(ކ)ރެނީ ސެން ކުޅެފައިވާ ކުރުފިލްމު ސުއްޓާބާޒީގެ ޕޯސްޓަރަކާއި، (ވ) އޭނާގެ މަންމަ، ސުޝްމިތާ އާއެކު.
(ކ)ރެނީ ސެން ކުޅެފައިވާ ކުރުފިލްމު ސުއްޓާބާޒީގެ ޕޯސްޓަރަކާއި، (ވ) އޭނާގެ މަންމަ، ސުޝްމިތާ އާއެކު.
އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސުޝްމިތާ ސެންގެ ދޮށީދަރިފުޅު، ރެނީ ސެން ބޭނުންވަނީ ފުލްޓައިމް އެކްޓްރެސްއަކަށްވާންކަމަށް ބުނެފިއެވެ.

ރެނީ ސެން ފުލްޓައިމް އެކްޓްރެސްއަކަށްވާން ބޭނުންވާކަމަށް ހާމަކޮށްފައިވާއިރު އޭނާ ވަނީ ކުރުފިލްމް ސުއްޓާބާޒީ އިން ފިލްމީ ދާއިރާއަށް ސަލާން ގޮވާލާފައެވެ. އަދި ސުއްޓާބާޒީގައި އޭނާ ކުޅެފައިވާ ރޯލަށް އެތައްބައެއްގެ ތަރުހީބު ލިބިފައިވެއެވެ.

"ސްކްރީނުން އަހަރެންގެ ހުނަރު ބަލާލަން ލިބިއްޖެ. މިއީ ދެކެމުންއައި ވަރަށަ ބޮޑު ހުވަފެނެެއް. ވަރަށް އުފާވެރި ތަޖުރިބާއެއްމީ. އަހަރެންގެ އެކްޓިންނާމެދު ފާޅުކުރާ ކޮންމެ ކަހަލަ ހިޔާލެއްވެސް އަހަރެން ގަބޫލުކުރާނަން. އަދި އުމުރުން 21 އަހަރު ވީއިރު ކުރެވުނު އެންމެ ކާމިޔާބު އެންމެ އުފާވެރި ތަޖުރިބާ މިއީ." ރެނީ ސެން ބުނެފައިވެއެވެ.

ކުރުފިލްމް ސުއްޓާބާޒީ ރިލީޒްކޮށްފައިވަނީ ބަންޑްރާ ފިލްމްފެސްޓިވަލުގައެވެ. މިފިލްމަށް ލިބުނު ތަރުހީބާއެކު ރެނީ ވަނީ ފުލްޓައިމް އެކްޓްރެސްއަކަށްވާން ބޭނުންވާކަމަށާއި، އެކަމަށް މަސައްކަތްކުރާނެކަމަށް ބުނެފައެވެ.

އަދި ކައިވެންޏެއް ކޮށްފައިނުވާ ސުޝްމިތާ ސެންގެ ދެކުދިން ތިބެއެވެ. އަދި މިދެކުދިންނަކީވެސް އެޑޮޕްޓްކޮށްގެން ނުވަތަ ގާނޫނީ ބެލެނިވެރިކަން ހޯދައިގެން ބަލާ ދެކުދިންނެވެ. ސުޝްމިތާގެ ދޮށީ ދަރި، ރެނީ އެޑޮޕްޓް ކޮށްފައިވަނީ 2000 ވަނަ އަހަރުއެވެ. އަދި އޭގެ އަހަރުތަކެއް ފަހުން، އޭނާގެ ހަގުދަރި، އަލީސާ އެޑޮޕްކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން