އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި، އާލިއާ ބަޓް.
އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި، އާލިއާ ބަޓް.
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، އާލިއާ ބަޓް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އާލިޔާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އިންސްޓަގްރާމްްގައި ހިއްސާކޮށްފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވުމުން އެކަހެރިވެ ކަރަންޓީނުވެފައިވާކަން އާލިއާ ބުނެފައިވެއެވެ.

މީގެ ކުރިން އާލިއާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީނުވެފައެވެ. ނަމަވެސް މިފަހަކުން ރަންބީރު ވަނީ ކަރަންޓީނު ނިންމައި، ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތްވެފައިވާ ވާހަކަ ހިއްސާކޮށްފައެވެ.

އާލިޔާ ކޮވިޑަށް ޕޮޒިޓިވްވިއިރު، ދެފިލްމެއްގެ މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، ހިންދީ ފިލްމު ގަންގުބައި ކަތިއާވަޑި، އަދި ބްރަހްމާސްޓްރާ އެވެ.

އާލިއާ ބަޓް ފިލްމީ ދާއިރާއަށް ތައާރަފް ވެގެންދިޔައީ 2012 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު، ސްޓޫޑެންޓް އޮފް ދަ އިޔަރ އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން