(ކ) ބްރެޑް ޕިޓް، މެޑޮކްސް، އެންޖެލީނާ ޖޯލީ.
(ކ) ބްރެޑް ޕިޓް، މެޑޮކްސް، އެންޖެލީނާ ޖޯލީ.
ބްރެޑް ޕިޓާއި ދެކޮޅަށް ހެކިބަސް ދިނުމަށްފަހު، ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ ދަރިފުޅު، މެޑޮކްސް ސައުތު ކޮރެއާއަށް ދިއުމަށް ނިންމައިފިއެވެ.

މެޑޮކްސް ބްރެޑް ޕިޓާއި ދެކޮޅަށް ހެކިބަސް ދީފައިވަނީ، ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީ ވަރިވުމަށްފަހު ކޯޓު މެދުވެރިކޮށް ބްރެޑް ޕިޓްގެ ބެލުމުގެ ދަށަށް އެދެމަފިރިންގެ ދަރިން ގެންދިއުމަށް ކުރިއަށްދާ ކޯޓުގެ އަޑުއެހުމެއްގައެވެ. މިދެމަފިރިންގެ ހަ ކުދިން ތިބޭއިރު، 19 އަހަރުގެ މެޑޮކްސް އަކީ އެންމެ އުމުރުން ދޮށީ ފިރިހެން ދަރިފުޅެވެ.

ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ 12 އަހަރުވީ ގުޅުން ނިންމާލައިފައިވަނީ ބްރެޑް ޕިޓް ގެ ފަރާތުން ލިބެމުން އައި ގެވެށި އަނިޔާއަށް ކެތް ނުވެގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއާއެކު 2016 ވަނަ އަހަރު ފެށުނު ވަރީގެ ކޯޓު މަރުހަލާތަކުގެ ތެރެއިން މިދެމަފިރިންގެ ހުރިހާ ދަރިންގެ ބެލެނިވެރިކަން ހޯދުމަށް ބްރެޑް ޕިޓް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމާއިގުޅިގެން ބްރެޑް ޕިޓާއި ދެކޮޅަށް ހެކިބަސް ދިނުމަށްފަހު ސައުތު ކޮރެއާއަށް ދިއުމަށް މެޑޮކްސް ނިންމާފައިވަނީ މިމައްސަލަ ތެރެއިން ނުކުތުމަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ބްރެޑް ޕިޓާއި ދެކޮޅަށް ހެކިބަސް ދިނުމުގެ ކުރިންވެސް މެޑޮކްސް ވަނީ ބްރެޑް ޕިޓްދެކެ ހިތްހަމަ ނުޖެހޭކަން ހާމަކަންބޮޑު ގޮތެއްގައި ފާހަގަކޮށްފައެވެ. މިގޮތުން ރަސްމީ ލިޔެކިޔުންތައް ފިޔަވާ އެހެން ހުރިހާ ލިޔެކިއުމެއްގައި މެޑޮކްސްގެ ނަމުގެ ފަހަތައް ލާފައިވާ ޕިޓްގެ ނަން، ޖޯލީ އަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހަމަ މިފަދައިން އޭނާގެ ފުރިހަމަ ނަމުގައި ބްރެޑް ޕިޓްގެ ނަން ނުހިމެނޭ ގޮތަށް ބަދަލު ކުރުމަށްވެސް މަސައްކަތްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން