ރާއްޖޭގެ ރިީީީީީިިިީތި ރިސޯޓެއް- ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ މުޅިން ހުއްޓިފައި. ނަމަވެސް ކަރަންޓީންވާންވެސް ފަތުރުވެރިން ރާއްޖެއަންނަން އެދޭ
ރާއްޖޭގެ ރިީީީީީިިިީތި ރިސޯޓެއް- ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ މުޅިން ހުއްޓިފައި. ނަމަވެސް ކަރަންޓީންވާންވެސް ފަތުރުވެރިން ރާއްޖެއަންނަން އެދޭ
ދިވެހިރާއްޖެ އައިސް، ރާއްޖޭގައި ކަރަންޓީނު ވެގެން ތިބުމަށްވެސް ބައެއް ފަތުރުވެރިން އެދެމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ، ރާއްޖެއަށް އަންނަން ބޭނުންވެގެން ޓުއަރިސްޓުން މިހާރުވެސް އެދެމުންދާ ކަމަށާއި، ރާއްޖެ އައިސް ރާއްޖޭގައި ކަރަންޓީނު ވުމަށް ބޭނުންވެގެންވެސް ޓުއަރިސްޓުން އެދެމުންދާ ކަމަށެވެ.

"ރާއްޖެއަށް މިއަދުވެސް ޓޫރިސްޓުން އަންނަން ބޭނުންވޭ. އަރަބި ގައުމުތަކުން 2000 އެއްހާ މީހުން އަންނަން. ހަ މަސް ދުވަހު ތިބެން ވިޔަސް އަންނަން ބޭނުންވޭ. ޕްރައިވެޓް ޖެޓްގައި ވެސް. އެހެންވީމަ ބޯޑަރު ހުޅުވާލުމުން ވެސް ޓޫރިސްޓުން އަންނާނެ ކަމާއި މެދު ޝައްކެއް ނުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

އަދި އުންމީދަކީ އަންނަ ޖުލައި ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓުއަރިޒަމް އަލުން ފެށުންކަމަށާއި، މިކަމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

"ﷲ އިރާދަފުޅުން އެންމެން ގުޅިގެން ރާއްޖޭގެ ޓުއަރިޒަމް އަލުން ކޮޅަށް ޖަހާނަން." ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޤަވާޢިދުތައް އިސްލާޙުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި، އަލުން ޓުއަރިޒަމް ފަށައިގަންނައިރު އެންމެ ފުރަތަމަ ފަތުރުވެރިޔާ އަންނަ ދުވަހު "ޓުއަރިޒަމް އެމްޕްލޯއީސް އެޕްލިކޭޝަން" ވެސް ލޯންޗު ކުރާނެ ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

މިހާލަތުން އަރައިގަތުމުގައި އެންމެ މުހިންމީ އެއްބައިވަންތަކަން ކަމުގައި ޢަލީ ވަޙީދު ވިދާޅުވިއެވެ.

އަދި މިއީ ރިޒޯޓްތަކުގެ ސްޓޭންޑާރޑް ރަނގަޅުކޮށް އަދި ޓުއަރިޒަމް އިންޑަސްޓްރީ އިތުރަށް ހަރުދަނާ ކުރުމަަށް ލިބޭ ފުރުޞަތެއްކަމަށް ބެލުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން