ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ކޯވިޑް-19 އާއި އެކު ރާއްޖޭގައި ފެށިގެން ގޮސްފައިވަނީ ވެންޓިލޭޓަރުގެ ހަނގުރާމައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކޯވިޑް-19 އަށް ހަރަދުކުރި 800 މިލިއަން ރުފިޔާގެ ތެރެއިން އެކި "ގަބީލާ"ތަކަށް ބެހިގެން ފެށުނީ ވެންޓިލޭޓަރުގެ ހަނގުރާމައެއް ކަމަށެވެ.

"މީގަ އެކި ކޮޅުކޮޅަށް ބައިއެޅޭގޮތަށް ހިނގައްޖެ، ކެބިނެޓް ވެސް އެތައް ބަޔަކަށް ބެހިގެން ދިޔަކަން އަޅުގަނޑުމެންނަށް ސަރުކާރަށް ނިސްބަތްވާ ބައެއް އިއްޒަތްތެރި މެމްބަރުންގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ."

ސައިދު ވިދާޅުވީ ވެންޓިލޭޓަރު ހަނގުރާމައެއް ފެށި ފެނިގެންދަނީ ރާއްޖޭގެ ސިޔާސީ މާހައުލުގައި ހިމެނޭ ހުރިހާ ބޭފުޅުން ވެންޓިލޭޓަރެއްގެ ފަހަތުން ދުވާ މަންޒަރު ކަމަށެވެ.

އެހެން ނަމަވެސް ސިޔާސީ ފަރާތްތަކުން މިދަނޑިވަޅުގައި މަސައްކަތް ކުރަންޖެހޭނީ މިކަމުގައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ރައްޔިތުން މިކަމުން ސަލާމަތްކުރާނޭ ގޮތަކަށް ކަމުގައި ސައީދު ވިދާޅުވިއެވެ.

މާވަށު ދާއިރާގެ މެންބަރު ވިދާޅުވި ފަދައިން މި ހަފުތާގައި ވެސް ނޫސްތަކުގެ ފަލަސުރުހީތަކުން އެންމެ ބޮޑު ޖާގައެއް ހޯދާފައިވަނީ ވެންޓިލޭޓަރުގެ ވާހަކައެވެ. މިހާރު ހިނގަމުންދާ ބަހުސަކީ ވެންޓިލޭޓަރު ހަވާލު ކުރުމުގައި އެންމެ ކުޑައަގު ހުށައެޅި ފަރާތަށް ހަވާލުނުކުމާއި ގުޅޭ ބަހުސެކެވެ. މިމައްސަލައިގެ ތެރެއަށް އެސްޓީއޯ ވަދެ އެންމެ ކުޑަ އަގެއް ހުށައެޅީ އެކުންފުނިން ކަމަށް ބުނުމާއެކު ހެލްތުމިނިސްޓްރީން ވަނީ ކުއްލިއަކަށް އެސްޓީއޯއަށް ސިޓީއެއް ފޮނުވައި އެކުންފުނީގެ އެންމެ ދަށް އަގު، ދަށް އަގަށް ނުވި ސަބަބާއި އެކުންފުންޏަށް މަސައްކަތް ހަވާލު ނުކުރި ސަބަބު ކުންފުންޏަށް ކިޔައިދީ އެސިޓީ ބައެއް މީޑިއާތަކަށް ވެސް ފޮނުވާފައެވެ. ނަމަވެސް މިސިޓީއެއް އެސްޓީއޯއަށް ލިބުނުކަމެއް އަދި އެފަރާތަކުން ކަށަވަރުކޮށްދީފައެއް ވެސް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


19

މެޑާމް

13-May-2020

ވެންޓިލޭޓަރު ސަރުކާރު. އެހެންވީމާ މުޅި ގައުމު މިހާރު މިއޮތީ ވެންޓިލޭޓަރުގަ


9

އައްމަޑޭ

13-May-2020

ސައިދު ފާހަގަވަނީ ވަރަށް މުހިއްމު ވާހާކަ ދައްކާވާ ބޭފުޅަކަށް ތިވެސް ގޯސް ވާހަކަ އެއް ނޫން