ދިވެހީންގެ ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަނީ ބޮޑެތި ސިޔާސީ މަގާމުތަކަށް ކުފޫ ހަމަވާނީވެސް އަދި މަސައްކަތުގައި ކާމިޔާބު ހޯދޭނީވެސް މޮޅަށް އިނގިރޭސި ބަސް އެނގޭ ފަރިތަކަމާއެކު އިނގިރޭސި ބަހުން ލެކްޗަރުދީ ބަހުސްކޮށް ވާހަކަ ދެކެވޭ މީހަކަށް ކަމަށެވެ. ކާމިޔާބު ސިޔާސީ ލީޑަރަކީ ނުވަތަ ކާމިޔާބު ސިޔާސީ މީހަކީ މޮޅަށް އިނގިރޭސި ބަހުން މޮށެވޭ ނުވަތަ ލިޔެލެވޭ މީހަކަށް ވާންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ފަހަރެއްގައި އެއީ ދިވެހި ރާއްޖޭގެ އާބާދީގައި މަތީ ތަޢުލީމަށް ދެވިފައިވާ އަހަންމިއްޔަތުކަމެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އޭގެސަބަބުން މަތީ މަގާމުތައް، ވަކިން ޚާއްޞަކޮށް ސިޔާސީ އެންމެ އިސް މަގާމުތައް އަދާ ކުރެވޭނީ ޕީއެޗްޑީ ފެންވަރުގެ ފާހެއް އޮވެގެން އިނގިރޭސި ބަހުން މޮޅަށް މޮށި އުޅެވޭ މީހަކަށް ވެގެން ކަމުގައި ގަބޫލު ކުރެވިފައި އޮންނަނީ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް މިވާހަކަ މިއަދު މާ ބާރަކަށް ދެކެވޭން ފެށީ މިދުވަސްވަރަކީ ސަރުކާރެއް ބަދަލުވެ އަލަށް ހަވާލުވި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގެ ބަހުސެއް ހިނގަމުންދާ ދުވަސްވަރަކަށް ވުމުން ކަމުގައި ވެދާނެއެވެ. އެއްގޮތަކަށް ވެސް މިތާގައި ދައްކާން މިއުޅެނީ މަތީ ފާސްތައް ނަގައިގެން ތިބޭ ތަޢުލީމީ މީހުންނާއި އިނގިރޭސި ބަހުން މޮޅަށް ވާހަކަ ދައްކައި މޮށިއުޅެވޭ މީހުންނަށް މަތީ ވަޒީފާތައް ނުދީ ވަކި ބަޔަކަށް ވަޒީފާ ދޭން ޖެހޭ ވާހަކައެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ވަކި ދާއިރާއަކުން ކާމިޔާބު ހާސިލުކޮށް ނަތީޖާ ނެރެދިނުމުގައި ތަޢުލީމީ މޮޅު ފާހެއް އޮތުމާއި އިނގިރޭސި ބަހުން މޮޅަށް ވާހަކަ ދެއްކުމަކީ ހަމައެކަނި އަޅައި ކިޔަން އޮތް ހުއްޖަތެއްނޫންކަން މިއީ ރާއްޖެއާއި ދުނިޔެއިން ވެސް މިސާލު ދެއްކޭން ހުރި ކަންކަމެވެ.

ކަންމިހެން އޮތް ނަމަވެސް ދާދިފަހުން މިސަރުކާރުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅެއްގެ ފެންވަރު ދަށްވެގެން، ބަސްމޮށުންތެރިކަން "ކަޑަވެގެން" އޭނާއާއި ދިމާކޮށް "ބުލީކޮށް" ހެދުމަކީ ތަޢުލީމީ ތަންދޮރު ދަންނަ ބަޔަކު ކުރާނެ ކަމެއްތޯ ވެސް މިތާގައި ސުވާލު އުފައްދާން ޖެހެއެވެ. މިދެންނެވި ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިގައުމުގެ ފަތުރުވެރިކަމާބެހޭ ވަޒީރަކަށް ހުންނާން ޖެހޭނީ އިނގިރޭސި ބަހުން މޮޅަށް ވާހަކަ ދެކެވޭ މޮޅު އިނގިރޭސި އެކެވެ. އެހެން ނޫނީ އޭނާ އެމަގާމަށް ކުފޫ ހަމަނުވީއެވެ. އޭނާ އިނގިރޭސި ބަހުން ވާހަކަ ދައްކާއިރު އިނގިރޭސި ވިލާތާއި އެމެރިކާއާއި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގެ ރައްޔިތުން ލަފުޒުތައް ކިޔައި އުޅޭހެން މަޚުރަޖުން ނުކިޔުނީމާ އޭނާ މާ ބޮޑަށް ދެރަވީއެވެ. އޭނާ އެވަޒީފާއިން އިސްތިއުފާ ދޭންވީއެވެ. މިއީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ގަބޫލުކުރާ ހަމައާއި އުސޫލެވެ.

ނަމަވެސް ވާހަކައެއްގެ ރީތި ކަމާއި މޮޅު ދެރަމިން އަޅާކިޔަނީ އެވާހަކައިގެ ބޭރުގަނޑުގެ މޮޅު ދެރަމިނަކުން ނޫނެވެ. އަދި ފިލްމެއް މޮޅުވަނީކީ އެ ފިލްމެއްގެ ޕޯސްޓަރު ނުވަތަ ޓްރެއިލަރގެ މޮޅުކަމަކުން ނޫނެވެ. ހަމަ އެބީދައިން ރާއްޖެއަށް ބެލިޔަސް އަދި ދުނިޔެއަށް ބެލިޔަސް ކާމިޔާބު ވިޔަފާރިވެރިއަކަށް މީހަކު ވެފައި ހުރީކީ އޭނާގެ މާމޮޅު ތަޢުލީމީ ފާސްތަކެއް އޮވެގެނެއް ނޫނެވެ. އަދި ކުރާ މަސައްކަތުގައި ކާމިޔާބީތައް ހާސިލުކޮށް އެރޮނގުން އެންމެ އުހަށް ދަތުރުކޮށްފައި ތިބީއަކީ ވެސް ހަމައެކަނި މާ މަތީ ތަޢުލީމީ ފާސްތައް ނަގައިގެން ތިބި މީހުންނެއް ނޫނެވެ. މިފަދަ ބައިވަރު މިސާލުތައް ރާއްޖެއާއި ދުނިޔެއިން ވެސް ދެއްކިދާނެ އެވެ.

ދުނިޔޭގައި އެންމެ ކާމިޔާބު އުފެއްދުންތެރި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ބިލް ގޭޓްސްއަކީ މާ މަތީ ފާހެއް އޮތް މީހެއް ނޫނެވެ. ސްޓީވް ޖޮބްސް އަކީ ވެސް ތަޢުލީމީ ގޮތުން މަތީފާހެއް އޮތް މީހެއް ނޫނެވެ. މާކް ޒުކަބާގްއާއި ރިޗާރޑް ބްރައުންއާއި ލެރީ އެލިސަންއާއި މައިކަލް ޑެލްއާއި ޕައުލް އެލަންއާއި ހެންރީ ފޯޑްއާއި ޖެކް ޑޯސީ ފަދަ މީހުންނަކީ ވެސް ތަޢުލީމީ ދާއިރާއިން މާމޮޅު ފާސްތަކެއް ނަގައިގެން މަސައްކަތަށް ނުކުތް ބައެއް ނޫނެވެ. ނަމަވެސް މިއީ ދުނިޔޭގައި އެންމެ ކާމިޔާބު ވިޔަފާރި ވެރިންނެވެ. ވިޔަފަރީގެ ރޮނގުންނާއި އުފެއްދުންތެރިކަމުގެ ރޮނގުން އެންމެ މަތީ ކާމިޔާބީތައް ހާސިލްކޮށްފައިވާ މަސައްކަތް ތެރިންނެވެ.

ހަމަ މިބީދައިން ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ބަލައިލިއަސް ފެނަންނަން އޮތީ މިހަގީގަތެވެ. އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލައިލުމުންވެސް މި ހަގީގަތް ދޮގުކުރެވޭކަށް ނެތެވެ. ކަނޑައެޅިގެން ނަންތައް ނުދެންނެވިއަސް މީގެތެރޭގައި ތަޢުލީމީ ހިޔާވަހިކަމަކުން މާ މަތީ ތަޢުލީމެއް ނުލިބި ނޫނީ ލިބުމުގެ ފުރުސަތު ނުލިބި އެންމެ އާދައިގެ ވަޒީފާތަކުން ފެށި އެތައް ބަޔަކު މިއަދު އެތިބީ ރިޒޯޓް އޯނަރުންގެ ގޮތުގައި އަދި ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ގޮތުގައެވެ. ހަމަ މިބީދައިން މި ދިވެހި ރާއްޖޭގެ ވަޒީރުކަމުގެ މަގާމު ފުރުއްވާފައިވާ އެންމެ ކާމިޔާބު ބޭފުޅުންގެ ވާހަކަ މިތާގައި ދެއްކިޔަސް ދެއްކޭނެ އެތައް މިސާލު ތަކެއް އެބަހުއްޓެވެ. ރާއްޖޭގެ މާލީ ވުޒާރާއާއި މާލީ ދާއިރާ އެންމެ ކާމިޔާބު ކަމާއެކު ހިންގާފައިވާ އަދި ރައްޖޭގައި އެންމެ ބޮޑެތި ބިޔަ މަޝްރޫޢުތައް މާޒީގައި ހިންގާފައިވާ މޭސްތިރިންނަކީ ތިޔަ ވިދާޅުވާ މޮޅު ތަޢުލީމީ ފާހެއް ހޯއްދަވައިގެން އިނގިރޭސި ބަހުން މޮޅަށް ވާހަކަ ދައްކަވާ ލިޔެ ހެއްދެވި ބޭފުޅުންނެއް ނޫނެވެ. އަދި ރާއްޖޭގައި ވެރިކަން ކުރަށްވާފައި ބޭފުޅުންނަށް ބެލިޔަސް މިހަގީގަތް އޮތީ މި މޭރުމުންނެވެ.

މިރާއްޖޭގައި މިފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ނޫސްވެރިއަކަށް އިނގިރޭސި ބަހުން ޖަވާބު ނުދެއްވައިގެން ވެސް މީސް މީޑިއާގައާއި ބައެއް މީޑިއާތަކުގައި މަލާމާތްކޮށް "ބުލީކޮށް" ހެދިއެވެ. އެމަނިކުފާނަށް ރީތިކޮށް ފަރިތަކޮށް އިނގިރޭސި ބަސްތައް ވިދާޅުނުވެވޭތީއާއި ގޯސްކޮށް އިނގިރޭސި ބަސްތައް ވިދާޅުވެގެން މަލާމަތްކޮށް ވިޑިއޯތައް ހަދައިގެން ޖޯކު ޖަހާ ހެދިއެވެ. ނަމަވެސް އެމަނިކުފާނު ބައިނަލްއަޤުވާމީ ބޮޑެތި ޖަލްސާތަކާއި ކޮންފަރެންސް ތަކުގައި އިނގިރޭސި ބަހުން ވާހަކަ ދައްކައިގެން ބަސްތައް ވިދާޅުވި ގޮތަކުން ވާހަކަފުޅު ދެއްކެވިލެއް ކޮށިކަމަކުން ނުވަތަ ބަސްތައް ވިދާޅުވާ ގޮތް ހުތުރުވެގެން ދުނިޔޭގެ އެއްވެސް ބަޔަކުވެސް އަދި މީޑިއާއަކުން ވެސް ވާހަކައެއް ނުދައްކައެވެ.

ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި ވެރިކަންކުރާ ހުރިހާ އެންމެންނަކީ އިނގިރޭސި ބަހުން ވާހަކަ ދައްކަން ފަރިތަ އަދި އެބަސް ދަންނަ ބޭފުޅުންނެއް ނޫނެވެ. އެބޭފުޅުން އދ ގައާއި ބައިނަލްއަގާވާމީ ބޮޑެތި ބިޔަ ކޮންފަރެންސް ތަކުގައި ވެސް ވާހަކަ ދައްކަވައެވެ. ތަގުރީރު ވެސް ކުރަށްވައެވެ. ބައެއް ބޭފުޅުން އެބޭފުޅަކަށް އެނގިވަޑައިގަންނަވާ ގޮތަކަށް އެހެން މީހުންނަށް މޭރުންވާ ގޮތަށް އިނގިރޭސި ބަހުން ވެސް ވާހަކަ ދައްކަވައެވެ. ނަމަވެސް އެބޭފުޅުންނަށް މަލާމާތްކޮށް ޖޯކުޖަހާ ބުލީކޮށް ވިޑިއޯ ހަދައިގެނެއް ނޫޅެއެވެ.

މީހުން ދެރަކޮށްލުމާއި ދިމާކުރުމާއި ބުލީ ކުރުމަކީ ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހުރިހާ ހިސާބެއްގައި ވެސް އޮތް ބޮޑު ބަލިމަޑު ކަމެކެވެ. ތިމާ ނުރުހޭ މީހަކު ނޫނީ ތިމާ ނޫން މިހެއްގެ ފަރާތުން އެފަދަ ކަމެއް ފެނިއްޖެ ނަމަ އެކަމަށް ޖޯކު ޖަހައި މަލާމާތްކޮށް ބުލީ ކުރުމަކީ ދިވެހީންގެ ގިނަ ބަޔަކަށް ލިބޭ އުފަލެެވެ. ޚާއްޞަކޮށް މިއަދު މީސް މީޑިއާ ނުވަތަ ސޯޝަލް މީޑިއާގެ ވަސީލަތްތަކަކީ ދިވެހީން މިފަދަ ބޭނުންތައް ކުރާން އޮތް ވަސީލަތްތައް ކަމުގައި ތައްގަނޑުޖެހި ނިމިއްޖެއެވެ. ހަގީގަތަސް، ދޮގަސް މިފަދަ އޮޅިތަކުގައި މީހަކު ބޭޒާރުކޮށް ފަޟީހަތް ކޮށްލުމަކީ ލިބޭ އުފަލަކަށް ވެއްޖެއެވެ.

އާސަކާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ފައިސަލްގެ ގާބިލުކަން ބަލައި ވަޒަންކުރަންޖެހޭ މިންގަނޑަކީ ހަމައެކަނި އޭނާއަށް އިނގިރޭސި ބަހުން މޮޅަށް ބަސްމޮށުންތެރިކަން ލިބިފައި ހުރުން ކަމުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނަމަ އެމަގާމަށް ގެންނަންވީ ދިވެހީންގެ ބޭންކުގެ އެންމެ އިސް ވެރިއަކަށް ލާފައި އެހުންނަ ކަހަލަ އިނގިރޭސި ދޮން ފަރަންޖީއެކެވެ. ނޫނީ ޑރ. މުއިއްޒު އެމަގާމަށް މީހަކު ހޯއްދަވަން ޖެހޭނީ ރާއްޖޭގައި ތިބި އެންމެ މޮޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ ބޭފުޅެކެވެ.

ވަޒީރު ފައިސަލަކީ ދިވެހި ޒުވާނެކެވެ. އޭނާއަށް އެމަގާމު ލިބިވަޑައިގަތީ ރާއްޖޭގައި މިހާރު މިއޮންނަ ވެރިކަމުގެ ނިޒާމުގެ ތެރެއިން ސިޔާސީ ޕާޓީއަކުން ވެރިކަން ކުރާތީ އެޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރެއްވޭނެ އިތުބާރުުރެވޭ ބޭފުޅެއް ކަމުގައި ޔަގީންވާތީއެވެ. އޭނާގެ މަސައްކަތުގެ ކާމިޔާބީއާއި ގާބިލުކަން އެޕާޓީން ބަލާ މިންގަނޑަކީ އޭނާއަށް އިނގިރޭސި ބަހުން މޮޅަށް ވާހަކަ ދައްކަން އެނގުމެއް ނޫނެވެ. މަސައްކަތުގެ ނަތީޖާ ނެރުމެވެ. އިއްޔެއަށް ވުރެ މިއަދާއި މާދަމާ އެ ސިނާއަތު ކުރިއަރާ ގޮސް ނަތީޖާ ނެރެ އެ ސިނާޢަތުގެ ވިޔަފާރިވެރިންގެ އިތުބާރު ހޯދުމެވެ. މިހާރު އެސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކޮށް ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވައި އެސިނާއަތުން ގައުމަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުމެވެ. ސިނާއަތުގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ކުރަށްވައި އެބޭފުޅުންގެ އަޑު އައްސަވައި އެބޭފުޅުންނަށް ދަތިވާ ކަންކަން ފަސޭހަކޮށްދިނުމެވެ. އެސިނާއަތުގެ އިންވެސްޓްމެންޓްތައް އިތުރުކޮށް ސިނާއަތް ފުޅާކޮށް އާންމު ފަރުދުންނަށް ލިބޭ ފައިދާ އިތުރުކޮށްދިނުމެވެ. މިކަންކަން ހާސިލު ކުރުމަށް ފައިސަލަށް ބޭނުންވަނީ މޮޅު ސެޓްފިކެޓަކާއި އިނގިރޭސިން މޮޅަށް ވާހަކަ ދެއްކުމެއް ނޫނެވެ. ތަޖުރިބާގެ އަލީގައި ހިތްވަރާއި އަޒުމާއެކު މިކަންކަން ބާރު ސްޕީޑްގައި ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޢަބުސީ

07-Dec-2023

ރ މުއީޒް އަށް ވޯޓުލީ ވަރަށް އުއްމީދުގަ އެކަމު މިކަހަލަ ބޯބުރާންތިން ވަޒީރު ކަމަށްލީމަ މައްސަލައަކީ, ހަމަ ހިތްނުތަނަވަސް ވަނީ…


-8

ޢައްޔަ

06-Dec-2023

ދިވެހިންނާ މުހާތަބް ކޮށް ދެއްކި ވާހަކައެއްނަމަ ދިވެހިބަހުން ދައްކާނީ، އިނގިރޭސި ބަހުން ވާހަކަ ދައްކަންވެގެން ހަޑިހޭވީމަ ކިޔާނުކިޔާއެއްޗެއް ނޭނގުނަސް ހެޔޮދޯ؟ ދިވެހި ބަހުން ވާހަކަ ދައްކާ އުޅެނީ 4 ލައްކަ މީހުން، އިނގިރޭސިބަސް ނޭނގުމަކީ ހަމަ އިލިޓަރޭޓް ވުން ފަދަ ކަމެއް.


-13

ބޯހަލާކު

06-Dec-2023

ރާއްޖެ އަށް ވެސް ހުރި ލަދެއް.


7

ޢެންޓި

05-Dec-2023

ޢެެއްވެސް މައްސަލަައެއްނެތް ދިވެހިބަހުން ވާހަކަދެއްކިނަމަ. ޢިނގިރޭސިން ވާހަކަނުދެއްކޭއިރު ދައްކަންއުޅޭތީ މައްސަލައަކީ އަދި އެވެސް ބަލައިގެން.


-5

ދުސްތޫރީ

04-Dec-2023

އެކަމަކު މެލޭޝިޔާއިން މަތީތަޢުލީމި ހާސިލުކޮށްގެ ހުރި ބޭފުޅެއް ކަމަށްވުމުން އެބަ ސުވާލުތަކެއް އުފެދޭ. ކިޔަވާ ވިދާޅުވީ މެލޭ ބަހުންތޯ ޗަައިނީސް ބަހުންތޯ؟ ރާއްޖޭގައި ދިވެހި ބަހުން ކިޔެވިނަމަ ތަރުޖަމާނެއް ބޭނުންކުރެއްވިނަމަ ރަނގަޅުވީސް ދެއްތޯ! މިއީ މިނޫން އެހެން އިޙްތިޔާރެއް ނެތްފަދަ ތަައުލީމާއި ތަޖުރިބާ އަދި ނަތީޖާނެރެ އެކަންދެއްކުމުގައި ލާމަސީލެއްނަމަވެސް އެންމެ ރަނގަޅުވީސް.


-5

މަރީ

04-Dec-2023

ފަތުރުވެރިކަމާ ބެހޭ މިނިސްޓަރަށް އިނގިރޭސި ނޭގެންޏާ ދިވެހިން ވާހަކަދެއްކި ނަމަ ރަނގަޅުވީސް… ފަތުރުވެރިކަމާ ބެހޭ މިނިސްޓަރަށް އިނގިރޭސި އެނގެންޖެހެއެވެ. މި ސޮރު މި ވަޒީފާ ލިބުނީ ބައްޕަގެ ބާރުންވިއްޔާ.


-2

އަލީ

04-Dec-2023

މަސައްކަތުގެ މާހައުލުގެ މައި ނާރަކީ ރަނގަޅު މުއާމަލާތެވެ. ނުވަތަ އެންމެ މުހިއްމު އެއްޗެކީ ރަނގަޅަށް މުއާމަލާތްކުރަން އެނގި ދަސްވެފައި ހުރުމެވެ. ކިތަންމެ މޮޅު މީހަކު ގައިގައިވެސް ރަނގަޅު މުއާމަލާތްކުރުން ނެތީ ނުވަތަ ނޭނގެންޏާ އެއީ ވަރަށްބޮޑެތި އެކި ކަހަލަ މައްސަލަތައް މަސައްކަތުގެ މާހައުލުގައި ޖެހިގެން ހިނގައި ދާނޭ ވަރުގެކަމެކެވެ.


-5

އަލީ

04-Dec-2023

މަސައްކަތުގެ މާހައުލުގެ މައި ނާރަކީ ރަނގަޅު މުއާމަލާތެވެ. ނުވަތަ އެންމެ މުހިއްމު އެއްޗެކީ ރަނގަޅަށް މުއާމަލާތްކުރަން އެނގި ދަސްވެފައި ހުރުމެވެ. ކިތަންމެ މޮޅު މީހަކު ގައިގައިވެސް ރަނގަޅު މުއާމަލާތްކުރުން ނެތީ ނުވަތަ ނޭނގެންޏާ އެއީ ވަރަށްބޮޑެތި އެކި ކަހަލަ މައްސަލަތައް މަސައްކަތުގެ މާހައުލުގައި ޖެހިގެން ހިނގައި ދާނޭ ވަރުގެކަމެކެވެ.


-2

ހުނަރާއި ތަޖުރިބާ

04-Dec-2023

ތިކަލޭގެ ޓޫރިޒަމް މިނިސްޓަރަކަށްވީ އެއްވެސް ފެންވަރެއް ހުރެގެނެއްނޫނެވެ. އިގިރޭސިން ރަގަޅަށް ވާހަކަ ނުދެއްކެއެވެ. އެކަމަކު އެއްމެ ބޮޑު މައްސަލައަކީ އެއީއެއްނޫނެވެ. މައްސަލައަކީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާނެތްތާގައި އެދާއިރާ ދިރާސާކޮށް ރަގަޅު ދާއިރާގެ ރަގަޅު ފާހެއްވެސް ނެތެވެ. ދާއިރާއިން ދުނިޔޭގެ ބަސްްވިކޭ ދިވެހީން ތިއްބާ އާއިލާގެ ސޮރަކަށް ތިމަގާމު ލިބުމަކީ މިސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމުގެ އެއް ސަބަބެވެ.


1

ޓނުފުރާޅު

04-Dec-2023

މޫސާ ޢަލީ އަށް ލާރިކޮޅެއް ދީގެން ތައުލީމަކީ މުހިއްމު އެއްޗެއް ނޫންކަމުގައި ކިތަންމެ ވަރަކަށް ބުނެދޭން މަސައްކަތް ކުރިއަސް ކޮންމެ ކަމެއްވެސް އޭގެ އެންމެ ފުރިހަމ ގޮތުގައި ކުރިއަށްދެވޭނީ ރަގަޅަށް ތައުލީމު ހާސިލުކުރީމައެވެ. ތިމާ ސިޔާސީގޮތުން ވަކިމީހަކަށް ސަޕޯޓްކުރިމާ އެމީހާ ކުރާ ހުރިހާކަމެއް ރަގަޅުވާކަށް ނުޖެހެއެވެ. ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ވަރަށް ނާޒުކު އެހާމެ ވާދަވެރި ބާޒާރެކެވެ. މިމާކެޓް ދެމެހެއްޓުމަށްޓަކައި މިވުޒާރާގެ އެންމެ އިސްވެރިން ވާހަކަ ދެއްކުމުގަޔާއި ލިޔެކިޔެމުގައި ބަހުގެ ހަަމަ އެންމެ ކުޑަމިނުން ހިފަހައްޓަން ޖެހޭނެއެވެ. އެހްނެ ނޫނީ މީހުންގެ މަލާމާތާއި ފުރައްސާރަ ކުރުމަކީ ނުވެނުދާނެ ކަމެކެވެ. ހަމަ އެބީދައިން އޭގެ ސަބަބުން މާކެޓަށްވެސް ބޮޑޫ އަސަރެއް ކުރާނެއެވެ. ނޫސްވެރިޔާ ކިތަންމެ ރީއްޗަކަށް އޮޅުވާލަން މަސައްކަތް ކުރިއަސްފައިސާ ދިނަސް ފައިސަލަކީ ޓޫރިމަށް ނިސާއަތަށް ގާބިލު މީހެއް ނޫނެވެ..\


0

ދާލަ

04-Dec-2023

ދުނިޔޭގެ ލީޑިންގ ޓޫރިސްޓް ޑެސްޓިނޭޝަންގެ ޓޫރިޒަމް މިނިސްޓަރަށް ފަރިތަކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގެން ޖެހޭނެ. އެއީ މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖޭގެ މޫނުމަތި.


-3

ބޯޓު ދެލި

04-Dec-2023

ދުނިޔޭގައި މަތީ ތަޢުލީމު ޙާޞިލްކޮށް ޕީއެޗްޑީއަށް ދިޔުމަށް އިނގިރޭސި ބަހަކީ ލާޒިމް އެއްޗެއް ނޫން. ރޫސީ ބަހުންނާ ޖަރުމަނު ބަހުންނާ ފަރަންސޭސި ބަހުންނާ ޢަރަބި ބަހުންނާ ސްޕޭނު ބަހުން ވެސް މައް ދިވެހިން މަތީ ތަޢުލީމު ޙާޞިލް ކޮށްފައި އެބަހަރި. ޖަޕާނު ބަހުން ވެސް ކޮށްފައި އެބަހަރި. މިއިން މީހަކަށް ތަނަކަށް އަރައި އިނގިރޭސި ބަހުން ތަޅުވައިގަންނަން ދަތިވެދާނެ.


-8

ޒުލެޔހަ

04-Dec-2023

ޓޮުރިސމ މިނiސތެރ ކަހ ހުނnަ mެehaކah inގenޖeheޔne mee raaޖeޔގe mޮonumaތhi ބeyrah ވihkan haވaaލu kuraa ފaraai ޞޞޝ noony ޝޏޏ ah intervieއ eh ދhey iru ބroken engލish in vaahaka ދhehkeema yo 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️


-2

ގޮމަ

04-Dec-2023

ކީއްވެތަ ގާސިމު ވީމަ ކަމުނުދަނީ ތިސޮރައް ވުރެ ފައިސާގިނައިން ހޯދާފަ ހުރީ ގާސިމު . ޗައިނާގެ އާބާދީއައްވިސްނާލުމުން އެނގޭނެ އިންގިރޭސިބަހުންވާހަކަދައްކަންމުހިންމުނޫންކަން ،


3

ޏމ

04-Dec-2023

ޢެއީ މައްސަލައެއް ނޫނޭ. ސްކޫލް ތަކުގަ ހެދުނުގަޑީގަ އޮންނާނެ އެސެމްބްލީ, އެތަނުން ކުއްޖެއް ސްޕީޗަކަށް ތައްޔާރުވެލައިގެން ވާހަކަ ދައްކާތަން މިނިސްޓަރު ގިނގިނައިން ބެލީމަ ރަނގަޅުވާނެ.


-7

ދިވެހި

04-Dec-2023

އަޅުގަނޑު ދެރަވަނީ ފަޚްރުވެރި ދިވެހި ބަސް ނެތިގެން ދާތީ. ވާހަކަ ދައްކަނީ އިނގިރޭސި ބަހާއި މަސްހުނި ކޮށްގެން. ކޮންމެ ތަނަކަށް ފޯމެއް ހުށައަޅަން ޖެހުނަސް އިނގިރޭސި ބަހުންއޮންނާާތީވެ ކިތައް ދިވެހިންތޯ މީހުން ކައިރިއަށް ހިނގަންޖެހެނީ. ކޮންމެ މީހަކީ އިނގިރޭސިބަސް ދަންނަ މީހެއް ނޫންކަން ހަނދާން ހުންނަނީ ކިތައް މުއައްސަސާތޯ؟ އަހަރުމެންނަކީ ދިވެހިން. ދިވެހި އެނގެންޔާ އެވީ.


-8

ދިވެހި

04-Dec-2023

އަޅުގަނޑު ދެރަވަނީ ފަޚްރުވެރި ދިވެހި ބަސް ނެތިގެން ދާތީ. ވާހަކަ ދައްކަނީ އިނގިރޭސި ބަހާއި މަސްހުނި ކޮށްގެން. ކޮންމެ ތަނަކަށް ފޯމެއް ހުށައަޅަން ޖެހުނަސް އިނގިރޭސި ބަހުންއޮންނާާތީވެ ކިތައް ދިވެހިންތޯ މީހުން ކައިރިއަށް ހިނގަންޖެހެނީ. ކޮންމެ މީހަކީ އިނގިރޭސިބަސް ދަންނަ މީހެއް ނޫންކަން ހަނދާން ހުންނަނީ ކިތައް މުއައްސަސާތޯ؟ އަހަރުމެންނަކީ ދިވެހިން. ދިވެހި އެނގެންޔާ އެވީ.


4

ފައިސްލް

04-Dec-2023

ސީރިއަސްލީ ޔޫއާ ކޮންޕަޔަރިން ހިމް ވިތް ބިލްގޭޓްސް? މާރކް?


-13

ާއަލީ

04-Dec-2023

ބަލަމީ ޓްރާންސްޕޯޓް މިނިސްޓަރތަ? ޓޫރިޒަމް މިނިސްޓަރަށްޖެހޭނެ އިގިރޭސިބަހުން ރީތިކޮށް ވާހަކަދައްކަން އިނގެން. ޙަބަރު ލިޔާމިހާވެސް ހަމަ އެހާގަމާރީތަ?


-6

ޢުއްތަމަ އުސްތާޛް

04-Dec-2023

މާދަމާ މަޖީދިއްޔާ އިނގިރޭސި ޓީޗަރަކަށް ވަޒީރުފެންވަރުގައި އެސޮރު އައްޔަންކޮށްފައި ބުނޭ ކޮންމެހެން މާމޮޅަށް އިނގިރޭސި ނޭގުނަސް ކިޔަވައިދެވިދާނެޔޭ. ޢެސޮރުއަތުގައި އޮތްވަރުގެ ސެޓްފިކެޓެއް އެހެން މީހަކު އަތަކު ނޯންނާނެ. ޢެއީ މަގުފުޅާ 4×50 ޓިނުގަނޑެއްގައި ލ.އަތޮޅު އޮފީހުން ދޫކޮށްފައި އޮތް އުފަންދުވަހުގެ ސެޓްފިކެޓެއް. ޢޭގައި ބައްޕަގެ ނަމަކަށް ހިސާބު ޕުރޮފެސަރެއްގެ ނަން އޮތީމަ ޝަރުތާއި ކުފުލާ ހަމަވެގެންތިއުޅެނީ


-3

ޏިކަމެތި އަޅުގަނޑު

04-Dec-2023

ތިމޭރުމުން ބަލައިގެން ކުރިއެރުން ހޯދަން ބޭނުން ވަންޏާ އާދައިގެ ވަޒީފާތަކުގެ ޝަރުތު ތަކުގައި އިނގިރޭސިން ފެންފޮދަކާއި ނުލާ ދިރުވާލަލެވޭހާ ފަރިތަކިށް ވާހަކަ ދައްކަން އެއިންނަ ޝަރުތު މަނާ ކުރޭ. ޢެކަމާ ހުރެ ރަނގަޅުވަރެއްގެ ވަޒީފާގަނޑެއްވެސް ލިބެނީކީ ނޫނޭ. ޢަދި ތިއީ މާބޮޑަށްވެސް އިގިރޭސި ފަރިތަވާން ޖެހޭނެ މަގާމެއް. ފަތުރުވެރި ކަމުގެ ދާއިރާ އިޚުލާސްތެރިކަމާއެކު ކުރިޔަށް ގެންގޮސް ފައިދާ ގައުމަށް ހޯދަދީފާނަން އަޅުގަނޑުވެސް ހަވާލު ކުރައްވާ.


-8

ޞައްދާމު

04-Dec-2023

ކުއް ބަހެއް ނޫނެވެ. ކުށް ބަހެވެ. ޤާބިލުކަމާއި ނާޤާބިލުކަން ނިންމަން އަދި މާ އަވަހެވެ. މި ކަމުގައި ޤަބިލު ކަމަކީ ނެރޭ ނަތީޖާއެވެ.


-6

ނުވަާނަމަ

04-Dec-2023

ކުފޫ ހަމަނުވިޔަސް ގަދަބާރުން ދޭންޖެހޭތަ.


-17

އޯކޭ

04-Dec-2023

އާނ އާއްމު މީހެއްނަމަ ހުރިހާ ބަހަކުން ފާސްވެފަ އޮންނަންޖެހޭ ދެންކީކުރަންތަ ވަޒީފާ ތަކަށް ކުދިންނަގަން އިއުލާން ކުރާއިރަށް އިނގިރޭސިން ފާސްވާން މަޖުބޫރު ކުރުވާފަ އޮންނަނީ


-5

މަޒް

04-Dec-2023

މާ މޮޅު އާޓިކަލް ލިޔާނެ ކަމެއް ނެތް. ޢެ މަގާމަކީ އިނގިރޭސިން ރަނގަޅަށް ވާހަކަ ދައްކަން އިނގެން ޖެހޭ މަގާމެއް. ކޮންމެހެން އޭނާ ދިފާއުކުރަން އުޅޭނެ ކަމެއް ނެތް


-6

އެންދެމޭ ބޭބެ

04-Dec-2023

ޓުއަރިޒަމް މިނިސްޓަރަށް އިނގިރޭސި ނޭނގެނީތަ ހަމަ


-4

މޯޑު

04-Dec-2023

ޗައިނާގެ ރައީސްވެސް ވާހަކަ ދައްކަނީ ، އިނގިރޭސި ތަރުޖަމާނެއް ބަހައްޓައިގެންނެވެ. ޓޫރިޒަމް މިނިސްޓަރަށް އެންމެ މަތީ ފެންވަރަށް އިނގިރޭސިން ވާހަކަ ނުދެއްކިގެން ، ފަރިތަކޮށް ނުދެއްކިގެން މަލާމާތްކޮށް ފުރައްސާރަކުރުމަކީ ދެރަކަމެކެވެ. އެނގިފައިވާގޮތުން މިނިސްޓަރ ، އެފަދަ ޕޯޑިއަމްއެއްގައި އިނގިރޭސި ބަހުން ވާހަކަދެއްކި ފުރަތަމަފަހަރެވެ. ދާއިރާގެ ގުޅުންހުރި ފަރާތްތަކާ އިނގިރޭސިބަހުން މުއާމަލާތްކުރެއެވެ. ސާފު ދިވެހިބަހުންވެސް ޕޯޑިއަމްއަކަށް އަރައި ބައެއްގެ ކުރިމަތީގައި ރަނގަޅަށް ވާހަކަ ނުދެއްކޭ އެތަށްބަޔަކު އެބައުޅެއެވެ. ފާޑެއްގެ ތުރުތުރެއް އަޅައިގެން ވާހަކަނުދެއްކޭ މީހުންވެސް އެބައުޅެއެވެ. އިނގިރޭސި ބަހުންވިޔަސް އަދި ދިވެހިބަހުންވިޔަސް ދޭދޭ ފަރުދުންގެ މެދުގައި ދެކެވޭ ވާހަކައާއި ޕޯޑިއަމްއަށް އަރައި ވާހަކަދެއްކުމަކީ ތަފާތު ދެކަމެކެވެ. ފުރަތަމަ ފަހަރަށް ބަލައި މިނިސްޓަރ ދެއްކި ވާހަކަ ގޯސްކަމަށް ނުދެކެމެވެ.


-7

އާމިރާޒ

04-Dec-2023

ވުޒާރާއަށް ފައިދާ ކުރެވޭނެ ކުރާނެ ވަޒީރުން ލީމަ 👍


5

އަހުމަދު

04-Dec-2023

ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ނިޒާމާއި ބެހޭ އިންޓަރނެޝަނަލް ބަހަކީ އިނގިރޭސިބަސް. މަތިންދާބޯޓުގެ ޕައިލެޓްކަން ވެސް ނުލިބޭނެ އިންގިރޭސިބަސް ނޭނގޭ މީހަކަށް. ދުނިޔޭގެ އެއްވަނަ ޓޫރިސްޓް ޑެސްޓިނޭޝަންގެ ޓޫރިޒަމާ ބެހޭ ސިނާއަތުގެ އެންމެ އިސްމީހަކަށް އިނގިރޭސިބަހުން ފަރިތަކޮށް މުއާމަލާތް ނުކުރެވުމަކީ މިއަދު ރާއްޖެ އޮތް ހިސާބަށް ބަލާއިރު އައިބު ކަމެއް. ހުރިހާ ދިވެހިން ލަދުވެތިވާވަރުގެ ކަމެއް. ދިވެހިންގެ ތެރޭގައި މިކަމަށް އެކިށީގެންވާވަރުގެ މީހުން މަދެއްނޫން. ޕާޓީގެ ބޮޑުންގެ އަނބިދަރިންނަށް އިސްކަން ދިނުމަކީ ޤައުމީ މަސްލަހަތާ ފުށުއަރާކަމެއްކަން މި އެނގެނީ.


-14

ނާޝިދު އިބުރާހިމް މަނިކު. އަންނާރުމާގެ/ ތިމަރަފުށި

04-Dec-2023

ކޮންމެ މީހަކީވެސް މޮޅުމީހެކެވެ އެކަލާންގެ ދެރަމީހަކު ނަހައްދަވައެވެ ކެޔޮޅު މަސްބާނަން މޮޅުވާނެވެ އިންޖީނު ހަދާމީހާ އިނޖީނު ހަަދަން މޮޅުވާނެވެ ލިޔާމީހާ ލިޔަން މޮޅުވާނެވެ ވާހަކަ ދެއްކުމުގެ ހުނަރު ހުރިމީހާ ވާހަކަ ދައްކަން މޮޅުވާނެވެ މިއީ ދުނިޔެ ދައްކާ ޙަގީގަތެވެ


-1

ގާސިމް

03-Dec-2023

އިނގިރޭސި މޮޅު ވާކަށް ނުޖެހޭ. އިގިރޭސި ބަހުން ގިނަ މަސައްކަތްތަކެއް ކުރާ ވުޒާރާއެއްގައި ހިންގަން ހުންނަންވަަނީ އާދައިގެ ބަހަރުވަޔަކުން ވެސް ވާހަކަ ދައްކާލެވޭ ފަހުމުވާ ފެންވަރުގެ މީހަކު.


-5

ގާސިމް

03-Dec-2023

ސްޕީޗަށްވެސް ތައްޔާރުވާ ޑިސިޕްލިން ހުރެގެން ހަރުދަނާ މީހަކަށް ވެވޭނީ.


-3

ޙޫއަދި

03-Dec-2023

ޢެއީ ބުލީކުރުމެއްނޫން,ސިޔާސީ މީހަކަށް ވަނީ,ގިނަބަޔައްގެ އަޑުކަމުގައި އެއަޑުވެގެން..އެއީ އެންމެމީހެއްނޫން..ބުނަންމިއުޅެނޫ ޤައުމެއްގެ ސަރުކާެރު ވުޒާހަރެއްގެ މިނިސްޓަރ ބުނާބަސް ތަފާތުވަނީ މިހެންވެގެންނޭ..


0

ސސ

03-Dec-2023

ވާ ގޮތަކީ އެއީ އެއް ނޫން ރާއްޖެތެރޭގެ ނިކަމެތި އާއިލާ އަކުން ބޮޑުވެގެން އައިސް މަތީ މަޤާމަކަށް އެރީމަ ހަޖަމު ނުވާ ބައިގަނޑެއް އުޅެނީ މީހުން ނަށް މަލާމަތްކޮށް ހަޖޫ ޖެހުމަކީ ކިހާވަރެއްގެ ކަމެއް ނޭނގެނީ


1

އަދުރޭ

03-Dec-2023

ފުރަތަމަ މިޙަބަރުގާވެސް ވަރައް ކުއްބަސްތައް އެބަހުރި ވީމާ ފުރަތަމަ ލިއުމުގާހުރި ކުއްބަސްތައް ރަނގަޅު ކޮއްލައްވާޓްރެންޑިން