ކޯވިޑް-19 ގެ ވެކްސިންގެ ރޭހުގައި ސައިންސްވެރިން ދަނީ 100 އަށްވުރެ ގިނަ ވެކްސިންގ ޓެސްޓް ކޮށް ތަހުލީލު ކުރަމުން
ކޯވިޑް-19 ގެ ވެކްސިންގެ ރޭހުގައި ސައިންސްވެރިން ދަނީ 100 އަށްވުރެ ގިނަ ވެކްސިންގ ޓެސްޓް ކޮށް ތަހުލީލު ކުރަމުން
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއިން ތަހުލީލުކުރަމުންދާ ކޯވިޑް-19ގެ ވެކްސިން ރާމާމަކުނަށް ދީގެން ބަލިން ރައްކާތެރިކަން ލިބޭކަން ހާމަވެއްޖެއެވެ.

"ޗެޑްއޮކްސްވަން އެންކޮވް-19" ގެ ނަމުގައި އުފައްދާ މި ވެކްސިނުން ކޯވިޑް-19 އިން ރައްކާތެރިކަން ހޯދައިދޭތޯ ބެލުމަށްޓަކައި އިންސާނުން ހިމަނައިގެންވެސް ދަނީ ތަހުލީލުތައް ކުރަމުންނެވެ. އިންސާނުން ބޭނުންކޮށްގެން ކުރަމުން ގެންދާ ތަހުލީލު ތަކުގައި 1000 އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ.

ރީސަސް މަކާކް އާއިލާގެ 6 ރާމާމަކުނު ހިމަނައިގެން ހެދި މި ތަހުލީލުގެ ހޯދުންތައް ޝާއިއުކޮށްފައިވަނީ ބަޔޯއާރްވިކްސް ރިޕޮސިޓަރީގައެވެ. ރީސަސް މަކާކް ރާމާމަކުނަކީ އިންސާނުންގެ ހަށިގަނޑުގައި ބޭހެއް މަސައްކަތްކުރާނެ ގޮތުގެ އަންދާޒާއެއް ހޯދުމަށް ބޭނުންކުރެވޭ ޕްރޮކްސީއެއްކަމުގައި ވީނަމަވެސް، މި ތަހުލީލުތަކުގެ ނަތީޖާއިން އިންސާނުންގެ ހަށިގަނޑަށް ވެކްސިނުން ކުރާނެ އަސަރުތައް ޔަގީންނުކުރެވޭނެކަމަށް ގްރޭޓް އަންދްރާގައިވަނީ ރިޕޯޓުކޮށްފައެވެ.
މި ދިރާސާއިން ދައްކާފައިވާ ގޮތުގައި ކޯވިޑް-19 އަށް ހުށައެޅުނު ރާމާމަކުނުތަކުގެ ތެރެއިން ވެކްސިންދީފައިނުވާ ރާމާމަކުނުތަކަށްވުރެ ވެކްސިން ދީފައިވާ ރާމާމަކުނުތަކުގެ ފުއްޕާމެއާއި ނޭވާލާ ނިޒާމުގައި ވައިރަހުގެ އަސަރު ހުރި މިންވަރު ކުޑައެވެ. އަދި ދިރާސާއިން އެނގޭކަމަކީ ރީސަސް މަކާކް ރާމާމަކުނުގައި ނިއުމޯނިއާގެ އަލާމާތްތައް އުފެދުމުން ވައިރަހުން ރައްކާތެރިކޮށްދޭކަމެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތް، އެންއައިއެޗްގެ ދިރާސާވެރިންނާއި އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާވެރިން ގުޅިގެން މި ތަހުލީލުތައް ހިންގާފައިވަނީ އެމެރިކާގައި ކަމަށް ބީބީސީއިން ވަނީ ރިޕޯޓުކޮށްފައެވެ.
ޗެޑްއޮކްސްވަން އެންކޮވް-19 ވެކްސިން ދެނެގަނެފައިވަނީ އޮކްސްފޯޑް ވެކްސިން ގްރޫޕް އަދި އޮކްސްފޯޑްގެ ޖެނަރ އިންސްޓިޓިއުޓްގެ ދިރާސާވެރިންނެވެ. މި ވެކްސިން އުފައްދާފައިވަނީ އެޑިނޯވައިރަސް ވެކްސިން ވެކްޓަރއަކާއި، ސާރސް-ކޮވް-2 ގެ ސްޕައިކް ޕްރޮޓީންއަށް ރިއާޔަތްކޮށްގެނެވެ. މި ވެކްސިން އިންސާނުންނަށް ދީގެން ސައިންސްވެރިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ކޯވިޑް-19 ވައިރަހުގެ ސްޕައިކް ޕްރޮޓީން ހަށިގަނޑުން ދެނެގަނެ، ވައިރަހުން ރައްކާތެރިވުމަށް ދިފާއީ ނިޒާމު ހޭލުންތެރިކުރުވުމުގެ އިތުރުން، ސެލްތަކުގެ ތެރެއަށް ވައިރަސް ވަނަނުދީ ހުއްޓުވުމެވެ.
100 އަށް ވުރެ ގިނަ ވެކްސިން ތައްޔާރީ އަދި ތަހުލީލީ މަރުހަލާތަކުގައި މިވަގުތު ހުރިއިރު، އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާވެރިން މިހާރު އަންނަނީ އިންސާނުން ބޭނުންކޮށްގެން ވެކްސިންގެ ތަޖުރިބާތައް ކުރަމުންނެވެ. އެމީހުންގެ އުންމީދަކީ މިހާރު ތަހުލުގައި ބޭނުން ކުރަމުންދާ މީހުންގެ ފަރާތުން ރަނގަޅު ނަތީޖާތަކެއް ފެނި ވެކްސިންގެ އިތުރު ޓެސްޓުތައް ގިނަ އަދަދެއްގެ ބަޔަކު ބޭނުންކޮށްގެން ކުރުމުގެ ފުރުސަތު ލިބުމެވެ.

ދުނިޔެއިން 4.58 މިލިއަނަށްވުރެ ގިނަ މީހުންނަށް މިހާރު ޖެހިފައިވާ ކޯވިޑް-19ގައި 305،790 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު