ތައިލެންޑުގެ ޒުވާނަކު އަގުހެޔޮކޮށް ވިއްކަން ޖަހާފައި ހުރި އައިފޯނަކަށް އޯޑަރު ދިނުމުން، ފޯނުގެ ބަދަލުގައި، އައިފޯނު ޑިޒައިނަށް ފަރުމާކޮށްފައިވާ މޭޒެއް ލިބިއްޖެއެވެ.

މިއީ އޮންލައިން ވިޔަފާރި ކުރާ ގިނަ ފަރާތްތަކަށް އެހާ ހައިރާންވާ ވަރުގެ ކަމަކަށް ނުވާނެއެވެ. މިގޮތުން އޯޑަރު ކުރުމަށްފަހު މުދާ އަންނައިރު، އޯޑަރު ކުރި ތަކެތީގެ ސައިޒު ބަދަލު ވުމާއި، އޯޑަރު ކުރި ތަކެތި ނޫން އެހެން ތަކެތި ލިބުންމީ ގިނައިން އިވޭ އަޑުތަކެވެ.

މިފަހަރު މިފަދަ ހާދިސާއެއް މިދިމާވީ ތައިލޭންޑުގެ ޒުވާން ފިރިހެން ކުއްޖަކަށެވެ. އަދި މިފަދައިން ކަންތައް ދިމާވީ މާ އަގުހެޔޮކޮށް އައިފޯނު ވިއްކުމަށް އޮންލައިން ވެބްސައިޓެއްގައި ޖަހާފައި އޮތުމާއިއެކު، އޭގެ ތަފްސީލަށް ނުބަލައި އޯޑަރު ކޮށްލެވުމުންނެވެ.

އޯޑަރު ކުރި އައިފޯނު އައި އިރު، ބަންދުކޮށްފައި އޮތްފޮށިގަނޑުވެސް އެޒުވާނާ އާއި ދާދި އެއްއުސްމިނެކެވެ. ފޮށިގަނޑު ކަނޑައި ބެލިއިރު އޭގައި އޮތީ އައިފޯނު 6 ގެ ޑިޒައިނާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ މޭޒެކެވެ.

މީގެކުރިންވެސް ހަމަ މިފަދަ ހާދިސާއެއް އިންޑިޔާގެ ރައްޔިތަކަށް ދިމާވިއެވެ. ނަމަވެސް އެފަހަރު އައިފޯނަކަށް އޯޑަރު ކުރުމުން ލިބުނީ އައިފޯނެއް ސިފަވާގޮތަށް ސްޓިކާ ތަތްކޮށްފައި އޮތް ފޭކު ފޯނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން