބިދޭސީ މީހާ ޑޮކްޓަރަށް ދެއްކުމަށް އޭނާ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެމަރާ އޭނާ އާއި ގުޅުމެއްވާ ކަމަށް އެރަށު ރައްޔިތުން ތުހުމަތުކުރެއެވެ. އޭނާ އަށް ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ވަނީ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ބަންގްލަދޭޝް އެހެން މީހަކު މެދުވެރިވެގެން ފުލުހުން ވަނީ އޭނާގެ ބަޔާން ނަގާފައެވެ. އެހެން ނަމަވެސް ފުލުހުންގެ ބަހެއް މިކަމާ ގުޅިގެން ލިބިފައެއް ނުވެއެވެ. މިމަރާ ގުޅިގެން ފުލުހުން އެއްވެސް މައުލޫމާތެއް އަދި ހިއްސާއެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން