ޖާންވީ ކަޕޫރް ރާއްޖޭގައި. (ފޮޓޯ: އިންސްޓަގްރާމް)
ޖާންވީ ކަޕޫރް ރާއްޖޭގައި. (ފޮޓޯ: އިންސްޓަގްރާމް)
ބޮލީވުޑަށް އަލަށް ނުކުތް ތަރިންގެ ތެރެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ލިބުނު ޖާންވީ ކަޕޫރް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.

ޖާންވީ އޭނާގެ އެކުވެރިންނާއިއެކު ޗުއްޓީ ހޭދަކުރަމުން ދަނީ ބާ އަތޮޅުގެ ރިސޯޓެއްކަމަށްވާ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގައެވެ. ރާއްޖެއައިސް ޗުއްޓީހޭދަކުރަމުން ގެންދާ ޖާންވީ ވަނީ އޭނާ ރާއްޖޭގައި ހޭދަ ކުރަމުންދާ ދުވަސްތައް ދައްކުވައިދޭ ރާއްޖޭގެ ރީތި ފޮޓޯތަކެއް، އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

މިގޮތުން ޖާންވީގެ އިންސްޓަގްރާމުގައި އޭނާގެ ޗުއްޓީގެ ފުރަތަމަ ފޮޓޯތައް ހިއްސާ ކުރަމުން، ލަސްވިޔަސް އެންމެ ފަހުން ރާއްޖެ އާދެވި، އެންމެން ފާހަގަ ކުރަމުންދާ ރާއްޖޭގެ ހިއްގައިމުކަން ތަޖުރިބާ ކުރެވިއްޖެކަމަށް ފާހަގަކޮށްފައިވެއެވެ.

2018 ވަނަ އަހަރު ހިންދީ ފިލްމު ދަޅަކް އިން ފިލްމީ ދާއިރާއަށް ނުކުތް ޖާންވީ ކަޕޫރަށް ވަނީ ގިނަ ބައެއްގެ ލޯތްބާ ތަރުހީބުލިބިފައެވެ. އަދި މިފިލްމުން ޖާންވީވަނީ ބެސްޓް ފީމޭލް ޑެބިއު އެވާޑަށް ނޮމިނޭޓްވެފައެވެ. ޖާންވީ އެންމެ ފަހުން ފެނިގެންދިޔައީ، މިއަހަރު ނުކުތް ހިންދީ ފިލްމު ރޫހީ އިންނެވެ. އަދި ދެން އޭނާ ފެނިގެންދާނީ ހިންދީ ފިލްމު ދޯސްތާނާ 2 އަދި ފިލްމު ގުޑް ލަކް ޖެރީ އިންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން