ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން މިއަދު ހަދިޔާކުރި ތަކެއްޗާ ހާރިޖީ ވަޒީރު ހަވާލެވަޑައިގަންނަވަނީ
ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން މިއަދު ހަދިޔާކުރި ތަކެއްޗާ ހާރިޖީ ވަޒީރު ހަވާލެވަޑައިގަންނަވަނީ
ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަކަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން، ސީމެކް ކުންފުނިން އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުން ބޭނުންކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) ކުންފުނިން ޕީޕީއީ އާއި އެހެން ބައެއް ސާމާނު ހަދިޔާކޮށްފައިވާ ކަމަށެވެ.

ސީމެކުން މިތަކެތި ހަދިޔާކޮށްފައި ވަނީ ފޮރިން މިނިސްޓްރީއާއި، ޖެންޑާ މިނިސްޓްރީއާއި ކަސްޓަމްސް އަދި އިމިގްރޭޝަނަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިތަކެތި ސީމެކް ކުންފުނީގެ ފަރާތުން ހަވާލު ކޮށްދެއްވީ ރާއްޖޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ލިއު ޝިއައޯޑާއެވެ.

ސީމެކުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕީޕީއީ، ފޭސް މާސްކް، ގޮގްލްސްއެވެ. މީގެ އިތުރުން ކޯވިޑް19ގެ ސަބަބުން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ބޭނުންވާ ބައެއް ސާމާނުވެސް އަންނަ ހަފްތާތެރޭ ސީމެކުން ރާއްޖެ ގެނެސް، ޖެންޑާ މިނިސްޓްރީއާއި ހަވާލުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޯވިޑް-19 އާއި ގުޅިގެން ޗައިނާގެ އެކި ކުންފުނިތަކުން އަންނަނީ ރާއްޖެ އަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރަމުން އަންނަ ކަރަންޓީން ފެސިލިޓީތަކަށް ވެސް ޗައިނާގެ އެކި ކުންފުނިތަކުން އަންނަނީ އަމަލީ ގޮތުންނާއި މާލީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން