މިނިސްޓަރ އަލީ ވަހީދާއި އިމްރާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މިނިސްޓަރ އަލީ ވަހީދާއި އިމްރާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންނާއި އެހެނިހެން ސަބަބުތަކާހުރެ ރަށްރަށަށް ދިއުމަށް ފަސްހާސް މީހުން އެދިފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަޙީދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ލިބިފައިވާ ރިޕޯޓުތަކަށް ބަލާއިރު 5000 ވަރަކަށް ދިވެހި ރައްޔިތުން މާލެއިން ފުރައިގެން ރަށް ރަށަށް ދިއުމަށް އެދިފައިވީ ނަމަވެސް މާލޭގައި ބަލީގެ ހާލަތު މިވަގުތު އޮތް ގޮތުން މާލެއިން ފުރައިގެން ރަށް ރަށަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންނަަމަވެސް ޒަރޫރީ ހާލަތްތަކެއް ދިމާވެފައިވާ އެތަކެއް ރައްޔިތުން ތިބީތީވެ މި ކަން ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

5000 އަކީ ގިނަ ޢަދަދެއްކަން ފާހަގަ ކުރަށްވައި އަލީ ވަހީދު ވިދާޅުވީ ކަރަންޓީން ފެސިލިޓީ ތަކުގައި މެނޭޖު ކުރެވޭ ވަރަކުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، އަތޮޅު ތެރެއިން މާލެއަށް އައި މީހުންނަށް ލޮކްޑައުންގެ ސަބަބުން ރަށަށް ދިއުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު ކުރިއަށް އޮތީ ނުރައްކާތެރި ދުވަސްތަކަކަށްވާތީ މިދަނޑިވަޅުގައި އެމީހުން ރަށްރަށަށް ފޮނުވުމަކީ ރަށްތަކަށް ބަލި ފެތުރިދާނެ ކަމެއްކަމަށެވެ.

މީގެ ކުރިން ރަށްރަށުގައި މީހުން ކަރަންޓީން ކުރުމަށް ނިންމި ނިންމުން ބަދަލުކުރީ ވެސް އެސަބަބަށްޓަކާ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މީހުން ރަށްރަށަށް ފޮނުވުމުގައި ހާއްސަ ސަމާލުކަމެއް ދެނީ އޭޕްރީލް 1 ގެ ފަހުން މާލެ އައި މީހުންނަށް ކަމަށެވެ.

ކަރަންޓީން ކުރުމަށް ފަހު މީހުން ރަށްރަަށަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށާއި ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމަށް ކަރަންޓީން ފެސިލިޓީތަކުގެ ޖާގަ އިތުރު ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެއިން 500 ކޮޓަރި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަން ދޭނެ ތަރުތީބާއި އުސޫލު ޖެންޑާ މިނިސްޓްރީން ވަނީ އާންމު ކޮށްފައެވެ.

އެގޮތުން ރަށްރަށައް ދާން ބޭނުންވެގެން 300 އަށްވުރެ ގިނަ މީހުން މިހާރުވެސް ކަރަންޓީން ފުރިހަމަ ކުރަމުންދާ ކަމަށް އެންއީއޯސީން ރޭ ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން