ގޯޕީ ބަހޫގެ ރޯލުން މަޝްހޫރުވެގެންދިޔަ ޑެވޮލީނާ.
ގޯޕީ ބަހޫގެ ރޯލުން މަޝްހޫރުވެގެންދިޔަ ޑެވޮލީނާ.
އިންޑިޔާގައި ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ އެންމެންނަށް ހަމަހަމަ ފިޔަވަޅުތަކެއްތޯ ބުނެ "ގޯޕީ ބަހޫ" ސުވާލު އުފައްދައިފިއެވެ.

އިންޑިޔާގެ ޓީވީ ޑްރާމާ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" އިން ގޯޕީ ބަހޫގެ ރޯލުން މަޝްހޫރުވެގެންދިޔަ ޑެވޮލީނާ މިހެން ސުވާލުކޮށްފައިވަނީ ހޯލީ ފާހަގަ ކުރުމަށް ގިނަ ބަޔަކު އެއްވެ އުޅޭތަން ފެނި ކަންބޮޑުވުން ހިއްސާކުރަމުންނެވެ.

އިންޑިއާގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއި ތަކެއް ދިންނަމަވެސް، މިފަހަކުން އެގައުމުގައި ކޮވިޑް ކޭސްތަ އިތުރުވެ، ގިނަބަޔަކު އެއްވެ ނޫޅުމަށާއި، މާސްކް އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ޑެވޮލީނާ ވަނީ އޭނާގެ ކަންބޮޑުވުން ޓްވިޓަރގައި ހިއްސާކޮށްފައެވެ.

"ފަންސާހަކަށްް ވުރެ ގިނަ ކުދިން ހޯލީ ފާހަގަ ކުރުމުގެ ނަމުގައި މާސްކެއްވެސް ނާޅައި ސައިކަލު ބުރުޖަހަން ދިޔަ މަންޒަރު ދުށިން. އެމީހުންނަށް ކޮވިޑު ނުޖެހޭނެއޭ ހީވާކަހަލަ. އަދި ސަރުކާރުގެ ހަރުކަށި ފިޔަވަޅުތަކަށްވެސް ބެލުމެއް ނެތް. ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަކީ އެންމެންނަށް ހަމަހަމަ ފިޔަވަޅުތަކެއް ނުންތޯ؟" ޑެވޮލީނާގެ ޓްވީޓުގައި ލިއެފައިވެއެވެ.

އިންޑިއާ ސަރުކާރުން ވަނީ އެގައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގިނަބަޔަކު ބޯނުލަނބާނަމަ އަލުން ލޮކް ޑައުން ކުރަން ޖެހިދާނެކަމަށް ބުނެ އިންޒާރުވެސް ދީފައެވެ. ނަމަވެސް މިހަފްތާގައި އެގައުމުގައި ހޯލީ ފާހަގަކުރުމަށް ގިނަބަޔަކު އެއްވެ އުޅޭ މަންޒަރު ދަނީ އާންމުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން