ރައީސުލްޖުމްހޫރިިއްޔާގެ ނާއިބް ފައިސަލް ނަސީމް
ރައީސުލްޖުމްހޫރިިއްޔާގެ ނާއިބް ފައިސަލް ނަސީމް
މާލެއެކޭ އެއްގޮތަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ޚިދުމަތް ހޯދާ އަތޮޅުތަކުގައި ތިއްބެވި ފަރާތްތަކަށްވެސް ދަތިކަމެއްނެތި ޚިދުމަތްތައް ލިބޭކަން ކަށަވަރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ އާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ އިސްވެރިންނާއެކު މިއަދު އޮންލައިންކޮށް ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި ޙާލަތުގައި ޖެންޑަރ މިނިސްޓްރީއާ އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުން ދެމުންގެންދާ ޚިދުމަތްތަކާއި އެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ގޮތުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

އެގޮތުން އެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަރާތްތަކަށް ބޭނުންވާ ބޭހާއި ފަރުވާގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ ތަންތަނުގެ އިސްވެރިންނާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާލެއެކޭ އެއްގޮތަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ޚިދުމަތް ހޯދާ އަތޮޅުތަކުގައި ތިއްބެވި ފަރާތްތަކަށްވެސް ދަތިކަމެއްނެތި ޚިދުމަތްތައް ލިބޭކަން ކަށަވަރުކުރެއްވުމާއި އެފަރާތްތަކަށް ބޭނުންވާ އެހެންކަންކަންވެސް ބައްލަވަމުން ގެންދެވުމަށް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން