މާޝާ މިދުހަތު   2 އޭޕްރީލު 2021 - 18:21
އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި، މާދުރީ ޑިކްޝިޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަމަށް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.

މާދުރީ، އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުން ދަނީ ނޫނު އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީ ގައެވެ. ރާއްޖެއައިސް ޗުއްޓީހޭދަކުރަމުން ގެންދާ މާދުރީ ވަނީ އޭނާ ރާއްޖޭގައި ހޭދަ ކުރަމުންދާ ދުވަސްތައް ދައްކުވައިދޭ ރާއްޖޭގެ ރީތި ފޮޓޯތައް، އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

1984 ވަަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް މާދުރީ ވަނީ ގިނަ ފިލްމު ތަކަކުން ފެނިގެންގޮސްފައެވެ. މާދުރީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު ކަލަންކް އިންނެވެވެ.

މާދުރީގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް މިއަހަރުގެ މިހާތަނަށްވެސް ދިވެހިރާއްޖޭގައި ޗުއްޓީހޭދަކޮށްފައިވެއެވެ. ހާއްސަގޮތެއްގައި ކޮވިޑުގެ ބަލިމަޑުކަމާއިއެކު ބަންދުކުރި ރާއްޖޭގެ ބޯޑަރު ހުޅުވުމުން، ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖެ އައިސް ޗުއްޓީހޭދަކޮށްފައިވާކަަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ބޮލީވުޑްގެ ތަރިންގެ ތެރޭގައި މަޝްހޫރު މަންޒިލަކަށް ދިވެހި ރާއްޖެ ވެފައިވާއިރު، ގިނަ ތަރިން ރާއްޖެ ސިފަކުރަނީ ދެވަނަ މުމްބާއީގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން