ނީތީ މޯހަން އަދި ނިހާރް ޕާންޑިޔާ، އެމީހުންގެ ދަރިފުޅާއެކު.
ނީތީ މޯހަން އަދި ނިހާރް ޕާންޑިޔާ، އެމީހުންގެ ދަރިފުޅާއެކު.
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނީތީ މޯހަން އަދި ފިލްމީތަރި ނިހާރް ޕާންޑިޔާގެ ދަރިފުޅު އާންމުންނަށް ދައްކާލައިފިއެވެ.

މިހިނގާ ޖޫންމަހުގެ ދެވަނަ ދުވަހު ވިހެއި ނީތީ މޯހަނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. އަދި މިދެތަރިންގެ ފުރަތަމަ ދަރިފުޅުގެ ފޮޓޯ އާންމުކޮށްފައިވަނީ އިންސްޓްގްރާމް މެދުވެރިކޮށް އިއްޔެގެ ވަގުތެެއްގައެވެ. ފޮޓޯއާއެކު ދަރިފުޅަށް ކިޔާނަންވެސް އާންމުކޮށްފައިވެއެވެ. މިގޮތުން ފޮޓޯގެ ކެޕްޝަނުން، މިދެތަރިންގެ ދަރިފުޅަށް ކިޔަނީ އަރްޔަވީރްކަން ހާމަވެގެންގޮސްފައިވެއެވެ.

2012 ވަނަ އަހަރުގެ ހިންދީ ލަވަ "އިޝްގް ވާލާ ލަވް" އިން އާންމުންގެ މަގުބޫލުކަން ލިބިގެން ދިޔަ ނީތީ މޯހަންގެ ރީތި އެތައް ލަވަތަކެއް މިހާތަނަށް ވަނީ ރިލީޒްކޮށްފައެވެ. ނީތީ މޯހަން އަދި ފިލްމީތަރި ނިހާރް ޕާންޑިޔާ ކައިވެނި ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ނިހާރް ޕާންޑިޔާގެ ދެ ފިލްމެއް މިހާތަނަށް ރިލީޒް ކުރެވިފައިވާއިރު، އޭނާ ބޮޑަށް މަޝްހޫރު ވެގެން ދިޔައީ އިންޑިޔާގެ މަޝްހޫރު ތަރިންތަކަކާއިއެކު ލޯބީގެގޮތުން ގުޅިފައިވާތީކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން