އިންޑިއާގެ ޓީވީ ސީރީޒް، "އަނޫޕަމާ"ގައި ކާވިޔާގެ ރޯލު އަދާ ކުރާ މަދަލްސާ, 10 ކިލޯގެ ކައިވެނި ހެދުމުގައި.
އިންޑިއާގެ ޓީވީ ސީރީޒް، "އަނޫޕަމާ"ގައި ކާވިޔާގެ ރޯލު އަދާ ކުރާ މަދަލްސާ, 10 ކިލޯގެ ކައިވެނި ހެދުމުގައި.
އިންޑިއާގެ ޓީވީ ސީރީޒް، "އަނޫޕަމާ" ގައި ކައިވެނީގެ މަންޒަރެއް ދައްކާލުމަށް، އެސީރީޒްގައި ކާވިޔާގެ ރޯލު އަދާކުރާ މަދަލްސާ ޝަރްމާ، 10 ކިލޯގެ ހެދުމެއްގައި ފެނިލައިފިއެވެ.

މަދަލްސާ 10 ކިލޯގެ ބަރުދަންހުރި ކައިވެނި ހެދުމެއްގައި ފެނިގެން ގޮސްފައިވަނީ، އަނޫޕަމާ ސީރީޒްގައި އޭނާގެ ކެރެކްޓަރ، ކާވިޔާގެ ކައިވެންޏަށެވެ. ސީރީޒްގައި އޭނާ ކައިވެނިކޮށްފައިވަނީ މިސީރީޒުގެ ލީޑް ރޯލުން ފެނިގެންދިޔަ އަނޫޕަމާގެ ކެރެކްޓާގެ ފިރިމީހާ، ވަންރާޖް ޝާޙް އާއެވެ.

މަންޒަރު އިތުރަށް ފުރިހަމަކޮށްލުމަށް، މަޑު ފިޔާތޮށި ކުލައިގެ ކައިވެނި ހެދުމާއިއެކު، ހެދުމާ ގުޅޭ، އަގުބޮޑެތި ބަރު ގަހަނާތަކެއްވެސް މަދަލްސާ ބޭނުންކޮށްފައިވެއެވެ. ނަމަވެސް ހެދުން ބަރު ކަމުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް އޭނާ ބުނެފައިވެއެވެ.

"ހެދުން ވަރަށް ބަރު. ގާތްގަނޑަކަށް 10 ކިލޯ ހުންނާނެ. ވަރަށް އުނދަގޫވެސްވި. އެކަމު ފުރިހަމަ އެކްޓިންގއެއް ދެވޭތޯ މަސައްކަތްކުރިން." ކާވިޔާގެ ރޯލު އަދާކުރާ މަދަލްސާ ޝަރްމާ ބުނެފައިވެއެވެ.

ސްޓަރޕްލަސް އިން ގެނެސް ދެމުންދާ އަނޫޕަމާ ސީރީޒް އަކީ ފިރިމީހާއަށް ޅަކުއްޖަކު ދެކެ ލޯބިވެވުމުން، އަންހެނެއްގެ މުޅި ދިރިއުޅުން ބަދަލުވެގެންދާ ހިތްދަތި މަންޒަރުތަކެއް ދައްކުވައިދޭ ސީރީޒްއެކެވެ. މިސީރީޒް ގެ މައި ލީޑް ރޯލު ކަމަށްވާ އަނޫޕަމާގެ ރޯލުން ފެނިގެން ދަނީ ރުޕާލީ ގަންގުލީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން