ރާއްޖޭގެރީތި ރިސޯޓެއް- ކޮރޯނާވައިރަހާއި ގުޅިގެން ހުއްޓިފައިވާ ފަތުރުވެރިކަން އަލުން ފަށާނީ ސޭފް ޓޫރިޒަމް ކޮންސެޕްޓްގައި
ރާއްޖޭގެރީތި ރިސޯޓެއް- ކޮރޯނާވައިރަހާއި ގުޅިގެން ހުއްޓިފައިވާ ފަތުރުވެރިކަން އަލުން ފަށާނީ ސޭފް ޓޫރިޒަމް ކޮންސެޕްޓްގައި
ރާއްޖޭޭގެ ފަތުރުވެރިކަން އަލުން ފެށުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލި ޑްރާފްޓު އެކުލަވާލުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އާ މަޝްވަރާ ކޮށްފައިނުވާ ކަމަށް އެ ޖަމްއިއްޔާ އިން ބުނެފި އެވެ.

 އެ ޖަމްއިއްޔާ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ، ކޯވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޓޫރިޒަމް ދާއިރާ އަށް ކަމަށާއި މާލީ ގޮތުންވެސް އަދި އިންސާނީ ވަސީލަތްތަކުގެ ގޮތުން ބެލިނަމަވެސް، އެ ދާއިރާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުންގެ ތެރޭގައި ހިމެނޭ މަޓާޓޯ އިން ބުނީ މޯލްޑިވްސް ސޭވިން ޓުއަރިޒަމް ގައިޑްލައިން ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލި ޑްރާފްޓު އެކުލަވާލުމުގައި އެ ޖަމްއިއްޔާގެ ބަހެއް ހޯދާފައި ނުވާ ކަމަށާއި، ޑްރާފްޓު އެކުލަވާލުމަށްފަހު އެއަށް ކޮމެންޓް ކުރަން ޓޫރިޒަމް މިނިސްޓްރީ އިން އެދިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މަޓާޓޯގެ ބަޔާނުގައި ބުނެފައިވަނީ ޓޫރިޒަމްގެ އެސްއޯޕީ އަށް ކޮމެންޓު ކުރުމަށް މަޓާޓޯގެ ޕާޓްނަރުންނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ޓޫރިޒަމް އަލުން ފެށުމާ ގުޅޭ ގައިޑްލައިން އަށް ސްޓޭކް ހޯލްޑަރުންގެ ހިޔާލު ހުށަހަޅަން ހުޅުވާލާފައިވާތީ އެކަން ބަލައިގަންނަ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މި ގައިޑްލައިން ގައި ބުނާ ކަންތައްތަކާމެދު ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އެބަހުރި ކަމަށް ވެސް އެ ޖަމްއިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މަޓާޓޯ އިން ނެރުނު ބަޔާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ފަހުރުވެރި މާޒީގައި، ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ދިވެހިން ގެންގުޅުނު ގޮތް ދޫކޮށްނުލުމަށްވެސް ގޮވާލައިފައި ވެއެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށް ސަރުކާރުން ކުރާ މަސައްކަތް އެ ޖަމްއިއްޔާ އިން ފާހަގަކުރާ ކަމަށް މަޓާޓޯގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސޭފް ޓޫރިޒަމްގެ ދަށުން ރިސޯޓު ހިންގަން 50000 ޑޮލަރުގެ ލައިސަންސެއް ނަގަން ޖެހޭގޮތަށް އެ އުސޫލުގެ ޑްރާފްޓް އެކުލަވާލައި ސަރުކާރުން މިހާރު ވަނީ އާންމުކޮށްފަައެވެ. ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ސޭފް ޓޫރިޒަމް އުސޫލުގެ ޑްރާފްޓުގައިވާ ގޮތުން ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ކޯވިޑް-19 އަށް ޓެސްޓް ކުރާނެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން މަދުވެގެން 14 ދުވަހު ރާއްޖޭގައި ތިބެންޖެހޭނެއެވެ.

މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވާ ގޮތުން ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަންޏެވެ. އަދި ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައި ވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުންނެވެ. ސޭފް ޓޫރިޒަމްގެ އުސޫލާއި ދެކޮޅު ހަދައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުންނާއި ސިޔާސީ ބައެއް ބޭފުޅުން އަންނަނީ ފާޑުވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން