ޓްްރޭސްއެކީ އެޕްލިކޭޝަން
ޓްްރޭސްއެކީ އެޕްލިކޭޝަން
ކޯވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ތައާރަފުކުރި ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަން "ޓްރޭސްއެކީ"ގެ އައިއޯއެސް ވަރޝަން ތައާރަފުކޮށްފިއެވެ.

މި އެޕްލިކޭޝަން ލޯންޗުކުރީ، ހަމައެކަނި އެންޑްރޮއިޑް ވަރޝަނާ އެކީގައެވެ. މި އެޕްލިކޭޝަންގެ އައިއޯއެސް ވާސަން ތައާރަފު ކުރުމާއެކު މިހާރު މި އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

އެޗްޕީއޭއިން ބުނީ "ޓްރޭސްއެކީ" އަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އެމީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން ދުރާލާ ދެނެގަތުމަށް ހަދާފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.

ޓްރޭސްއެކީ އިން ބްލޫޓޫތް މެދުވެރިކޮށް ޓްރޭސްއެކީ ބޭނުންކުރާ އެހެން މީހުންނާ ދިމާވެފައިވާނަމަ އެ މައުލޫމާތު ފޯނުގައި ރައްކާކުރާނެއެވެ. އަދި އެމީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އެޗްޕީއޭއަށް މި މައުލޫމާތު ހުށަހެޅުމުން، އެމީހަކާއި ގާތުން ކޮންޓެކްޓް ވެފައިވާ މީހުންގެ ފޯނު ނަންބަރުތައް ކޮންޓެކްޓް ޓްރޭސިންގައި ބޭނުންކުރުމަށް އެޗްޕީއޭއަށް ލިބޭނެއެވެ.

މީގެ ކުރިން އެޗްޕީއޭއިން ވަނީ ކޯވިޑް-19 އާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ވައިބާ ބޮޓެއްވެސް ތައާރަފުކޮށްފައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައިވެސް އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަސޭހަކުރުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަންތައް ބޭނުންކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން