ދީޕިކާ އަދި ރަންވީރުގެ ކައިވެނީގެ ހަފްލާއެއްގެ ތެރެއިން.
ދީޕިކާ އަދި ރަންވީރުގެ ކައިވެނީގެ ހަފްލާއެއްގެ ތެރެއިން.
ބޮލީވުޑްގެ މަޝްހޫރު ދެތަރިންކަމަށްވާ ދީޕިކާ ޕަޑޫކޯން އަދި ރަންވީރު ސިންގގެ ކައިވެންޏަށް މިހާރު ދެއަހަރެއްހާ ދުވަސްވެފައިވާއިރު، މިކައިވެނީގެ ކަންކަން މީޑިޔާ އަދި އާންމުންނަށް ސިއްރުކުރުމަށް ވަރަށް މަސައްކަތްކޮށްފައިވެއެވެ.

މިފަހަކުން މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން މިދެތަރިންގެ ކައިވެނީގެ ހެދުން ފަހައިދިން އިންޑިޔާގެ މަޝްހޫރު ޑިޒައިނާ ސަބަޔަސާޗީ ވަނީ ކައިވެނީގެ ހެދުން ސިއްރުން ތައްޔާރުކޮށް އެހެދުންހެޔޮވަރު ކުރަން ވަރަށް މަސައްކަތް ކުރެވުނުކަމަށްވެސް ހާމަކޮށްފައެވެ. މިގޮތުން މޫނު ބުރުގާއެއް އަޅައިގެން ހެދުން ހެޔޮވަރުކުރަން އައުމަށްވެސް ދީޕިކާ ކައިރީ ބުނި ކަމަށް ސަބަޔަސާޗީ ބުނެފައިވެއެވެ.

"ވަރަށް ބައިވަރު މީހުންގެ ކައިވެނީގެ ކަންކަމުގައި މަސައްކަތްކުރެވިފައިވާނެ، އެކަމަކު ފިލްމީ ތަރިއެއްކަހަލަ މަޝްހޫރު ފަރާތެއްނަމަ އެންމެ ބޮޑު ކަންބޮޑުވުމަކީ ކައިވެނީގެ ކަންކަން އާންމުވެގެންނުދިއުން. ދީޕިކާގެ ކައިވެންޏަށް ތައްޔާރުވާން ހަމަސް ދުވަސް ލިބުނު، އެކަމަކު އޭރުވެސް ކައިވެނީގެ ވާހަކަ ތުންތުން މަތިން ދެކެވެން ފަށައިފި، އެގޮތުން ވަރަށް މަސައްކަތްކުރަން މަޖުބޫރުވި މިކަންކަން ސިއްރުކޮށް ބޭއްވުމަށް." ސަބަޔަސާޗީ ބުންޏެވެ.

ދީޕިކާ އަދި ރަންވީރުގެ ކައިވެނީގެ ވާހަކަތައް އެކިނޫސްތަކުގެ ފަލަސުރުހީއަށް އެރިކަމުގައި ވިނަމަވެސް، ދީޕިކާ އަދި ރަންވީރުވެސް އެއްވެސް ނޫހަކަށް މިކަމާ ބެހޭގޮތުން ބަހެއް ބުނެފައެއްނުވެއެވެ. އޭގެ ބަދަލުގައި ކައިވެނިކުރާކަމާއި، ކައިވެނި ކުރެވޭ ތާރީހު އިއުލާންކޮށްދިނީ އަމިއްލަ މީސްމިޑިއާ އެކައުންޓްތައް މެދުވެރިކޮށެވެ.

ދީޕިކާ އަދި ރަންވީރު ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 14 އަދި 15 ވަނަ ދުވަހުއެވެ. ޑެސްޓިނޭޝަން ވެޑިންގްއެއްގެ ގޮތުގައި ބޭއްވުނު މިކައިވެނި ބާއްވާފައިވަނީ އިޓަލީގައެވެ. އެއަށްފަހު، އިންޑިއާގެ މުމްބާއީ އަދި ބެންގަލޫރުގައިވެސް ކައިވެނީގެ ބައެއް ހަފްލާތައް ބޭއްވިފައިވެއެވެ.

މިކައިވެނީގެ ތެރެއިން އެންމެ ގިނަބަޔަކު ލޮލުގައި އަޅައިގަތީ، ކައިވެނިކުރުމަށް ދީޕިކާ ލައިގެން ހުރި، ޑިޒައިނަރ ސަބަޔަސާޗީ ތައްޔާރުކޮށްފައިވާ ރަތް ކުލައިގެ ކައިވެނި ހެދުމުގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން